އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (8)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު: 5. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރައްވައި އަޅާލެއްވުން: ދިރިއުޅުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބިނާވެގެންވަނީ ފިރިމީހާއާއި އަނބިމީހާގެ އުފަލާއި ހިތްހަމަޖެހުމުގެ މައްޗަށެވެ. އެހެންކަމުން ފިރިމީހާ އަނބިމީހާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އަޅާލާފަދައިން އަނބިމީހާވެސް ފިރިމީހާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އަޅާލުމަކީ ދިރިއުޅުން އެކުގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން މުހިއްމުކަމަކެވެ. މިގޮތުން އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.…