[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 15 (ރޯދަ ފަސާދަ ކުރަނިވި ކަންކަމާއި ފަސާދަ ނުކުރަނިވި ކަންކަން: ޤަޞްދުގައި ހޮޑުލުން)

ހަތަރުވަނައީ: ޤަޞްދުގައި ހޮޑުލުން

 

  • ޤަޞްދުގައި ހޮޑުލައިފި މީހާގެ ރޯދައިގެ ޙުކުމް:

ޤަޞްދުގައި ހޮޑު ލައިފި މީހާގެ ރޯދަ ގެއްލޭނެއެވެ. އަދި އޭނާ އެ ރޯދަ ޤަޟާ ކުރާން ޖެހޭނެއެވެ. ނަމަވެސް ކައްފާރާއެއް އޭނާގެ މައްޗަށް ނުވެއެވެ. މިއި ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • (ޤަޞްދަކާ ނުލައި) ހޮޑު ލެވުނު މީހާގެ ރޯދައިގެ ޙުކުމް:

ޤަޞްދަކާ ނުލައި ހޮޑު ލެވުނު މީހާގެ ރޯދަ ޞައްޙަ ވާނެއެވެ. އޭނާގެ މައްޗަށް ކައްފާރާއެއް ނުވަތަ ޤަޟާ ކުރުމެއް ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • ދަތުން އަންނަ ލޭ އަދި އަލްޤަލަސް[1] ބޭރުވެއްޖެ މީހާގެ ރޯދައިގެ ޙުކުމް:

ރޯދަވެރިޔާގެ ދަތުން ލޭ އައުމަކުން އަދި ޤަލަސް ބޭރުވުމަކުން އޭނާގެ ރޯދައަކަށް އަސަރެއް ނުކުރާނެއެވެ. އެއީ އޭގެން ބައެއް އޭނާ ދިރުވައި ނުލާހާ ހިނދަކުއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 


 

[1]  މިއީ އަނގަ ފުރޭންދެން ނުވަތަ އެއަށް ވުރެ މަދުންކަމުގައި ވިޔަސް ކަރުގެ ތެރެއިން އަންނަ އެއްޗެކެވެ. މިއީ އަދި ހޮޑެއް ނޫނެވެ. މި އަލުން އަތުވެއްޖެނަމަ، އެއީ ހޮޑެވެ. – (އައްޞިޙާޙު ލިލްޖައުހަރީ 3/965)، (އައްނިހާޔާ ލިބްނިލް އަޘީރު 4/100)

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް