ޔަޙްޔާ ބުން ޔަޙްޔާ އައްލައިޘީ އާއި އިމާމު މާލިކު – رحمهما الله –
އެކަލޭގެފާނުގެ މިޖަވާބުން އިމާމު މާލިކު رحمه الله އަޖައިބުވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް އަންދަލުސްގެ ބުއްދިވެރިޔާގެ ލަޤަބު ދެއްވިއެވެ.
އެކަލޭގެފާނުގެ މިޖަވާބުން އިމާމު މާލިކު رحمه الله އަޖައިބުވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް އަންދަލުސްގެ ބުއްދިވެރިޔާގެ ލަޤަބު ދެއްވިއެވެ.
ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ކިޔުން ހާދަހާ މުހިންމު ޛިކުރުތަކެކެވެ. މިފަދަ ޛިކުރުތައް ކިޔުމުގެ ސަބަބުން، އެތައް ނުރައްކަލަކާ މުޞީބާތަކުން ﷲ ތަޢާލާ، އިންސާނާ މިންޖުކުރައްވައެވެ.
ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރައްވައެވެ. އަރްވާ ބިންތި އުވައިސް ޞަޙާބީ ބޭކަލެއްކަމަށްވާ ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހުއާއި މެދުގައި އެކަލޭގެފާނުގެ އެކަނބުލޭގެ ބިމުން ބައެއް އެކަލޭގެފާނުގެ ބިމަށް އިތުރުކޮށްފައިވާ ކަމަށް ދަޢުވާކޮށްފިއެވެ. އަދި ޚަލީފާ މަރުވާން ބިން ޙަކަމްގެ އަރިހަށް އެމައްސަލަ ހުށައަޅައިފިއެވެ. އެމައްސަލަ ހުށައެޅުމުން ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މިބަސްފުޅު އިވުމުންވެސް ތިމަންކަލޭގެފާނު އެކަމަނާގެ ބިމުން ބައެއް ނަގާފައެވެ.(ނެގީހެއްޔެވެ؟)…
އިޝާ ނަމާދުވާން ހުރީ 15 ވަރަކަށް މިނެޓަށް ވެފައެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން މަޣްރިބު ނަމާދު ކުރިއެވެ. ތަސްބީހަ ކިޔަމުން ދިޔައިރު މާމަ މަތިން ވަރަށް ހަނދާންވިއެވެ. އަދި ނަމާދު ކުރެވުނު ގޮތާމެދު ލަދުވެތިވިއެވެ. އޭނާގެ މާމަ ނަމާދު ކުރަނީ މަޑުމައިތިރިކަމާއި އެކު ގައެވެ. އޭނާ ދުއާ ކުރަންފެށިއެވެ. އަދި ދުޢާ ކުރަމުން ސަޖިދައަށް ގޮސް އިރުކޮޅެއްގައި މަޑުކޮށްލިއެވެ. އޭނާ ވަނީ މުޅި ދުވަހު ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ކުއްލިއަކަށް ހޭލެވުނީ…
އެކަލޭގެފާނަކީ އިމާމު، މުޙައްދިޘު، ޝަހީދު، ފަޤީހު މުޙައްމަދު ބިން އަޙުމަދު ބިން ސަހްލު އައްރަމްލީއެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫބަކުރުއެވެ. އަދި ނިސްބަތްވެ ވަޑައިގަންނަވަނީ ނާބުލުސްއަށެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވަނީ އިމާމު އިބުނު އައްނާބުލުސީގެ ނަމުންނެވެ. އެކަލޭގެފާނު ޙަދީޘް އުގެނިވަޑައިގެންނެވި އުސްތާޛުންގެ ތެރޭގައި ސަޢީދު ބިން ހާޝިމް އައްޠަބަރާނީ، މުޙައްމަދު ބިން ޙަސަން އަލްޤުތައިބާ، މުޙައްމަދު ބިން އަޙުމަދު ބިން ޝައިބާން އައްރަމްލީ އަދިވެސް އެނޫން ބޭކަލުން ހިމެނިވަޑައިގަނެއެވެ. އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ދާރުޤުޠުނީ، ތައްމާމު އައްރާޒީ،…
އައްދުރަރުލް ކާމިނާގައި މިފޮތުގައި (4/153) އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. “މޮންގޯލުގެ(ތަތާރުންގެ) ބޮޑުންގެ ބަޔަކު ނަޞާރާ ދީނަށް ވަނުމުގެ އުފަލުގައި ވަރަށް ގިނަ މޮންގޯލުންނަށް ބޭއްވުނު ޙަފުލާއަކަށް، ބޮޑެތި ނަޞާރާއިންގެ ޖަމާޢަތެއް ދިޔައެވެ. ދެން މިތަނުން އެކަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނަން ފަށައިފިއެވެ. އެހިނދު އެތަނުގައި އައްސާފައި އޮތް ޝިކާރަކުރާ ކުއްތާއެއް ވިއެވެ. ދެން މީނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހި ކިޔަން ފަށައި އޭގެ މައްޗަށް ބަސްތައް ގިނަކުރަން…
މިއީ ޙަޤީޤީ ހާދިޘާއެކެވެ. ޢަރަބި ޤައުމަކަށް ޚާދިމާއެއްގެ ގޮތުގައި މަސައްކަތް ކުރަން ދިޔަ އަންހެނެއްގެ ވާހަކައެވެ.
الحمد لله. الصلاة و السلام على نبينا محمد و آله وصحبه أجمعين. و بعد. އިމާމު އިބުނުލް ޖައުޒީ ރަޙިމަހުﷲ (1) ގެންނަވާފައިވާ ރިވާޔަތެއްގައިވެއެވެ. ތިމަންކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުން އަލްމަންޞޫރު(2) އަބޫބަކުރު ޞިއްދީޤުއަށް މުނިކާފާފުޅު ވިދާޅުވާ ބޭފުޅެއްކަމަށްވާ ޢަބްދުއްރަޙުމާނު ބިން ޤާސިމް ބިން މުޙައްމަދު ބިން ޢަބޫބަކުރުއްސިއްދީޤު(ރަޟިޔަﷲ ޢަންހު) ކުރެން އެއްސެވިއެވެ. ތިމަންނާއަށް ނަޞީޙަތެއްދޭށެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންނާ ބުނެދޭންވީ އަހަރެންނަށް އިވުނުކަމެއްގެ ވާހަކަހެއްޔެވެ؟ ނުވަތަ ފެނުނު ކަމެއްގެ ވާހަކަހެއްޔެވެ؟ މަންޞޫރުދެންނެވިއެވެ.…
ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި…
އިމާމު އަޙުމަދު ބިން މުޙައްމަދު ބިން ޙަންބަލް ރަޙިމަހުﷲ ވިދާޅުވިއެވެ.
ތިމަންގެ ގާތް އެކުވެރިއެއް، އޭނާގެ ހިތްގައިމު ރަށުގައި ތިމަންގެ ޗުއްޓީ ހޭދަކޮށްލުމަށް ދަޢުވަތުދިނެވެ. އެ އެކުވެރިޔާގެ ރަށަކީ ކުޑަ ރަށެކެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ” މާނައަކީ: ” ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ. އަދި ކާފަރުންގެ ސުވަރުގެޔެވެ.” ރިވާކުރެއްވީ މުސްލިމް، އަދި ތިރްމިޛީ އަދި އިބުނު މާޖާ. ޞައްޙަ ކުރައްވާފައިވަނީ ޝެއިޚު އަލްބާނީ ރަޙިމަހުﷲ. މިޙަދީޘްގެ ޝަރަޙައި ފައިޟުލް ޤަދީރުގައި އިމާމު މަނާވީ ރަޙިމަހުﷲ ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ. އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ މިސްރުގައި ޤާޟީކަމުގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު ބާޒާރުގެ ތެރެއިން އެކަލޭގެފާނުގެ ސަވާރީކޮޅުގައި ވަޑައިގެންނެވިއެވެ.…
އަޤީދަތުލް ވާސިތިއްޔާގެ ޝަރަޙާގައި އައްލާމާ ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ ގެންނަވާފައިވެއެވެ. “(ﷲގެ ވޮޑިގެންވާކަމަށް އިންކާރުކުރާ) އިންޑިޔާގެ ބަޔަކު އިމާމު އަބޫ ހަނީފާ ރަޙިމަހުﷲގެ އަރިހަށް އައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މެދު އެބައިމީހުން އިމާމު އަބޫ ޙަނީފާއާއި ބަޙުސްކޮށްފިއެވެ. އިމާމު އަބޫ ޙަނީފާއަކީ ވަރަށް ބުއްދިވެރި ޢިލްމުވެރިޔެކެވެ. އަދި ދުވަހެއް ނުވަތަ ދެދުވަސް ފަހުން އެބައިމީހުންނާ ބައްދަލުކުރުމަށް ވަޤުތެއް ކަނޑައެޅިއެވެ. އަދި އެބައިމީހުން އަތުވެއްޖެއެވެ. އެބައިމީހުން ބުންޏެވެ. ކަލޭގެފާނު (ކަލަކުވޮޑިގެންވުމާއި މެދު) ބުނަނީ ކީކޭ…
މިއަޖައިބުކުރަނިވި ވާހަކަ ފަހުމުވުމަށްޓަކައި އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭފުޅެއްކަން އެނގުން މުހިންމެވެ. އެކަލޭގެފާނަކީ އިމާމު ދާރިލް ޙިޖްރާގެ(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވި ރަށުގެ އިމާމު)ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޙަދީޘް އިލްމާއި ފިޤުހު ޢިލްމުގައި އިމާމު ދަރަޖައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މާލިކު ބިން އަނަސް ބިން މާލިކު ބިން އަބޫ ޢާމިރެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 93 ވަނަ އަހަރު މަދީނާގައެވެ. އަދި ޢިލްމު ޙާޞިލުކުރެއްވީ މަދީނާއިންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި…
އަބޫ ޙަމްޒާ އައްސުއްކަރީ ރަޙިމަހުﷲއަކީ އެކަލޭގެފާނުގެ އަވައްޓެރިންނަށް ވަރަށް ހެޔޮކޮތް ހިތާ ބޭކަލެކެވެ. އެކަލޭގެފާނުގެ ސިޔަރަތުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައި އިމާމު ޙާފިޡު ޛަހަބީ ރަޙިމަހުﷲ ވިދާޅުވަނީ “އެކަލޭގެފާނަކީ މީސްތަކުންނަށް އަޅާލާ ޢިލްމުވެރިޔެއް ކަމުގައެވެ. އެކަލޭގެފާނުގެ އަރިހަށް ޙަދީޘް ކިޔަވަން އައިސް ތިބޭ ކުދިންގެ ތެރެއިން ކުއްޖަކު ބަލިވެއްޖެނަމަ ބޭނުންވާ އެއްޗެހި ހޯދައިދެއްވައި އަދި ކައިރީގައި އަޅާލަން މީހުން ބައިތިއްބައެވެ.” (1) ނަމަވެސް މިފަހަރު މިއޮތީ އެކަލޭގެފާނު އަވައްޓެރިނަށް އޯގާތެރިކޮށް ހިތިމިންވަރު ވަޒަންކޮށްލެވޭ އެހެންވާހަކައެވެ. “އަބޫ ޙަމްޒާ…
ޢަބްދުލް ޢަޒީޒު އަބީ މަރްޙޫމު ރިވާކުރެއްވި ކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (ރަޙިމަހުﷲ)ގައި އައިސްފައިވެއެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށްޓަކައި އަލްޙަސަނުލް (ބަޞަރީ) ރަޙިމަހުﷲ އާއި އެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. އަދި ބަލިމީހާ ކައިރީގައި އިށީންދެ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ސުވާލުކުރެއްވިއެވެ. ބަލި ހާލު ކިހިނަކުންހެއްޔެވެ؟ ބަލިމީހާ ޖަވާބު ދިނެވެ. އަހަރެން ކާހިތްވެއެވެ. ނަމަވެސް އަރުންދިރޭ ގޮތެއްނުވެއެވެ. އަދި ބޯހިތްވެއެވެ. ނަމަވެސް ކަރުން ފަސޭހައިން ދިރުވާލެވޭގޮތެއްނުވެއެވެ. ދެން ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ކީރިތިކުރައްވަން ފަށައިފިއެވެ. ދެން…