
ރޭޑިޔޯ ނުވަތަ ޓީވީއަށް ތަބާވެގެން ގޭގައިހުރެ ކުރާ ނަމާދު ޞައްހަވެގެން ވޭތަ؟
އިމާމާއަށް ތަބަޢަވެ، ޓީވީ ނުވަތަ ރޭޑިޔޯ އިން އަޑުއަހައިގެން، އެފަދައިން ނަމާދުކުރުން މީސްތަކުންނަށް ހުއްދަވެގެން ނުވެއެވެ. ސަބަބަކީ ނަމާދުގެ ޖަމާއަތުގެ މުރާދަކީ އެއްތަންވުމެވެ. އެހެންކަމުން ނަމާދު ކުރެވޭތަނަކީ އެއްތަނެއްކަމުގައި ވާންވާނެއެވެ. އަދި ސަފުތައް ގުޅިފައިވާންޖެހޭނެއެވެ.