[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 19

ނ- މިޞްރު ފަތަޙަކުރެއްވުން

 

މިޞްރު އޮތީ ބައިޒަންޓައިން ދަޢުލަތުގެ ދަށުގައެވެ. ބައިޒަންޓައިނުން ޝާމްކަރައަށް ވާސިލުވާ މަގަކީ މިޞްރެވެ. މިޞްރު ފަތަޙަކުރުމަކީ މުހިންމުކަމެއް ކަމުގައި މުސްލިމުން ދެކުނެވެ. އޭގެ މުހިންމު ސަބަބުތަކުގެ ތެރޭގައި:

  1. އިސްލާމްދީން ދުނިޔޭގެ އެންމެހާ ކަންކޮޅުތަކަށް ފެތުރުމަކީ މުސްލިމުންގެ ވަރަށް ބޮޑު އެދުމެއް.
  2. ޝާމްކަރައިގެ ދެކުނުގައި މުސްލިމުން ފަތަޙަކޮށްފައިވާ ރަށްތަކުގައި އަމާންކަން ޤާއިމުކޮށް މިޞްރުގައި އޮތް ރޫމީންގެ ބާރު ކަނޑުވާލުން.
  3. އިސްލާމީ ދަޢުލަތުގެ ބާރުގަދަކުރުމަށްޓަކައި މިޞްރަކީ އިޤްތިޞާދީ ގޮތުން މުހިންމު ތަނަކަށްވުން.
  4. ރޫމީންގެ އަނިޔާވެރިކަމުން ސަލާމަތްވާން ބޭނުންވެފައި ތިބުމުން މިޞްރުގެ ރައްޔިތުން މުސްލިމުންގެ ލަޝްކަރަށް އެއްބާރުލުން ދިނުން.
  5. މިޞްރަކީ އެފްރިކާގެ ރަށްތަކަށް ވާސިލުވެ، އެރަށްތަކުގައި އިސްލާމްދީން ފެތުރުމަށް ހުޅުވޭ ދޮރަކަށްވުމުން. [1]

 

އެހެންކަމުން ޢަމްރު ބުނުލް އާޞް رضي الله عنه މިޞްރު ފަތަޙަކުރުމުގެ ހުއްދައަށް ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ އަރިހުން އެދުމުން އެކަލޭގެފާނު އެކަމުގެ ހުއްދަ ދެއްވިއެވެ. ފަލަސްޠީނުގައި މުސްލިމުން ޘާބިތުވުމުން ޢަމްރު ބުނުލް ޢާޞް رضي الله عنه މިޞްރު ފަތަޙަކުރުމަށް ނުކުންނެވިއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ފެއްޓެވީ ޢަރީޝުންނެވެ. އެ ރަށް ފަތަޙަކުރެއްވީ ހިޖުރައިން 19 ވަނަ އަހަރުގައެވެ. އަދި 20 ވަނަ އަހަރުކަމުގައިވެސް ބުނެވެއެވެ. އެއަށް ފަހު ފަރަމާއެވެ. ދެން ބިލްބީސެވެ. އަރްޠަބޫންގެ ޤިޔާދަތުގައި ރޫމީން ގޮސްތިބީ އެ ރަށުގައެވެ. މުސްލިމުން އެބައިމީހުންނަށް ހަމަލާދިނެވެ. އަދި އަރްޠަބޫން ޤަތުލުވިއެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: أكرم العمري، عصر الخلافة الراشدة، ص: 348 ، وشكري فيصل، حركة الفتح الإسلامي، 118 – 120.