[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 16 (ރޯދަ ފަސާދަ ކުރަނިވި ކަންކަމާއި ފަސާދަ ނުކުރަނިވި ކަންކަން: ޙައިޟުނިފާސް އަދި މޮޔަ ވުމާއި ހޭވެރިކަން ފިލައި ދިއުން)

ފަސްވަނައީ: ޙައިޟުނިފާސްކަމުގެ ލޭ ފެނުން

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޙައިޟުވެއްޖެ ނުވަތަ ނިފާސް ވެއްޖެ މީހާގެ ރޯދައިގެ ޙުކުމު:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތު ޙައިޟުނިފާސް ކަމުގެ ލޭ ފެނިއްޖެނަމަ އޭނާގެ ރޯދަ ފާސިދުވާނެއެވެ. އަދި އޭނާގެ އެ ރޯދަ އޭނާ ފަހުން ޤަޟާ ކުރަން ޖެހޭނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި ނަވަވީ އަދި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

  • ރޯދައަށް ހުއްޓާ ޙައިޟު ނުވަތަ ނިފާސްކަމުގެ ލޭ ފެނިގެން ރޯދަ ގެއްލުނު މީހާ، އެ ދުވަހުގެ ބާކީ ބައިގައި ކެއުމާއި ބުއިމުގެ ޙުކުމް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތު ޙައިޟުނިފާސްކަމުގެ ލޭ ފެނުމުގެ ސަބަބުން ރޯދަ ގެއްލުނު މީހާ، އެ ދުވަހުގެ ބާކީ އޮތް ވަގުތުގައި ކެއުމާއި ބުއިމުން ރައްކާތެރިވުން ލާޒިމުވެގެން ނުވެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، މާލިކީ އަދި ޝާފިޢީ- ދަންނަބޭކަލުންގެ ރައުޔެވެ.

 

  • ވިދިވިދިގެން ރޯދަ ހިފަން ޖެހޭ މީހާގެ ރޯދައަށް ޙައިޟުގެ ސަބަބުން އަސަރު ނުކުރާނެއެވެ.

ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފަން ޖެހިފައިވާ އަންހެން މީހާ، އެ މުއްދަތުގެ ތެރޭގައި ޙައިޟުވުމުގެ ސަބަބުން (ރޯދަ ހިފުން ހުއްޓާލާ ހުއްޓާލުން) އެއީ ވިދިވިދިގެން ރޯދަ ނުހިފުންކަމުގައި ނުވާނެއެވެ. މި ކަމުގެ މައްޗަށް އިބްނުލްމުންޛިރާ އަދި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

ހަވަނައީ: މޮޔަ ވުމާއި ހޭވެރިކަން ފިލައި ދިއުން

 

މި މައްސަލައާއި ގުޅޭ ގޮތުން ފުރަތަމަ ބާބުގައި ވާހަކަ ދައްކާފައި ވާނެއެވެ.

 


 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް