[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 20

ބާބިލްޔޫންގެ ކިއްލާ ފަތަޙަކުރެއްވުން

 

ދެން ޢަމްރު ބުނުލް ޢާޞް رضي الله عنه ވަޑައިގެންނެވީ އުންމު ދުނައިނަށެވެ. އެތަނުގައި ތިބި ރޫމީންނާ ކުރިމަތިލައްވާ މުސްލިމުންނަށް ކާމިޔާބުވިއެވެ. އެއަށް ފަހު ދެން މިސްރާބު ޖެއްސެވީ ބާބިލްޔޫންގެ ކިއްލާއަށެވެ. އެ ތަނުގެ ވެރިއަކީ މުޤައުޤިސްއެވެ. ރޫމީންގެ ހަނގުރާމަވެރިން އެތަނުގައި ތިބީ ހިމާޔަތް ހޯދައިގެންނެވެ. އަދި ރޯމަނުންގެ ފަރާތުން މިޞްރަށް ކަނޑައަޅާފައިހުރި ޤާއިދަކީ ތިއޯޑޯއެވެ.

އައްޒުބައިރު ބުނުލް ޢައްވާމުގެ ޤިޔާދަތުގައި މަދީނާއިން މުސްލިމުންނަށް މަދަދުގެ ގޮތުގައި 4000 މުޖަހިދުން ފޮނުއްވިއެވެ. އޭގެ ތެރޭގައި އަލްމިޤްދާދު ބުނުލް އަސްވަދާއި ޢުބާދާ ބުނުއް ޞާމިތާއި މަސްލަމާ ބުން މަޚްލަދު ހިމެނެއެވެ.

ކިއްލާގެ ބޭރުގައި ޢަމްރު ބުނުލް ޢާޞް رضي الله عنه ރޯމަނުން ބަލިކުރުމުން އެބައިމީހުން ކިއްޔާއަށް ވަދެ ރައްކާތެރިކަން ހޯދިއެވެ. އަދި ތިއޯޑޯ މިސްރާބުޖެހީ އިސްކަންދަރިއްޔާއަށެވެ. ދެން، މުސްލިމުން އެ ކިއްލާ ޙިޞާރުކުރިއެވެ. އަދި ދެބައިމީހުން ވާހަކަދައްކައިގެން ނަތީޖާއެއް ނުނެރެވި، ޙިޞާރުގެ މުއްދަތު ދިގުލައިގެން ދިޔައެވެ. ދެން ފަހެ، ކިއްޔާގެ ދޮރު ވައްޓާލާ، މުސްލިމުން އެތަނަށް ވަދެގަތުމުން ޞުލްޙަވުމަށް މުޤައުޤިސް އަވަސްވެގަތެވެ. އަދި ޢަމްރުގެފާނު އެކަން ބަލައިގެންނެވިއެވެ. [1]

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: الطبري، تاريخ الأمم والملوك (2 / 512 – 517). وابن عبد الحكم، فتوح مصر وأخبارها (ص: 50 – 53).