[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 5 – ﷲ ނޫން އެހެންފަރާތަކަށް އަދާކުރެވޭ ކޮންމެ އަޅުކަމަކީ މަގުފުރެދުމެއް)

ﷲ ނޫން އެހެންފަރާތަކަށް އަދާކުރެވޭ ކޮންމެ އަޅުކަމަކީ މަގުފުރެދުމެއް

 

 

ތިންވަނަ ޤަވާޢިދު

 

ނަބިއްޔާ صلى الله عليه وسلم ފޮނުއްވުނީ ތަފާތު ބާވަތްތަކުގެ އަޅުކަންތައް ކޮށްއުޅުނު ބައެއްގެ ގާތަށެވެ. އޭގެ ތެރޭގައި މަލާއިކަތުންނަށް އަޅުކަންކުރާ މީހުންނާއި ނަބިއްޔުންނާއި ޞާލިޙު އަޅުންނަށް އަޅުކަންކުރާ މީހުންނާއި ގަސްގަހާގެއްސަށާއި ހިލަޔަށް އަޅުކަންކުރާ މީހުންނާ އަދި އިރާއި ހަނދަށް އަޅުކަންކުރާމީހުން ހިމެނެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم އެހުރިހާ އެންމެންނާ ހަނގުރާމަ ކުރެއްވިއެވެ. އެބައިމީހުންގެ މެދުގައި ފަރަޤުކުރުމެއް ނެތިއެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ.

﴿وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّـهِ﴾ [الأنفال 39]  

މާނައީ: “އަދި ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާށެވެ. ފިތުނަވެރިކަން އެކުގައި ނެތި ދަންދެން (އެބަހީ: ޝިރުކުކުރުން ނެތިއްޖައުމަށް ދާންދެން) އަދި މުޅި ދީން ﷲއަށްޓަކާކަމުގައި ވެއްޖައުމަށް ދާންދެނެވެ.”

 

– އިރާއި ހަނދުގެ ދަލީލަކީ (އެބަހީ: އެބައިމީހުން އިރާއި ހަނދަށް އަޅުކަންކުރިކަމާއި އެއީ ހުއްދަކަމެއް ނޫންކަމުގެ ދަލީލަކީ) މިވަޙީބަސްފުޅެވެ.

﴿وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾ [فصلت 37]  

މާނައީ: “ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެއިލާހުގެ (ކުޅަދުންވަންތަކަމުގެ) ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ﷲއަށް ތިޔަބައިމީހުން ސަޖިދަކުރާށެވެ. (އެއީ) ހަމައެކަނި އެއިލާހަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.”

– މަލާއިކަތުންގެ ދަލީލަކީ (އެބަހީ: މަލާއިކަތުންނަށް އަޅުކަންކުރިކަމާއި އެއީ ހުއްދަކަމެއް ނޫންކަމުގެ ދަލީލަކީ)  ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ.

﴿وَلَا يَأْمُرَكُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا أَيَأْمُرُكُم بِالْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ﴾ [آل عمران 80]  

މާނައީ: “އަދި މަލާއިކަތުންނާއި ނަބީބޭކަލުންނަކީ ރައްބުންކަމުގައި ހަދާކަށް އެފަރާތުން ތިޔަބައިމީހުންނަކަށް އަމުރެއްނުކުރައްވާނެއެވެ. ތިޔަބައިމީހުން މުސްލިމުންކަމުގައި ވުމަށްފަހު ކާފިރުވުމަށް އެއިލާހު ތިޔަބައިމީހުންނަށް އަމުރުކުރައްވާނެ ހެއްޔެވެ؟” [1]

 

 

ފިލާވަޅުގެ އިރުޝާދުތައް

* ﷲ ތަޢާލާ ފިޔަވާ އަޅުކަން ޙައްޤުވާ އިލާހެއް ކައުނުގައި ނުވެއެވެ.

* ކުފުރުގެ ޢަމަލުތައް ކުރުމަށްޓަކައި މީސްތަކުން އެކި އިލާހުން ގެންގުޅެއެވެ. އޭގެ ތެރޭގައި ބުދުތަކާއި އިރާއި ހަނދާއި މަލާއިކަތުންނާއި ޖިންނީންނާ އަދި އެނޫންވެސް އެފަދަ ފަރާތްތައްވެއެވެ. މިފަދަ ތަކެއްޗަށް ނުވަތަ އެއްޗަކަށް އަޅުކަންކުރާ މީހުންނަކީ ކާފިރުންނެވެ. ކުފުރަކީ އެއް މިއްލަތެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ދަޢުވަތު ދެއްވުމުގައްޔާއި އަދި މިފަދަ މީހުންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި، ރަސޫލާ صلى الله عليه وسلم އެބައިމީހުންގެ މެދުގައި ފަރަޤުކުރައްވާފައެއް ނުވެއެވެ.

 

 

ސުވާލުތައް

1- އިސްލާމްދީން ފާޅުވުމުގެ ކުރިން މީސްތަކުންކޮށް އުޅުނު ބައެއް އަޅުކަންތައް ލިޔާށެވެ.

2- އަންނަނިވި ހުސްތަން ފުރާށެވެ.

– “ތިޔަބައިމީހުން އިރަށާއި ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ……………………………………………………………”

– “އަދި މަލާއިކަތުންނާއި ނަބީބޭކަލުންނަކީ ރައްބުންކަމުގައި ހަދާކަށް އެފަރާތުން ތިޔަބައިމީހުންނަކަށް އަމުރެއްނުކުރައްވާނެއެވެ. …………………………………………………………..”

3- ﷲ ނޫން ފަރާތަކަށް އަޅުކަމެއް އަދާކޮށްފިމީހެއްގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

= ނުނިމޭ =

_____________________________

[1] މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.

 

 

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥

مادة التوحيد ٦

ހަތަރު ޤަވާޢިދު – އޯޑިއޯ ޕޮރޮގްރާމް

ހަތަރު ޤަވާޢިދު ފޮތް