ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-6
އޯގާތެރި ބޮޑުބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން، އެކަލޭގެފާނު ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުއެވެ. އެގޮތުން އަބޫޠާލިބު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެކަލޭގެފާނަކީ އަމިއްލަ އުފަން ދަރިކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. އަބޫޠާލިބުގެ އަމިއްލަ ދަރިދަރިކަލުންނަށްވުރެވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްކަންދެއްވައެވެ. އެކަލޭގެފާނަށް ފުރިހަމަ އިޙްތިރާމް ދެއްވަވައި އެކަލޭގެފާނުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި އެންމެހައި ކަންކަމެއްގައިވެސް އެކަލޭގެފާނަށް…