ސަބާގެ ރަނިކަމަނާ އާއި ސުލައިމާންގެފާނު
ސުލައިމާނުގެފާނަކީ ދުނިޔޭގައި އެންމެ ބޮޑު ރަސްކަމެއް ﷲ ތަޢާލާދެއްވި އެއިލާޙްގެ ނަބިއްޔެކެވެ. ޢިލުމާއި ވެރިކަމާއި ނަބީކަން ދެއްވަވާ ޖިންނިންނާއި ވަޔާއި ދޫނިސޫފާސޫފި އެކަލޭގެފާނުގެ ކިޔަމަނުގެދަށުގައި ލެއްވެވިއެވެ. ދޫނިސޫފާ ސޫފީގެ ބަސްމޮށުންތެރިކަން ސުލައިމާންގެފާނަށް ﷲ ތަޢާލާ އުނގައްނައިދެއްވިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނަށް ﷲތަޢާލާ ދެއްވައިފައިވާ ނިޢުމަތްތަކަށް ގިނަގިނައިން ޝުކުރުވެރިވި އުޅުއްވެވި ބޭކަލެކެވެ. އެއްދުވަހެއްގައި އެކަލޭގެފާނު އެކަލޭގެފާނުގެ ލަޝްކަރުގައި ހިމެނޭ ޖިންނިންނާއި އިންސިންގެ އިތުރުން ދޫނިސޫފާސޫފި އެއްކުރެއްވި ހިނދު ހުދުހުދު ކިޔާ ދޫނި އެތަނަށް ހާޒިރުވެފައި ނުވާތީ އެކަލޭގެފާނު އެކަމާ ސުވާލުކުރެއްވިއެވެ.…