ޢީދު ނަމާދު
* ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ.
* ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ.
މިފޮތަކި ޢީދާގުޅޭ އަދަބުތަކާއި ޙުކުމްތަކާ އަދި ޢީދުގެ ބައެއް ފައިދާތައް ކުރުގޮތަކަށް ގެނެސްދިނުމަށް އައްޝައިކް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ލިޔުއްވަފައިވާ “55 فائدة في آداب العيد وأحكامه” ގެ ތަރުޖަމާއެކެވެ.
މިއީ މިދުވަސްވަރު މިޙާލަތުގައި، ވަބާގެ ސަބަބަން މީސްތަކުން ގެތަކުގައި ތިބެން ޖެހިފައިވާއިރު މުސްލިމުންނަށް ޢީދުގެ ޙުކުމްތަކުގެ ތެރެއިން އެނގެން ޖެހޭ ބައެއް ކަންތައްތަކެވެ.
ސުވާލު: އަހުރެންނަށް ޢީދުނަމާދު ގޭގައި އެކަނި ކުރެވިދާނެހެއްޔެވެ؟ ޞިއްޙީ ސަބަބަކާހުރެ މިސްކިތަށް ދިޔުން އަހަރެންނަށް ކުޅަދާނަވެގެން ނުވެއެވެ. ޖަވާބު: الحمد لله ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަހުގައި، ކުޅަދާނަކަން ލިބިގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް، ޢީދު ނަމާދަކީ ޢައިނިއްޔަ ފަރުޟެކެވެ. ތިބާއަށް ކުރިމަތިވެފައިވާ ޞިއްޙީ ކަމެއްގެ ސަބަބުން މިސްކިތައް ނުދެވޭނަމަ އެކަމުގައި ތިބާއަށް އެއްވެސް މައްސަލައެއް ނެތެވެ. ދެން އޮތް ސުވާލަކީ ތިބާ ޢީދުނަމާދު ގޭގައި ކުރުން ޝަރުޢުވެގެންވޭ ހެއްޔެވެ؟ މި މައްސަލާގައި ފިޤުހުވެރިންގެ…
ޖިބުވެގެންވަނީ މިސްކިތުގެ އިމާމާއި ޚުޠުބާދޭމީހާ އެދުވަހު މިސްކިތަށް ޙާޟިރުވެ، ހުކުރުދުވަހު ހުކުރު ނަމާދު ޤާއިމުކުރުމަށެވެ. އެގޮތުން ޖަމާޢަތަށް ޙާޟިރުވި ބަޔަކާއެކު ހުކުރު ކުރަން ޖެހޭނެއެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ބަރަކާތްތެރި ރަމަޟާން މަހާއި ޙައްޖުގެ އަޅުކަން އަދާކޮށް ނިމުމާއިއެކު މުސްލިމުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދެދުވަހަކީ ފިތުރުޢީދާއި އަޟްޙާޢީދެވެ. އެދުވަސްތަކެއްގައި ﷲއަށް ތަކްބީރު ކިޔުމާއި އުފާފާޅުކުރުމާއި މީރު ކާތަކެތި ކައިބޮއި އުޅުމަށްޓަކައި ﷲ ތަޢާލާ ދެއްވައިފައިވާ މި ދެދުވަސް މިހާރު ބޭނުން ކުރެވެނީ ކޮންގޮތަކަށްތޯ ހަމަ ކޮންމެ މުސްލިމަކުވެސް ސުވާލުކޮށްލަން ޖެހެއެވެ. އެހެނީ އުފާފާޅުކުރުމުގެ ޙުދޫދު ކަނޑައެޅުއްވެވި ﷲ ތަބާރަކަ ވަތަޢާލާގެ…
ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ. ޢަލީ ހުރީ ޢީދު ނަމާދު ކޮށްގެން އައިސް ގޭގެ އެންމެންނާ އެކުގައި ހެނދުނުގެ ސައިގައި ބައިވެރިވާށެވެ. ޢީދު ނަމާދަށްފަހު ޢަލީއަށް އެންމެ ޚާއްޞަ ކަމަކަށް އޮތީ ސްކޫލުން ޢީދު ފާހަގަ ކުރުމަށް “ޢީދު އުފާ” ގެ ނަމުގައި ބާއްވާ ޙަރަކާތްތަކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الأكْبَر﴾ (التوبة :3)މާނައީ: “އަދި މިއީ ބޮޑުވެގެންވާ ޙައްޖުގެ ދުވަހު، ﷲ އާއި، އެކަލާނގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.“ ޙައްޖުގެ ބޮޑުދުވަހަކީ ނަޙްރުގެ (ﷲ އަށްޓަކައި ޤުރުބާނީތައް ކަތިލުމުގެ) ދުވަހެވެ. އެއީ ޛުލްޙިއްޖާމަހުގެ 10 ވަނަ ދުވަހެވެ. އަޟްޙާ ޢީދު ދުވަހެވެ. އިބްނު ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެން…
ބަރަކާތްތެރި ފިޠުރުޢީދުގެ ތަހްނިޔާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ދަންނަވަމެވެ.
އިސްލާމްދީނުގެ އެންމެ މުހިންމު ދެ މަސްދަރަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ދެޢީދަކީ ޝުކުރުވެރިވުމާއި އުފާފާޅުކުރުމުގެ ގޮތުން ﷲ ތަޢާލާ މުސްލިމުންނަށް ލައްވާފައިވާ ދުވަސްތަކެކެވެ. އެގޮތުން ތަކުބީރު ކިޔުން މިދުވަސްތަކުގައިވެއެވެ. އަދި އެކަކު އަނެކަކަށް ތަހުނިޔާކިޔާ ހެޔޮދުޢާ ކުރުންވެސްވެއެވެ. އަދި ހަމައެހެންމެ ޢީދު ދުވަސް ފެށިގެން ދަނީ ކުދި ބޮޑު އެންމެން އެއްވެ ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުންނެވެ. އާންމުކޮށް ހުރިހާ ނަމާދުތަކެއްވެސް އަންހެނުންބޭކަނބަލުން ގޭގައި ކުރުމަށް އަމުރުވެވިފައިވީ ނަމަވެސް، ޢީދު ނަމާދުގެ ބަރަކާތާއި…
ޖާހިލިއްޔަޒަމާނުގެ އަހުލުވެރިން އުފާފާޅުކޮށްއުޅޭ 2 ދުވަހެއް އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްފަހު ޙަދީޘްކުރެއްވެވިއެވެ. ތިޔަބައިމީހުން އުފާފާޅުކޮށްއުޅުނު 2 ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮކަންބޮޑު ދެދުވަސް ﷲ ތަޢާލާ ލައްވަވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި އަޟްޙާގެދުވަހެވެ.