ވެރި މީހާއަށް އޭނާގެ ނާއިބުންގެ ގޮތުގައި އެކިއެކި މަންޞިބުތަކަށް ޢައްޔަނު ކުރާ މީހުންގެ ތެރެއިން އެ މަންޞިބުތަކަށް އެންމެ އެކަށޭނައީ ކާކުކަން ސާފުވެފައި އޮންނަން ވާނެއެވެ. އެކި ބާވަތުގެ ވެރިކަން ޙަވާލު ކުރެވޭ މީހުންގެ ކިބައިގައި ދެ ކަމެއް ފުރިހަމަ ވާން ޖެހޭނެއެވެ. އެއީ ޤުއްވަތު [ބާރުވެރިކަން] އާއި އަމާނާތްތެރިކަމެވެ.
އެއީ މަދްޔަނުން މޫސާގެފާނާ ބައްދަލުވީ ކަލޭގެފާނު ވިދާޅުވިކަމަށް ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ފަދައިންނެވެ.
﴿إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ﴾ [القَصَصْ 26]
މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު އުޖޫރައަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ބަހައްޓަވަން އެންމެ ރަނގަޅީ ގައިބާރު ހުރި، އަމާނާތްތެރިޔެކެވެ.”
އަދި އެއީ މިޞްރުގެ ރަސްގެފާނު ސަލާމުލެއްވި ޔޫސުފުގެފާނަށް ދެންނެވި ފަދައިންނެވެ.
﴿إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ﴾ [اليُوسُف 54]
މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ އަމާނާތްތެރިޔަކީމުއެވެ.”
އަދި އެއީ ސަލާމުލެއްވި ޖިބްރީލު عليه السلام ގެ ސިފަފުޅު ބަޔާން ކުރައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ﴿19﴾ ذِي قُوَّةٍ عِنْدَ ذِي الْعَرْشِ مَكِينٍ ﴿20﴾ مُطَاعٍ ثَمَّ أَمِينٍ ﴿21﴾ [التَكْوِير ]
މާނައީ: “ހަމަކަށަވަރުން އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. (19) (އެއީ) ޢަރުޝީގެ ވެރިއިލާހުގެ ޙަޟުރަތުގައި ބާރުވެރި، ދަރަޖަވެރިޔެކެވެ. (20) އެތަނުގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ، އަމާނާތްތެރިޔެކެވެ. (21)”
=ނުނިމޭ=