އަދި “المَقَامُ المَحْمُوْد” ގެ ތަފްޞީލު އަންނަނިވި ޙަދީޘްގައި އައިސްފައިވެއެވެ.
އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.
“ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އެއްގަމު މަސްކޮޅެއް ގެނެވުނެވެ. އެކަލޭގެފާނަށް އޭގެ ފައި ދެއްވުނެވެ. އެއީ އެކަލޭގެފާނަށް ވަރަށް ކަމުދާ އެއްޗެކެވެ. ދެން އެއިން އެތިކޮޅެއް ފަރިއްކުޅުއްވުމަށް ފަހުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«أَنَا سَيِّدُ النَّاسِ يَوْمَ القِيَامَةِ، وَهَلْ تَدْرُونَ مِمَّ ذَلِكَ؟ يَجْمَعُ اللَّهُ النَّاسَ الأَوَّلِينَ وَالآخِرِينَ فِي صَعِيدٍ وَاحِدٍ، يُسْمِعُهُمُ الدَّاعِي وَيَنْفُذُهُمُ البَصَرُ، وَتَدْنُو الشَّمْسُ، فَيَبْلُغُ النَّاسَ مِنَ الغَمِّ وَالكَرْبِ مَا لاَ يُطِيقُونَ وَلاَ يَحْتَمِلُونَ.
فَيَقُولُ النَّاسُ: أَلاَ تَرَوْنَ مَا قَدْ بَلَغَكُمْ، أَلاَ تَنْظُرُونَ مَنْ يَشْفَعُ لَكُمْ إِلَى رَبِّكُمْ؟ فَيَقُولُ بَعْضُ النَّاسِ لِبَعْضٍ: عَلَيْكُمْ بِآدَمَ، فَيَأْتُونَ آدَمَ عَلَيْهِ السَّلاَمُ فَيَقُولُونَ لَهُ: أَنْتَ أَبُو البَشَرِ، خَلَقَكَ اللَّهُ بِيَدِهِ، وَنَفَخَ فِيكَ مِنْ رُوحِهِ، وَأَمَرَ المَلاَئِكَةَ فَسَجَدُوا لَكَ، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ، أَلاَ تَرَى إِلَى مَا قَدْ بَلَغَنَا؟ فَيَقُولُ آدَمُ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ قَدْ نَهَانِي عَنِ الشَّجَرَةِ فَعَصَيْتُهُ، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى نُوحٍ.
فَيَأْتُونَ نُوحًا فَيَقُولُونَ: يَا نُوحُ، إِنَّكَ أَنْتَ أَوَّلُ الرُّسُلِ إِلَى أَهْلِ الأَرْضِ، وَقَدْ سَمَّاكَ اللَّهُ عَبْدًا شَكُورًا، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ: إِنَّ رَبِّي عَزَّ وَجَلَّ قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ قَدْ كَانَتْ لِي دَعْوَةٌ دَعَوْتُهَا عَلَى قَوْمِي، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى إِبْرَاهِيمَ.
فَيَأْتُونَ إِبْرَاهِيمَ فَيَقُولُونَ: يَا إِبْرَاهِيمُ أَنْتَ نَبِيُّ اللَّهِ وَخَلِيلُهُ مِنْ أَهْلِ الأَرْضِ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ، فَيَقُولُ لَهُمْ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ كُنْتُ كَذَبْتُ ثَلاَثَ كَذِبَاتٍ – فَذَكَرَهُنَّ أَبُو حَيَّانَ فِي الحَدِيثِ – نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى مُوسَى.
فَيَأْتُونَ، مُوسَى فَيَقُولُونَ: يَا مُوسَى أَنْتَ رَسُولُ اللَّهِ، فَضَّلَكَ اللَّهُ بِرِسَالَتِهِ وَبِكَلاَمِهِ عَلَى النَّاسِ، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ قَتَلْتُ نَفْسًا لَمْ أُومَرْ بِقَتْلِهَا، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى عِيسَى ابْنِ مَرْيَمَ.
فَيَأْتُونَ عِيسَى، فَيَقُولُونَ: يَا عِيسَى أَنْتَ رَسُولُ اللَّهِ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَكَلَّمْتَ النَّاسَ فِي المَهْدِ صَبِيًّا، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ عِيسَى: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ قَطُّ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَلَمْ يَذْكُرْ ذَنْبًا، نَفْسِي نَفْسِي نَفْسِي اذْهَبُوا إِلَى غَيْرِي اذْهَبُوا إِلَى مُحَمَّدٍ.
فَيَأْتُونَ مُحَمَّدًا فَيَقُولُونَ: يَا مُحَمَّدُ أَنْتَ رَسُولُ اللَّهِ وَخَاتِمُ الأَنْبِيَاءِ، وَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ.
فَأَنْطَلِقُ فَآتِي تَحْتَ العَرْشِ، فَأَقَعُ سَاجِدًا لِرَبِّي عَزَّ وَجَلَّ، ثُمَّ يَفْتَحُ اللَّهُ عَلَيَّ مِنْ مَحَامِدِهِ وَحُسْنِ الثَّنَاءِ عَلَيْهِ شَيْئًا، لَمْ يَفْتَحْهُ عَلَى أَحَدٍ قَبْلِي، ثُمَّ يُقَالُ: يَا مُحَمَّدُ ارْفَعْ رَأْسَكَ سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ فَأَرْفَعُ رَأْسِي، فَأَقُولُ: أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ.
فَيُقَالُ: يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ البَابِ الأَيْمَنِ مِنْ أَبْوَابِ الجَنَّةِ، وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ، ثُمَّ قَالَ: وَالَّذِي نَفْسِي بِيَدِهِ، إِنَّ مَا بَيْنَ المِصْرَاعَيْنِ مِنْ مَصَارِيعِ الجَنَّةِ، كَمَا بَيْنَ مَكَّةَ وَحِمْيَرَ – أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى – [1]» [رواه البخاري (4712)]
މާނައި: “ތިމަންކަލޭގެފާނަކީ ޤިޔާމަތްދުވަހުން މީސްތަކުންގެ ސައްޔިދެވެ. (ސާހިބާއެވެ.) އެއީ ކީއްވެގެންކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ ﷲ ތަޢާލާ، (ޤިޔާމަތްދުވަހުން) އެއް ބިމަކަށް އެންމެ ކުރީގެ މީސްތަކުންނާއި ފަހުގެ މީސްތަކުން އެއްކުރައްވާނެއެވެ. ގޮވާލާ މީހެއްގެ ގޮވާލުން އެ އެންމެނަށް އިއްވޭނެއެވެ. އަދި ބަލާ ފަރާތަކަށް އެ އެންމެން ފެންނާނެއެވެ. އަދި އިރު ގާތް ކުރެވޭނެއެވެ. އަދި މީސްތަކުންނަށް ކުޅަދާނަ ނުވާ ވަރަށް އަދި ކެތް ނުކުރެވޭ ހިސާބަށް ހާސްކަމާއި ކަންބޮޑުވުން (އެދުވަހު) އިތުރުވެގެންދާނެއެވެ.
ފަހެ މީސްތަކުން ބުނާނެއެވެ. ތިޔަބައިމީހުންގެ ކަންތައް ހުރި ހިސާބު ފެނޭ ހެއްޔެވެ! ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ތިޔަބައިމީހުންނަށް ޝަފާޢަތްތެރިވާނޭ މީހަކު ނުހޯދާނާން ހެއްޔެވެ؟ ފަހެ އެއްބަޔަކު އަނެއްބަޔަކަށް ބުނާނެއެވެ. ތިޔަބައިމީހުން އާދަމުގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން އާދަމުގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. ކަލޭގެފާނަކީ މީސްތަކުންގެ ބައްޕާފުޅެވެ. ﷲ ތަޢާލާ ކަލޭގެފާނު ޚަލްޤުކުރެއްވީ އެއިލާހުގެ އަތްޕުޅުންނެވެ. އަދި އެއިލާހުގެ ޙަޟްރަތުން ރޫޙެއް ފޮނުއްވާ (އެބަހީ: ޖިބްރީލުގެފާނު ފޮނުއްވާ) ކަލޭގެފާނަށް ފުރާނަ އެޅުއްވިއެވެ. އަދި މަލާއިކަތުންނަށް އަމުރުކުރެއްވުމުން ކަލޭގެފާނަށް ސަޖިދަކުރެއްވިއެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟ ފަހެ އާދަމުގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު މިއަދު ކޯފާވެވޮޑިގެން އެވަނީ ދުވަހަކުވެސް އެއިލާހު ކޯފާވެވޮޑިގެން ނުވާ މިންވަރަކަށެވެ. އަދި މިއަށް ފަހު ދުވަހަކުވެސް ކޯފާވެވޮޑިގެން ނުވާނޭ މިންވަރަކަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އެ ގަހާ މެދު (އެބަހީ: އެގަހުން ފަރިއްކުޅުއްވުން) ނަހީކުރެއްވުމުން ތިމަންކަލޭގެފާނަށް އެކަމުގައި ނުކިޔަމަންތެރި ވެވުނެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނު ނޫން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. ނޫޙުގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން ނޫޙުގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. ހަމަކަށަވަރުން ކަލޭގެފާނީ ބިމުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވުނު ފުރަތަމަ ރަސޫލެވެ. އަދި ކަލޭގެފާނީ ގިނައިން ޝުކުރުވެރިވި އަޅެއްކަމުގައި ﷲ ތަޢާލާވަނީ އަންގަވާފައެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟ ފަހެ އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު عز وجل މިއަދު ކޯފާވެވޮޑިގެން އެވަނީ ދުވަހަކުވެސް އެއިލާހު ކޯފާވެވޮޑިގެން ނުވާ މިންވަރަކަށެވެ. އަދި މިއަށް ފަހު ދުވަހަކުވެސް ކޯފާވެވޮޑިގެން ނުވާނޭ މިންވަރަކަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް (އިޖާބަކުރެއްވޭ) ދުޢާއެއް ވިއެވެ. އެ ދުޢާ ތިމަންކަލޭގެފާނު ކުރެއްވީ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނު ނޫން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. އިބްރާހީމުގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން އިބްރާހީމުގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. އޭ އިބްރާހީމުގެފާނެވެ! ކަލޭގެފާނީ ﷲ ގެ ނަބިއްޔާއެވެ. އަދި ބިމުގައިވި އެއިލާހުގެ ޚަލީލެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު މިއަދު ކޯފާވެވޮޑިގެން އެވަނީ ދުވަހަކުވެސް އެއިލާހު ކޯފާވެވޮޑިގެން ނުވާ މިންވަރަކަށެވެ. އަދި މިއަށް ފަހު ދުވަހަކުވެސް ކޯފާވެވޮޑިގެން ނުވާނޭ މިންވަރަކަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ވަނީ ތިން ފަހަރަށް އިތުރުފުޅު ހެއްދެވިފައެވެ. – أَبُو حَيَّان އެކަލޭގެފާނުގެ ރިވާޔަތުގައި އެ ތިން ކަންތައް ބަޔާންކުރެއްވިއެވެ. [2] – ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނު ނޫން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. މޫސާގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން މޫސާގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. އޭ މޫސާގެފާނެވެ! ކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނަށް އެއިލާހުގެ ރިސާލަތްދެއްވުމާއި ބަސްވަޙީކުރެއްވުމުގެ ޛަރީޢާއިން ކަލޭގެފާނުވަނީ މަތިވެރިކުރައްވާފައެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު މިއަދު ކޯފާވެވޮޑިގެން އެވަނީ ދުވަހަކުވެސް އެއިލާހު ކޯފާވެވޮޑިގެން ނުވާ މިންވަރަކަށެވެ. އަދި މިއަށް ފަހު ދުވަހަކުވެސް ކޯފާވެވޮޑިގެން ނުވާނޭ މިންވަރަކަށެވެ. ތިމަންކަލޭގެފާނަށް ޤަތުލުކުރަން އަމުރުކުރައްވާފައި ނުވާ ނަފްސެއް ތިމަންކަލޭގެފާނަށް ޤަތުލުކުރެއްވުނެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނު ނޫން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން ޢީސާގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. އޭ ޢީސާގެފާނެވެ! ކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ. އަދި މަރްޔަމުގެފާނަށް ވަޙީކުރެއްވި ކަލިމައިގެ ސަބަބުން އުފެއްދެވުނު ބޭކަލެކެވެ. އަދި އެއިލާހުގެ ޙަޟްރަތުން އެކަމަނާގެ އަރިހަށް ރޫޙެއް (އެބަހީ: ޖިބްރީލުގެފާނު) ފޮނުއްވިއެވެ. އަދި ކަލޭގެފާނު ދާނުގައި ތުއްޕުޅު ކުއްޖެއްގެ ގޮތުގައި ވަނިކޮށް މީސްތަކުންނާ ވާހަކަފުޅު ދެއްކެވިއެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު މިއަދު ކޯފާވެވޮޑިގެން އެވަނީ ދުވަހަކުވެސް އެއިލާހު ކޯފާވެވޮޑިގެން ނުވާ މިންވަރަކަށެވެ. އަދި މިއަށް ފަހު ދުވަހަކުވެސް ކޯފާވެވޮޑިގެން ނުވާނޭ މިންވަރަކަށެވެ. – އެކަލޭގެފާނު އެއްވެސް ފާފައެއްގެ ވާހަކަ ބަޔާންނުކުރައްވާނެއެވެ. – ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނު ނޫން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. މުޙައްމަދުގެފާނުގެ އަރިހަށް ދާށެވެ.
ފަހެ އެބައިމީހުން މުޙައްމަދުގެފާނުގެ އަރިހަށް ގޮސް ދަންނަވާނެއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ. ކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި ފަސްވެދިޔަ ފާފަތައް، ﷲ ތަޢާލާވަނީ ކަލޭގެފާނަށް ފުއްސަވާދެއްވާފައެވެ. ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި އަހަރެމެންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. އަހަރެމެންގެ ކަންތައް ގޮސްފައިވާ ޙިސާބު ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ހެއްޔެވެ؟
ފަހެ ތިމަންކަލޭގެފާނު ޢަރުޝީގެ ދަށަށް ވަޑައިގެން، ތިމަންކަލޭގެފާނުގެ ރައްބު عز وجل އަށް ސަޖިދައަށް ތިރިވާނަމެވެ. ދެން އެއަށްފަހުގައި ތިމަންކަލޭގެފާނުގެ ކުރިން އެއްވެސް ބޭކަލަކަށް އެނގިވަޑައި ނުގަންނަވާ ޙަމްދުޘަނާގެ ބަސްތަކެއް ﷲ ތަޢާލާ ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާނެއެވެ. ދެން އެއަށް ފަހުގައި ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާށެވެ. އެދިވަޑައިގަންނަވާށެވެ. ކަލޭގެފާނަށް ދެއްވޭނެއެވެ. އަދި ޝަފާޢަތްތެރިވެވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ޝަފާޢަތް ޤަބޫލުކުރެއްވޭނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާފައި ޙަދީޘްކުރައްވާނަމެވެ. އަޅުގެ ރައްބެވެ! ތިމަންކަލޭގެފާނުގެ އުންމަތެވެ! އަޅުގެ ރައްބެވެ! ތިމަންކަލޭގެފާނުގެ އުންމަތެވެ! އަޅުގެ ރައްބެވެ! ތިމަންކަލޭގެފާނުގެ އުންމަތެވެ!
ފަހެ ތިމަން ކަލޭގެފާނަށް ދެންނެވޭނެއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އުންމަތުގެ މީސްތަކުން ކުރެ ޙިސާބުބެއްލެވުމަކާ ނުލާ ސުވަރުގެއަށް ވަންނާނޭ މީސްތަކުން ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނާއަތު ދޮރުން ވައްދަވާށެވެ. ދެން ހުރި ދޮރުކޮޅުތަކުގައި އެބައިމީހުންވަނީ އެހެން މީސްތަކުންނާ އެކުގައެވެ. ދެން އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެއިލާހުގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ސުވަރުގޭގެ އެއް ދޮރުކޮޅަކަށްވާ ދެ ދޮރުފަތުގެ ދުރުމިނުގައި މައްކާއާއި ޙިމްޔަރާ ދެމެދުގައިވާފަދަ ދުރުމިން ވެއެވެ. ނުވަތަ މައްކާއާއި ބުޞްރާއާ ފަދައެވެ.”
އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
«فَيَشْفَعُ لِيُقْضَى بَيْنَ الخَلْقِ» [رواه البخاري (1475)]
މާނައީ: “ފަހެ ޚަލްޤުތަކުންގެ މެދުގައި ނިޔާކަނޑައަޅުއްވާދެއްވުމަށް އެދި އެކަލޭގެފާނު ޝަފާޢަތްތެރިވެވަޑައިގަންނަވާނެއެވެ.”
ނަބިއްޔާ صلى الله عليه وسلم ވެވަޑައިގަންނަވާނޭ ބޮޑު ޝަފާޢަތަކީ އެއީއެވެ. އެއީ އަޅުތަކުންގެ މެދުގައި ނިޔާކަނޑައަޅުއްވައިދެއްވުމަށް އެދި އެކަލޭގެފާނު ވެވަޑައިގަންނަވާ ޝަފާޢަތެވެ. ޤިޔާމަތްދުވަހުން މީސްތަކުންނަށް ޝަފާޢަތްތެރިވެވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނު ހުންނަވާނޭ މަޤާމަކީ އެއީއެވެ.
= ނިމުނީ =
[1]حِمْيَرَ އަކީ: ޔަމަނުގެ ރަށެކެވެ. بُصْرَى އަކީ: ޝާމުކަރައާ ދިމާލުގައި އޮންނަ ރަށެކެވެ.
[2] މިތަނުގައި އެކަލޭގެފާނުގެ މުރާދަކީ އެއީ: “ތިމަންކަލޭގެފާނު މި އުޅުއްވަނީ ބަލިވެއެވެ.” [سورة الصافات 89] މި ބަސްފުޅާއި، “އަދި ކިއެއް ހެއްޔެވެ! އެ ކަންތައް ކުރީ އެ ބުދުތަކުގެ ތެރެއިން މިހިރަ ބޮޑު ބުދެވެ.” [سورة الأنبياء 63] މި ބަސްފުޅާއި އަދި ސާރާގެފާނާ ބެހޭގޮތުން “އެއީ ތިމަންގެ އުޚްތެވެ.” އެފަދައިން ބުނުމެވެ. [ބައްލަވާ: صحيح مسلم 154 – (2371)] އެކަލޭގެފާނުގެ މި ބަސްފުޅުތަކަކީ ސީދާ ދޮގެއް ނޫނެވެ. އެހެނަސް އެއީ އެފަދަ ޙާލަތްތަކުގައި ހުއްދަކުރައްވާފައިވާ “تعريض” އެވެ. މި ފަދައިން އިބްނުލް ޢަރަބީއާއި އިބްނު ޙަޖަރާއި އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. ޢަރަބިބަހުގައި كَذِب އަކީ ވަރަށް ފުޅާ މާނައެއްގައި ބޭނުންކުރާ ބަހެކެވެ.