[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 22

 

މީގެ އިތުރުން އެ ޙަދީޘްއާ ބެހޭގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ އެހެން އިޙްތިމާލުތަކާއި ތަފުސީލުތައްވެސް އިހަށް އެއްކައިރީގައި ބޭއްވުމަށް ފަހު ، ޚުދު އެޙަދީޘްއަށް އެކަނި ކުޑަކޮށް ވިސްނާލަމާއެވެ. ފަހެ ޙަދީޘްގެ ފަހުބައިގައި ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسـلم ޙަދީޘްފުޅު ކުރައްވާފައި އެވަނީ ، “… وَحَدِّثُوا عَنِّي وَلا حَرَجَ ..” ،  “… އަދި ތިކަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން (ޙަދީޘް ރިވާކޮށް) ވާހަކަ ދައްކާށެވެ. އެކަމުގައި މައްސަލައެއް ނެތެވެ” ، މިހެންނެއެވެ.

 

މީގެ މާނައަކީ ކޮބައި ތޯއެވެ؟ އިންސާނީ ސާފު ފިޠުރަތުގެ މަތީގައި ހުރެގެން މިޖުމްލަ ކިޔައިފި ކޮންމެ މީހަކަށްވެސް މީގެން ދޭހަވާނީ، އަދި ޔަޤީންވާނީވެސް ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުގެ ޙުއްޖިއްޔަތުގެ ޙައްޤާނިއްޔަތު ކަމެވެ. އެހެނީ، އެކަލޭގެފާނުގެ ސުންނަތަކީ ހުއްޖަތެއް ކަމުގައި ނުވާނަމަ ނުވަތަ އެއީ ސުންނަތަށް އިންކާރު ކުރާ މީހުން އެބުނާހާ ނުރައްކާތެރި އެއްޗެއް ކަމުގައި ވީނަމަ، އެކަލޭގެފާނުގެ ޙަދީޘްތަށް އެހެން މީހުންނަށް ބަޔާންކުރަން އަމުރުފުޅު ނުރެއްވީސްތޯއެވެ؟ އޭގެ ވާހަކަ މީސްތަކުންނަށް ފޯރުކޮށްދިނުމަށް އެންގެވީސް ބާވައެވެ؟ އެކަމަށް ހުއްދަ ދެއްވީސް ހެއްޔެވެ!!

 

ކޮންމެއަކަސް އިސްވެދިޔަ ޙަދީޘްތަކުން އެނގި ބަޔާންވެގެން ދަނީ، ސުންނަތް ލިޔަން ހުއްދަ ދެއްވުނީ އެކަލޭގެފާނުގެ ޙަޔާތުގެ ފަހުކޮޅުގައި ކަމެވެ. އަދި އެއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅުވެސްމެއެވެ. އެހެންކަމުން ސުންނަތަކީ އިސްލާމް ދީނުގެ މަޞްދަރެއް ނޫންކަމަށް ބުނުމައްޓަކައި އެބައިމީހުން ގެންގުޅޭ އެންމެ މައިގަނޑު އަސާސީ ޙަދީޘްގެ ޙަޤީޤަތް ފާޅުވެ ، އެއިން އެބައިމީހުންގެ އޮޅުވާލުމުގެ ތެރެއިން ނަގަމުން ދިޔައި ނާޖާއިޒު ފައިދާގެ ޙަޤީޤަތް ފާޅުވެ ފަޟީޙަތްވީއެވެ. الحمد لله.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 21