[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އެކަށޭނަ މީހުން ޢައްޔަނުކުރުން – 6

އަބޫ މުސްލިމު އަލްޚައުލާނީ މުޢާވިޔަތު ބުން އަބޫ ސުފްޔާނުގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ.

[السَّلام عَلَيْكُمْ أَيُّهَا الْأَجِيرُ!” [މީގެ މާނައަކީ: ކުއްޔަށް މަސައްކަތް ކުރާ ފަރާތަށް ސަލާމަތްތެރިކަން ހުއްޓެވެ!]

އެ ހިނދު އެ ކަލޭގެފާނަށް ދެންނެވުނެވެ.

” السَّلام عَلَيْكُمْ أَيُّهَا الْأَمِير މިދަފައިން ބުނާށެވެ!” [މީގެ މާނައަކީ: އަމީރަށް ސަލާމަތްތެރިކަން ހުއްޓެވެ!]

ދެން އެ ކަލޭގެފާނު ވިދާޅު ވިއެވެ. ” السَّلام عَلَيْكُمْ أَيُّهَا الْأَجِيرُ!”

ދެން އެކަލޭގެފާނަށް ދެންނެވުނެވެ. “السَّلام عَلَيْكُمْ أَيُّهَا الْأَمِير މިދަފައިން ބުނާށެވެ!”

ދެން އެ ކަލޭގެފާނު ވިދާޅު ވިއެވެ. “السَّلام عَلَيْكُمْ أَيُّهَا الْأَجِيرُ!”

ދެން އެ ކަލޭގެފާނަށް ދެންނެވުނެވެ. ” السَّلام عَلَيْكُمْ أَيُّهَا الْأَمِير މިދަފައިން ބުނާށެވެ!”

ދެން މުޢާވިޔަތުގެފާނު ވިދާޅު ވިއެވެ.

“އަބޫ މުސްލިމު ދޫ ކޮށްލާށެވެ! އޭނާ އެ ބުނާ އެއްޗެއް އޭނާއަށް ރަނގަޅަށް އެބަ އެނގެއެވެ!” ދެން އަބޫ މުސްލިމު އަލްޚައުލާނީ ވިދާޅު ވިއެވެ.

“މި رَعِيَّة (އެބަހީ: މީސްތަކުން) ބެލުމަށް، ކުއްޔަށް ހިއްޕަވައިފައިވާ ބޭކަލެއްކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ! ފަހެ ކަލޭގެފާނު އެއުރެންގެ ތަކުލީފުތައް ދުރުކުރައްވައި، އެއުރެން ކުރެ ބަލި މީހުންނަށް ބޭސް ކުރައްވައި، އެއުރެން ކުރެ އެއްވެސް މީހަކަށް ތަފާތު ކުރެއްވުމެއް ނެތި އެންމެންނަށްވެސް އެ މީހަކަށް ޙައްޤު މަޤާމު ދެއްވައިފިނަމަ؛ މި މީސްތަކުންގެ ވެރި ރަސްކަލާނގެ ކަލޭގެފާނަށް އެ ކަންކަމަށް ހެޔޮ އަޖުރު ދެއްވާނެއެވެ! ނަމަވެސް ކަލޭގެފާނު އެއުރެންގެ ތަކުލީފުތައް ދުރު ނުކުރައްވައި، އެއުރެން ކުރެ ބަލި މީހުންނަށް ބޭސް ނުކުރައްވައި، އެއުރެންގެ މެދުގައި ނުޙައްޤުން ތަފާތުތަކެއް ކުރައްވައިފިނަމަ؛ މި މީސްތަކުންގެ ވެރިރަސްކަލާނގެ ކަލޭގެފާނަށް އެކަމުގެ ޢުޤޫބާތް ދެއްވާނެއެވެ!”

މިއީ ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ. ޚަލްޤުތަކުންނީ ހަމަޔަޤީނުންވެސް ﷲގެ އަޅުތަކުންކަމުގައި ވެފައި، ވެރީންނަކީ ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް ލައްވައިފައިވާ އެކަލާނގެ އަންގަވާފައިވާ ގޮތަށް ވެރިކަން ކުރަން ޖެހޭ ބައެކެވެ. އެހެނީ އެ މީހުންނީ އަޅުތަކުންގެ ނަފުސުތަކުގެ މައްޗަށް ލެއްވިފައިވާ ވަކީލުންނެވެ. އެއީ ދެ މީހެއްގެ ދެމެދުގައިވާ ގުޅުމެއް ފަދައިންނެވެ. އަދި އެ މީހުންގެ މެދުގައި ވެރިކަމުގެ މާނައާއި ވަކީލެއް ކަމުގައިވުމުގެ މާނަވެސް ވެއެވެ.

ދެން މި ވަކީލު ނުވަތަ ވެރިޔާ ވިޔަފާރިއެއްގައި މުދަލުގެ މައްޗަށް މީހާކު ވެރި ކުރާއިރު، އެ ވެރި ކުރާ މީހާއަށް ވުރެ ވިޔަފާރި މާ މޮޅަށް ދަންނަ އެހެން މީހަކު ހުރިކަން އެނގޭއިރު، ވިޔަފާރި ކުރާން ނުދަންނަ މީހަކާ މުދަލެއް ވިއްކަން ޙަވާލު ކުރެއެވެ. އެ މީހާ އެ މުދާ ވަކި އަގަކަށް ވިއްކާލައެވެ. އެއީ އެއަށް ވުރެ ބޮޑު އަގެއްގައި ވިއްކާލެވެން އޮއްވާއެވެ. މިފަދައިން ކަންތައް ކުރުމުގެ ސަބަބުން އެމީހާ، އޭނާއާ އެ ކަންތައް ޙަވާލު ކުރި މީހާއަށް އެ ޚީޔާނާތްތެރި ވީއެވެ. އެއީ އެ ދެ މީހުންގެ ދެމެދު ގާތްތިމާގެކަމުގެ ނުވަތަ ރަޙުމަތްތެރިކަމެއް އިހުގައި އޮތަސްމެއެވެ. އެ މުދާ ނުއަގުގައި ވިއްކައިލި މީހާއާ މެދު އެމީހާއާ އެކަން ހަވާލުކުރި މީހާ ރުޅި އަންނާނެއެވެ. އަދި އޭނާއަށް ބަދުބަސް ބުނާނެއެވެ. އޭނާ ދެކޭނީ އޭނާގެ އެކުވެރިޔާ އޭނާއަށް ކެހިދީ ޚިޔާނާތްތެރިވީ ކަމަށެވެ.

 

=ނިމުނީ=

 


 

މި ލިޔުމުގެ އެހެން ބައިތައް