ވިޔަފާރީގައި “ޚިޔާރު” 4
ޢައިބު ހުރިކަން ނޭނގޭނަމަ އެ ވިއްކުމަކީ މައްސަލައެއް ނޫނެވެ. އަދި އޭގައިވާ އެންމެހާ ޢައިބުތަކުން ބަރީއަވެގެންވާކަން ޝަރުޠުކުރާނީއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި އައިސްފައިވާ:
((مَا لَمْ يَتَفَرَّقَا))
“ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު…”
މިތާގައި ވަކިވެގެން ދިޔުމަކީ ކޮބާކަން ބަޔާންވެފައި ނުވެއެވެ. ނަމަވެސް އޭގެ މުރާދަކީ ދެމީހުންގެ ހަށިގަނޑު (އެމަޖުލިހުން) ވަކިވެގެން ދިޔުމެވެ. ފަހެ އެދެމީހުން ވަކިވެގެން ހިނގައްޖެނަމަ ޚިޔާރު ބާޠިލުވެ އެވިޔަވާރީގެ ޢަޤުދު ލާޒިމުވީއެވެ.

ފަހެ އެދެމީހުން – އެބަހީ: ގަންނަ މީހާއާއި ވިއްކާމީހާ – ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ.

“ދެވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އެދެމީހުންވެސް ތެދުވެރިވެ، ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ. އަދި އެދެމީހުންވެސް ދޮގުހަދާ ވަންހަނަކޮށްފިނަމަ އެދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑެއެވެ.”