މިއީ 28 ޖުމާދަލްއާޚިރާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ علي بن عبد الرحمن الحذيفي –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله الذي يقبَلُ التوبةَ عن عبادِه ويعفُو عن السيِّئات، وسِعَ كلَّ شيءٍ رحمةً وعلمًا، ضاعَفَ بفضلِه الحسنات، ورفعَ لأصحابِها الدرجات، وأشهدُ أن لا إله إلا الله وحده لا شريك له لا يُعجِزُه شيءٌ في الأرض والسماوات، وأشهدُ أن نبيَّنا وسيِّدَنا محمدًا عبدُه ورسولُه أيَّده الله بنصرِه وبالمُعجِزات، اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آله وصحبِه السابِقين إلى الخيرات.
* ދަންނާށެވެ. އިންސާނާއަށް ކާމިޔާބާއި ބާއްޖަވެރިކަން ލިބެންއޮތީ އޭނާގެ ނަފްސު ކިޔަމަންކޮށްގެންނެވެ. އަދި ބަސްތަކާއި ޢަމަލުތަކުގެ ކުދި ބޮޑު އެންމެހާ ކަންކަން ޙިސާބުކޮށް އެކަންކަން ބެލެހެއްޓިގެންނެވެ. އޭނާގެ ނަފްސު ޙިސާބުކޮށް، އޭނާގެ ބަސްތަކާއި ޢަމަލުތަކާ އަދި ޚިޔާލުތަކާ މެދު ރައްކާތެރިވެ، ﷲ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާފަދައިން ކަންތައްކޮށްފިމީހާ ދަންނައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى [40] فَإِنَّ الْجَنَّةَ هِيَ الْمَأْوَى [41]﴾ [النازعات: 40، 41]
މާނައީ: “އަދި އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! [40] ފަހެ، ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ. [41]”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ [الرحمن: 46]
މާނައީ: “އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް (ސުވަރުގޭގައި) ދެ ބަގީޗާ ހުށްޓެވެ.”
އަދި ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ [الحشر: 18]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
އަދި ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ﴾ [الأعراف: 201]
މާނައީ: “ހަމަކަށަވަރުން ތަޤުވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުންވެއެވެ.”
އަދި ވަޙީކުރެއްވިއެވެ.
﴿وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ﴾ [القيامة: 2]
މާނައީ: “އަދި ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، ހިތާމަކުރާނެ ނަފްސު ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ.”
މުފައްސިރުން ވިދާޅުވެފައިވެއެވެ.
“ﷲ ހުވާ ވަޙީކުރައްވާފައިވަނީ، ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް ޢައިބުކިޔައި ނަފްސު ގަންދެއްވައެވެ. އަދި ފާފަތަކަށް އަރައިގަނެވިފައިވާތީވެސްމެއެވެ. ފަހެ، އެކަމެއް އިޞްލާޙުވަންދެން ގިނަގިނައިން އެކަމާމެދު އޭނާ ހިތާމަކުރެއެވެ.”
* އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» [رواه البخاري ومسلم]
މާނައީ: “ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާ ހެޔޮބަސް ބުނާށެވެ. ނޫންނަމަ، ހަނުހުންނާށެވެ.”
ނަފްސު ޙިސާބުކުރާމީހަކަށް މެނުވީ މިފަދައިން ކަންތައް ނުކުރެވޭނެއެވެ.
* ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.
“ތިޔަބައިމީހުންގެ ޙިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ. އަދި އެނަފްސުތައް ވަޒަންކުރެވުމުގެ ކުރިން ވަޒަންކުރާށެވެ. އަދި (ޤިޔާމަތްދުވަހުގެ) ބޮޑުވެގެންވާ ހުށަހަޅާލުމަށް ތައްޔާރުވާށެވެ.”
* އަދި މައިމޫނު ބުން މިހްރާން ވިދާޅުވިއެވެ.
“ތަޤުވާވެރިޔަކީ އެންމެ ބޮޑަށް އޭނާގެ ނަފްސު ޙިސާބުކުރާމީހާއެވެ. އެއީ (ވިޔަފާރީގައި) ދަހި ބައިވެރިއަކު އޭނާގެ އެކުވެރިޔާ ޙިސާބުކުރާ ފަދައިންނެވެ.”
* އަދި އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.
«إِنَّ الْمُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ، وَإِنَّ الفَاجِرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ» فَقَالَ بِهِ هَكَذَا. [رواه البخاري ومسلم]
މާނައީ: “ހަމަކަށަވަރުން މުއުމިނަކަށް އޭނާގެ ފާފަތައް ފެންނާނީ، އޭނާ ފަރުބަދައެއްގެ ދަށުގައި އިށީނދެ އިންނައިރު އެފަރުބަދަ އޭނާގެ ބޮލަށް ވެއްޓިދާނެތީ ބިރުގަންނަ ފަދައިންނެވެ. އަދި ހަމަކަށަވަރުން ފާޖިރު މީހާއަށް އޭނާގެ ފާފަތައް ފެންނާނީ އޭނާގެ ނޭފަތް ކައިރިން ދިޔަ މެއްސެއް ފަދައިންނެވެ.” ފަހެ، އޭނާ މިފަދައިން (އެބަހީ: އޭނާގެ އަތުން) އެފޮޅާލާ އޭނާއާ ދުރުކޮށްލާނެއެވެ.
* މުއުމިނަކު، އޭނާގެ ނަފްސު ޙިސާބުކުރެއެވެ. އަދި އެންމެ ރަނގަޅު ޙާލަތުގައި އޭނާގެ ނަފްސު ބަހައްޓައެވެ. ފަހެ، އޭނާގެ ޢަމަލުތަކުގެ މައްޗަށް ނަފްސު ޙިސާބުކުރެއެވެ. ފަހެ، ފުރިހަމަ އިޚްލާޞްތެރިކަން ހޯދުމަށްޓަކައި އަޅުކަންތަކާއި ކިޔަމަންތެރިކަން އަދާކުރުމުގައި ގަދައަޅާ މަސައްކަތްކުރެއެވެ. އޭނާ ބިދުޢަތަކާއި ދެއްކުންތެރިކަމުން އޭނާގެ ނަފްސު ސަލާމަތްކުރެއެވެ. އަދި ކުރާ ޢަމަލުތަކުގައި އަމިއްލަ ނަފްސު ފެނުމުންވެސްމެއެވެ. އޭނާގެ ޢަމަލުތަކުން އޭނާ އެދޭނީ ﷲ ގެ ވަޖުހުފުޅާއި އާޚިރަތުގެ ގޯއްޗެވެ.
* އޭނާގެ ނަފްސު ޙިސާބުކުރަނީ ޞާލިޙު ޢަމަލުތައް ކުޅައުމަށެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އައިސްފައިވާގޮތަށް ޢަމަލުތައް ބަހައްޓައެވެ. ދާއިމީ ގޮތެއްގައި އެޢަމަލެއް ކުރުމަށް ފަރުވާތެރިވެއެވެ. އެޢަމަލެއް މުޅިން ދޫކޮށްލުމެއް ނެތި އަދި މެދުކަނޑާލުމެއް ނެތި، ދާއިމީ ގޮތެއްގައި އެޢަމަލުކުރުން މަތީ ދެމިހުރެއެވެ.
* ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾ [العنكبوت: 69]
މާނައީ: “ތިމަންއިލާހުގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެބައިމީހުންނަށް ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَنْ جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ إِنَّ اللَّهَ لَغَنِيٌّ عَنِ الْعَالَمِينَ﴾ [العنكبوت: 6]
މާނައީ: “އަދި ޖިހާދުކުރިމީހާ (ދަންނާށެވެ!) ފަހެ، އޭނާ ޖިހާދުކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހާ ޢާލަމުތައް ފިޔަވައި ފުދިވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ [2] أَلَا لِلَّهِ الدِّينُ الْخَالِصُ﴾ [الزمر: 2، 3]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ހައްޤުގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ﷲ އަށް ދީން ޚާލިޞްކުރާޙާލު، ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! [2] ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ﴾ [آل عمران: 31]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”
* ސުފްޔާނު އައްޘައުރީ ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނަށް ނިޔަތަށްވުރެ ރަނގަޅުކުރަން އުނދަގޫކަމަކާ ކުރިމަތިލާން ނުޖެހެއެވެ. އެހެނީ އެނިޔަތް ބަދަލުވަމުންދެއެވެ.”
* އަލްފަޟްލު ބުން ޒިޔާދު ވިދާޅުވިއެވެ.
ޢަމަލުގެ ނިޔަތާބެހޭގޮތުން އިމާމު އަޙްމަދަށް ސުވާލު ދެންނެވީމެވެ. ތިމަން ދެންނެވީމެވެ. “ނިޔަތްވަނީ ކިހިނެތް ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ނަފްސަށް ފަރުވާ ކުރަންވީ، ޢަމަލެއްކުރާއިރު މީސްތަކުންނަށް (ދެއްކުމަށްޓަކައި) އެކަން ނުކުރުމަށެވެ.”
* ބަސްބުނުމާ ވާހަކަ ދެއްކުމުގައި ނަފްސު ޙިސާބުކުރާށެވެ. ބާޠިލު ވާހަކަތައް ދުލުން ނުދައްކާށެވެ. އަދި ޙަރާމް ލަފްޒުތައް ނުބުނާށެވެ. ތިބާގެ ދުލުން ބުނާ ކޮންމެ ބަހަކާ، ތިބާކުރާ ކޮންމެ ޢަމަލެއް ލިޔުއްވަން ހަވާލުކުރައްވާފައިވާ ދެމަލާއިކަތުން ތިއްބެވިކަން ހަނދާނުގައި ބަހައްޓާށެވެ. ފަހެ، އެކަންކަމަށް ޘަވާބާއި ޢަޛާބު ދެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِنَّ عَلَيْكُمْ لَحَافِظِينَ [10] كِرَامًا كَاتِبِينَ [11] يَعْلَمُونَ مَا تَفْعَلُونَ [12]﴾ [الانفطار: 10- 12]
މާނައީ: “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. [10] (އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. [11] ތިޔަބައިމީހުން ކުރާ ކަންތައް އެމަލާއިކަތުން ދެނެވަޑައިގެންވެއެވެ. [12]”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ [ق: 18]
މާނައީ: “(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ.”
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އޭނާ ބުނާ ހެޔޮ ބަސްތަކާއި ނުބައި ބަސްތަކުގެ ތެރެއިން އެންމެހާ ބަސްތައް ލިޔުއްވައެވެ. އެހެނީ ތިމަން ކައިފީމޭ، ތިމަން ބޮއެފީމޭ، ތިމަން ދިޔައީމޭ، ތިމަން އައީމޭ، ތިމަން ދުށީމޭ، މިފަދައިން އޭނާ ބުނާ ބަސްތައްވެސް ލިޔުއްވައެވެ.”
* އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.
“އެއިލާހު ފިޔަވާ އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކު ނުވާ، ﷲ ގަންދެއްވަމެވެ. ބިން މަތީގައި ދިގު މުއްދަތަކަށް ޖަލުގައި ބެހެއްޓުމަށް، ދުލަށްވުރެ ޙައްޤުކަން ބޮޑު ފަރާތެއް ނުވެއެވެ.”
* އަބޫބަކުރު އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވާ ވިދާޅުވެއެވެ.
” ތިމަންކަލޭގެފާނު ހަލާކުވަނިވި ކަންތައްތަކުގެ ތެރެއަށް ހުށަހަޅައިދޭ އެއްޗަކީ މިއީއެވެ.”
* ހިތުގެ ޚިޔާލުތަކާއި ފިކުރުތަކާ އަދި ވަސްވާސްތަކަށް ސަމާލުވުންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފަހެ، ހެވާއި ނުބައިގެ ފެށުންވަނީ ހިތުގެ ޚިޔާލުތަކާއި ފިކުރުތަކުންނެވެ.
އަދި ވަސްވާސްތަކާމެދު ޣާފިލުވެ އެކަންކަން ބަލައިގަނެފިނަމަ އޭގެ ސަބަބުން ޙަރާމްކުރައްވާފައިވާ ކަންކަމަށް ހުށަހެޅެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ [فصلت: 36]
މާނައީ: “އަދި ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
* ބަޔާންވެގެންވާ ޢަދުއްވުގެ (އެބަހީ: ޝައިޠާނާގެ) ކިބައިން ރައްކަތެރިކަމަށް އެދުމަށް سُوْرَةُ النَّاس ގައި ވަނީ އަމުރުކުރައްވާފައެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
“ހަމަކަށަވަރުން ޝައިޠާނާ، އާދަމުގެ ދަރީންގެ ހިތުގެ ކައިރީގައި ވެއެވެ. ފަހެ، އޭނާ ﷲ ގެ ޛިކުރު ކުރުމުން ފަހަތަށް ޖެހި ފިލައެވެ. އަދި އޭނާ ޣާފިލުވުމުން ވަސްވާސް ދެއެވެ.”
* ފަހެ، ފާފަތަކުން ރައްކާތެރިވެވޭހުށީ، ފުރަތަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ފަރުވާތެރިވެ އަދި ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސްދާނެކަމަށް ސަލާމުވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ﴾ [الأنعام: 151]
މާނައީ: “އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.”
* ފަހެ، ނަފްސު ޙިސާބުކޮށް އެކަމުގައި ގަދައަޅާ މަސައްކަތްކުރާމީހާ ދަންނައެވެ. އޭނާގެ ހެޔޮ ކަންތައްތައް ގިނަވެ ނުބައި ކަންތައްތައް މަދުވާނެއެވެ. އަދި އޭނާ ދުނިޔެއިން ނުކުންނަހުށީ ޙަމްދުކުރަމުންނެވެ. އަދި އޭނާ އަލުން ދިރުއްވޭހުށީ ބާއްޖަވެރި ކަމުގައެވެ. އަދި އޭނާވާހުށީ އެކަމުގެ މައްޗަށް ހެކިވެވަޑައިގަތުމަށް ފޮނުއްވުނު ނަބިއްޔާ عليه الصلاة والسلام އާއެކުއެވެ. އަދި ހަވާނަފްސަށް ތަބާވެ، ޤުރުއާނުން މޫނު އަނބުރާލާ، އޭނާގެ ނަފްސު އެދޭ ކަންކަމަށް އަރައިގަނެ، ޝަހުވަތްތަކުގެ ލައްޒަތު ލިބިގަނެ، ބޮޑެތި ފާފަތަކަށް އަރައިގަނެ، އަދި ޝައިޠާނާއަކީ އޭނާއަށް ބޮޑުވެގެންވާ ނުބައިކަންކަމަށް މަގުދައްކައިދޭ ޤާއިދަކަށް ހަދައިފިމީހާ ދަންނައެވެ. އޭނާވާނީ ޝައިޠާނާއާއެކު އަބަދުގެ އަބަދަށް ވޭންދެނިވި އަޛާބުގައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [الكهف: 28]
މާނައީ: “އަދި ތިމަންއިލާހު ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”
އަދިއެއިލާހު ވަޙީކުރެއްވިއެވެ.
﴿يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا﴾ [آل عمران: 30]
މާނައީ: “ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރުކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެއެވެ.”
އަދިއެއިލާހު ވަޙީކުރެއްވިއެވެ.
﴿وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ﴾ [البقرة: 235]
މާނައީ: “ތިޔަބައިމީހުންގެ ނަފްސުތަކުގައިވާ ކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ! ވީމާ، ތިޔަބައިމީހުން އެއިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ، އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!”
بارك الله لي ولكم في القرآن العظيم، ونفعَني وإياكم بما فيه من الآياتِ والذكرِ الحكيم، ونفعَنا بهدي سيِّد المرسلين وقوله القويم، أقولُ قَولي هذا، وأستغفرُ الله لي ولكم ولسائر المُسلمين من كل ذنبٍ، فاستغفِروه إنه هو الغفور الرحيم.
ދެވަނަ ޚުޠުބާ
الحمدُ لله، الحمدُ لله يُحيِي بالقُرآن القلوب، ويقبَلُ الحسناتِ ويعفُو عن السيِّئات، أحمدُ ربي وأشكرُه، وأتوبُ إليه وأستغفِرُه، وأشهدُ أن لا إله إلا الله وحدَه لا شريكَ له علَّامُ الغيوب، وأشهدُ أن نبيَّنا وسيِّدَنا محمدًا عبدُه ورسولُه الداعِي إلى الخيرات، اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آله وصحبِه أعلام الهُدى ومصابِيحِ الدُّجَى.
* ފަހެ، ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ދުނިޔޭގައިވެސް އާޚިރަތުގައިވެސް ރައްކާތެރިކުރެވޭނެ އެއްޗަކީ އެއީއެވެ.
* ހަމަކަށަވަރުން ދިރިހުރި ހިތަކީ ހެޔޮ ކަންކަމުގެ އަސަރު އެހިތަށްކުރުވާ އަދި ނުބައި ކަންކަމަކީ ނުބައިކަމެއްކަމުގައި ދެނެގަންނަ ހިތެވެ. އަދި މަރުވެފައިވާ ހިތަކީ ފާފަކުރުމުން އެހިތަށް ތަދުނުވާ އަދި އެކަމުގެ އިހުސާސްވެސް ނުކުރެވޭ ހިތެވެ. އަދި ހެޔޮކަމެއް ކުރުމުން އަދި ކިޔަމަންތެރިކަން އަދާކުރުމުން އުފާވެސް ނުވާނެއެވެ. އަދި ފާފަތަކަށްވ ޢުޤޫބާތްވާކަމުގެ އަސަރުވެސް ނުކުރާނެއެވެ. އަދި ޞިއްޙަތާއި ދުނިޔަވީ ކަންތައްތައް ލިބިފައިވާނަމަ އެފަދަ މީހަކު ކެހިވެރިވާނެއެވެ. އަދި އޭނައަށް ލިބިފައިވާ ނިޢުމަތްތަކަކީ އޭނާގެ މާތްކަމުން ލިބުނު އެއްޗެއްކަމަށް ހީކުރެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَيَحْسَبُونَ أَنَّمَا نُمِدُّهُمْ بِهِ مِنْ مَالٍ وَبَنِينَ [55] نُسَارِعُ لَهُمْ فِي الْخَيْرَاتِ بَلْ لَا يَشْعُرُونَ [56]﴾ [المؤمنون: 55، 56]
މާނައީ: “މުދަލާއި، ދަރިންގެ ތެރެއިން ތިމަންއިލާހު އެބައިމީހުންނަށް ދެއްވާ ދެއްވުން އެއީ، ތިމަންއިލާހު އެބައިމީހުންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެބައިމީހުން ހީކުރަނީ ހެއްޔެވެ! އަދި ކިއެއްހެއްޔެވެ! އެބައިމީހުންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ.”
* ހަދީޘްގައި ވެއެވެ.
«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا، نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا، نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ» [رواه مسلم]
މާނައީ: “ސަޓާއަކަށް ވަތަކަށްފަހު ވަތެއް އެމުނެމުންދާ ފަދައިން ހިތްތަކަށް ފިތުނަތައް ވެރިވަމުން ދާނެއެވެ. ފަހެ، އެއްވެސް ހިތަކުން އެފިތުނަތަކަށް (ލޯބިކޮށް) ބަލައިގެންފިނަމަ އެހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. އަދި އެއްވެސް ހިތަކުން އެފިތުނަތަކަށް (ނުރުހުންތެރިވެ) އިންކާރުކޮށްފިނަމަ އެހިތުގައި ހުދު ތިއްކެއް ޖެހެއެވެ. އޭރުން ވާހުށީ ދެވައްތަރެއްގެ ހިތެވެ. (އެއް ހިތް) ސަންގުމަރުމަރު ހިލައެއްހާ ހުދެވެ. އުޑާއި ބިން ދެމިއޮތްހައި ހިނދަކު ފިތުނައަކުން އެހިތަކަށް ގެއްލުމެއް ނުފޯރާނެއެވެ. އަނެއް ހިތްވަނީ ބަންޑުންޖެހިފައިވާ ކޫޒެއްފަދަ ކިލަނބު ކުލައިން ކަޅުވެފައެވެ. ހެޔޮކަމެއް ނުދަންނާނެއެވެ. އަދި މުންކަރާތަކަށް އިންކާރެއް ނުކުރާނެއެވެ. އޭނާގެ ހަވާނަފްސު ބަލައިގެންފި ކަމެއްގައި މެނުވީއެވެ.”
* އޭނާގެ ނަފްސު ޙިސާބު ނުކުރާނަމަ، ހިތުގެ ބަލިތައް އެހިތް އެކުގައި ބަލިކޮށްލައެވެ. ނުވަތަ މަރާލައެވެ.
* އަދި އަޅާއަށް އޮތް އެންމެ ބޮޑު ހެވަކީ ކޮންމެ ހިނދެއްގައިމެ އަމިއްލަ ނަފްސު ޙިސާބުކުރުމެވެ. އޭނާއަށް ފަރުވާކުޑަކުރެވޭ ކަންތައްތައް އެނގޭނީ އޭރުންނެވެ. އަދި އެކަންކަމަށް ތައުބާވެވޭނީވެސް އޭރުންނެވެ. އޭރުން އޭނާގެ މަސައްކަތް ޤަބޫލުވެވި ރަނގަޅު ނިމުމަކަށް ތައުފީޤު ލިބުމަށް އުންމީދުކުރެވެއެވެ.
اللهم صلِّ على محمدٍ وعلى آل محمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، اللهم بارِك على محمدٍ وعلى آل محمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وسلِّم تسليمًا كثيرًا.
اللهم وارضَ عن الصحابة أجمعين، وعن الخلفاء الراشدين، الأئمةِ المهديِّين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائرِ أصحابِ نبيِّك أجمعين، وعن التابِعِين ومَن تبِعَهم بإحسانٍ إلى يوم الدين، اللهم وارضَ عنَّا معهم بمنِّك وكرمِك ورحمتِك يا أرحَمَ الراحمين، اللهم وارضَ عنَّا معهم بمنِّك وكرمِك ورحمتِك يا ذا الفضل العظيم.
اللهم إنا نسألُك يا ذا الجلال والإكرام أن تغفِرَ لنا ذنوبَنا، اللهم اغفِر لنا ما قدَّمنا وما أخَّرنا، وما أسرَرنا وما أعلنَّا، وما أنت أعلمُ به منَّا، أنت المُقدِّم وأنت المُؤخِّر، لا إله إلا أنت.
اللهم أحسِن عاقِبَتنا في الأمور كلِّها، وأجِرنا من خِزي الدنيا وعذابِ الآخرة.
اللهم طهِّر قلوبَنا مِن النِّفاق، وأعمالَنا مِن الرِّياء، وألسِنَتنا مِن الكذِب، وأعيُنَنا مِن الخِيانةِ يا ربَّ العالمين.
اللهم إنا نعوذُ بك مِن سُوء القضاء، ومِن شماتةِ الأعداء، ومِن درَكِ الشَّقاء، ومِن جَهد البلاء.
اللهم إنا نسألُك فواتِحَ الخير وخواتِمَه، وظاهِرَه وباطِنَه، وأوَّلَه وآخرَه يا ذا الجلال والإكرام.
اللهم نفِّس كربَ المكرُوبين مِن المُسلمين، اللهم نفِّس كربَ المكرُوبين مِن المُسلمين، اللهم ارفَع الشدائِدَ والكُرُبات عن المُسلمين، اللهم واقضِ الدَّين عن الَدينين مِن المُسلمين، اللهم واشفِ مرضانا ومرضَى المُسلمين، اللهم اشفِ مرضانا ومرضَى المُسلمين، اللهم اشفِ مرضانا ومرضَى المُسلمين يا رب العالمين.
اللهم أعِذنا من شُرور أنفسنا، اللهم أعِذنا من شُرور أنفسنا وسيئات أعمالنا، وأحسِن عاقِبتَنا يا ذا الجلال والإكرام.
اللهم أعِذنا وأعِذ ذريَّاتنا من إبليس وشياطينه وأوليائِه يا رب العالمين وجنودِه إنك على كل شيءٍ قدير، اللهم إنا نعوذُ بك مِن شياطين الإنسِ وشياطين الجنِّ.
اللهم استعمِلنا في طاعاتِك، واحفَظنا مِن معاصِيك يا رب العالمين.
اللهم إنا نعوذُ بك مِن زوالِ نِعمتِك، وفُجاءة نِقمتِك، وتحوُّل عافِيتِك.
اللهم اغفِر لموتانا وموتَى المُسلمين، اللهم اغفِر لموتانا وموتَى المُسلمين، اللهم نوِّر عليهم قبُورَهم، وضاعِف حسناتِهم، وتجاوَز عن سيِّئاتِهم يا ذا الجلال والإكرام، برحمتك يا أرحم الراحمين.
اللهم إنا نسألُك أن ترحَمَ أمةَ مُحمدٍ – صلى الله عليه وسلم -، اللهم ارفَع الكُرُبات والشدائِد التي نزلَت بالمُسلمين في الشام يا رب العالمين، اللهم عليك بمَن ظلَمَهم واعتدَى عليهم يا رب العالمين.
اللهم انصُر دينَك وكتابَك، وسُنَّة نبيِّك يا رب العالمين، يا قويُّ يا متين.
اللهم أطفِئ الفتنَ التي اشتعَلَت في بلادِ المُسلمين.
اللهم احفَظ جُنودَنا يا رب العالمين، اللهم احفَظ جُنودَنا إنك على كل شيء قدير، اللهم احفَظهم في دينِهم وأموالِهم وفي أهلِيهم يا ذا الجلال والإكرام.
اللهم إنا نسألُك الجنةَ وما قرَّبَ إليها مِن قولٍ وعمل، ونعوذُ بك مِن النار وما قرَّب إليها مِن قولٍ وعمل.
فعلَ الخيرات، وتركَ المُنكَرات، وحبَّ المساكِين، برحمتِك يا أرحم الراحمين.
اللهم إنا نسألُك يا ذا الجلال والإكرام أن تُوفِّق خادمَ الحرمين الشريفين، اللهم وفِّقه لهُداك، واجعَل عملَه في رِضاك، وارزُقه الصحةَ إنك على كل شيء قدير، اللهم وفِّقه للعمل الرشيد، والرأي السديد، اللهم وانفَع به الإسلامَ والمُسلمين يا رب العالمين، اللهم وفِّق وليَّ عهدِه لما تحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، وانفَع به الإسلامَ والمُسلمين يا رب العالمين.
اللهم إنا نسألُك يا ذا الجلال والإكرام، نسألُك اللهم أن تُغيثَنا، وأن تجعلَه غيثًا مُبارَكًا فيه إنك على كل شيء قدير.
عباد الله:
﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].
فاذكُروا الله العظيمَ الجليلَ يذكُركم، واشكُروه على نِعمِه يزِدكم، ولذِكرُ الله أكبر، والله يعلمُ ما تصنَعون.
***************