[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޯނު މެރުން – 2

އަލްމުއްލާ ޢަލީ އަލްޤާރީ (رَحِمَهُ اللهُ) މި ޙަދީޘުގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ.

“”އަލްވަޒަޣު” ޤަތުލު ކުރުމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަމުރުފުޅު ކުރައްވައިފައި ވެއެވެ. “އަލްވަޒަޣު” އެއީ ގެއްލުން ދެނިވި ކުޑަ ސޫތްޕެކެވެ. (އެބަހީ: ހޯނެވެ.)”

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައިވަނީ (كَانَ يَنْفُخُ عَلَى إِبْرَاهِيمَ عَلَيْهِ السَّلاَمُ) މިފަދައިންނެވެ. މާނައަކީ އެ ސޮރު އިބްރާހީމު  عَلَيْهِ السَّلَام އަށް ފުމޭ ކަމުގައި ވިއެވެ. އެބަހީ: އިބްރާހީމުގެފާނު عَلَيْهِ السَّلَام އެ އަލިފާންގަނޑަކަށް އެއްލައިލެވުނު އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑު ކުރުމަށް ފުމޭކަމުގައިވިއެވެ.

އަލްޤާޟީ ވިދާޅުވިއެވެ.

“މީގެން ބަޔާންވަނީ އެ މި ބާވަތުގެ ސޫފީގެ ނުރައްކާތެރިކަމާއި ފާސިދުކަމެވެ. އެ ނުރައްކާތެރިކަންވަނީ ޝައިޠާނާ އެ އެތީގެ ބޭނުން ހިފާ ދަރަޖައަށް ގޮސްފައެވެ. ޝައިޠާނާ އެ އެތި، ﷲގެ ޚަލީލު އިބްރާހީމުގެފާނު އެއްލައިލެވުނު އަލިފާންގަނޑަށް ފުމެ، އެ އަލިފާންގަނޑު ބޮޑު ކުރުމަށް މަސައްކަތްކުރުމަށް މެދުވެރި ކުރިއެވެ. އަދި ޖުމުލަކޮށް އެ އެއްޗަކީ ވިހަ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.”

އިބްނުލްމަލަކި ވިދާޅުވެފައިވެއެވެ.

“މި ސޮރުގެ މަސައްކަތަކީ ކާތަކެތި ވަކީން ޚާއްޞަކޮށް ލޮނު ފާސިދު ކުރުމެވެ. އެ ތަކެތި ފާސިދު ކުރާނޭ މަގެއް އެ ސޮރަށް ނުލިބުނުނަމަ ފުރާޅަށް އަރާފައި އޭގެ ނަޖިސް އެއެއްޗާ ގާތް ދިމާލަކަށް އުކައެވެ. ޙަދީޘުގައި ބަޔާން ވެގެން އައިސްފައިވަނީ މި ސޮރަކީ  އޭގެ ކިބައިގައި ގެއްލުން ދިނުމުގެ ސިފަ އެކުލެވޭ އެއްޗެއް ކަމުގައެވެ.” [مرْقَاة الْمَفَاتِيح (7 / 2671)]

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޙަދީޘުގައި “އެ ސޮރު އިބްރާހީމު  عَلَيْهِ السَّلَام (އެއްލައި ލެވުނު އަލިފާންގަނޑަށް) ފުމޭ ކަމުގައި ވިއެވެ.” މިފަދައިން އައިސްފައި ވުމުން ދަލީލުކޮށްދެނީ އެ ސޮރުގެ ފާސިޤުކަމަށެވެ. އަދި ނުބައި ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ސޮރު ޤަތުލު ކުރުމަށް އައިސްފައިވާ އަމުރުފުޅުގެ ހަމައެކަނި ޢިއްލަތެއް ނޫނެވެ.

 

= ނުނިމޭ =


މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް