[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފައާއި އުރެދުމުގެ ނުރައްކާތެރިކަން

މިއީ 21 ޖުމާދަލްއާޚިރާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.

ޚުޠުބާ ދެއްވީ: الشيخ عبد الله بن عبد الرحمن البعيجان – حفظه الله     –

ޚުޠުބާގެ ޚުލާޞާ:

ފުރަތަމަ ޚުޠުބާ

إن الحمدَ لله، نحمدُه ونستعينُه ونستغفِرُه، ونعوذُ بالله من شُرور أنفُسِنا وسيِّئات أعمالِنا، مَن يهدِه الله فلا مُضِلَّ له، ومَن يُضلِل فلا هادِيَ له، أشهدُ أن لا إله إلا الله وحدَه لا شريك له، وأشهدُ أن محمدًا عبدُه ورسولُه، أرسلَه الله رحمةً للعالمين، فشرَحَ به الصُّدور، وأنارَ به العُقول، وفتَحَ به أعيُنًا عُميًا، وآذانًا صُمًّا، وقُلوبًا غُلفًا، صلَّى الله عليه وعلى آله وصحبِهِ، وسلَّم تسليمًا كثيرًا إلى يوم الدين.

* އަޅުތަކުންނޭވެ! ކިޔަމަންތެރިކަން އަދާކުރުމަކީ ބޯލެނބުމާއެކު ތަބާވުމެވެ. ފާފައަކީ ދެކޮޅުވެރިވުމާއި ބިދުޢަ ހެދުމެވެ. އެންމެ ނުބައި ވެގެންވާ ކަންކަމަކީ ދީނުގެ ތެރެއަށް އަލަށްވައްދާ ކަންކަމާއި، ފާފަތަކާ އަދި މުންކަރާތްތަކެވެ. އަދި އޭގެން އެންމެ ނުބައިކަން ބޮޑީ ޝަހުވަތްތަކާއި ޝުބުހަތަކެވެ. ފަހެ، އަމުރުވެވިގެންވާ ކަންކަމުގައި ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ނަހީކުރައްވާފައިވާ ކަންކަމާ ދުރުހެލިވާށެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ﴾ [آل عمران: 102]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއިލާހަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!” 

* އަޅުތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލަ އިންސާނުން ޚަލްޤުކުރައްވައި އެބައިމީހުންނަށް ބުއްދިއާއި ދޫ ދެއްވިއެވެ. އަދި އެބައިމީހުންނަށް ދީނުގެ ކަންކަން އެންގެވިއެވެ. އަދި އެބައިމީހުންނަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. އަދި ފާޅުވެގެންވާ ހެކިތަކާއިގެން ރަސޫލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނާއެކު ފޮތާއި ޢަދުލު އިންސާފުގެ ތިލަފަތް ބާވައިލެއްވިއެވެ. ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން ލެއްވިއެވެ.

އިންސާނުން ޚަލްޤު ކުރެއްވީ، އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި، ވާޖިބުކުރެއްވި ކަންތައްތަކަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އަދި ﷲ ގެ ކޯފާ ލާޒިމްކުރާ ފާފަތަކުން ދުރުހެލިވުމަށެވެ.

﴿فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ [7] وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ [8]﴾ [الزلزلة: 7، 8]

މާނައީ: “ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [7] އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [8]”

* އަދި ދުނިޔެއަކީ ޢަމަލުކުރުމާއި އިމްތިޙާނުގެ ގޯތިކަމުގައި ލެއްވިއެވެ. އަދި އެތަނުގައި ފަނާވުން ލެއްވިއެވެ. އަދި އާޚިރަތަކީ ޙިސާބު ބެއްލެވުމާއި ޖަޒާ ދެއްވުމުގެ ގޯއްޗެވެ. އަދި އެތަނުގައި ދާއިމަށް ދެމިތިބުން ލެއްވިއެވެ.

﴿مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا﴾ [فصلت: 46]

މާނައީ: “ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި  ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ.”

* ތަޤުވާވެރިންނަށްޓަކައި އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ތައްޔާރުކުރައްވާފައިވެއެވެ. އެތަނުގައި އެބައިމީހުން ދެމިތިބެނިވި ގޮތުގައެވެ. އެތަނުގައިވަނީ ލޮލަކަށް ފެނުފައި ނުވާ، ކަންފަތަކަށް އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށް ތަސައްވުރު ކުރެވިފައި ނުވާ ކަންކަމެވެ. އަދި ކާފިރުންނަށްޓަކައި ޖަހަންނަމައިގެ އަލިފާން ތައްޔާރުކުރައްވާފައިވެއެވެ.

﴿لَا تُبْقِي وَلَا تَذَرُ [28] لَوَّاحَةٌ لِلْبَشَرِ [29]﴾ [المدثر: 28، 29]

މާނައީ: “އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. [28] ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ. [29]”

﴿لَا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا [24] إِلَّا حَمِيمًا وَغَسَّاقًا [25] جَزَاءً وِفَاقًا [26]﴾ [النبأ: 24- 26]

މާނައ: “އެތަނުގައި ފިނިކަމެއްގެ ރަހަވެސް އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ. [24] ކެކިކެކި ހުންނަ ހޫނުފެނާއި (ނަރަކައިގެ އަހުލުވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ. [25] (އެއުރެންގެ ޢަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ. [26]” 

* ހަމަކަށަވަރުން ޝަހުވަތްތަކާއި ޝުބުހަތަކުން އިންސާނާ އިމްތިޙާނު ކުރެވެއެވެ. ލައްޒަތާއި ރާހަތު ހޯދުމުގައި ޖޯޝުވެއެވެ. ނުބައި ކަންކަމާއި ފާފަކުރުމުގެ އަވައިގައި ޖެހިފައިވެއެވެ. އޭނާއާ ދެކޮޅުވެރިވާ ޢަދާވާތްތެރިން އޭނާގެ މައްޗަށް ގަދަވެގަނެއެވެ. ފަހެ، ޝައިޠާނާއަކީ އޭނާއާއެކުގައިވާ އޭނާގެ އެންމެ ބޮޑު ޢަދުއްވެކެވެ. އަދި ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެކެވެ. އަދި އެއީ ހަށިގަނޑު ތަރުބިއްޔަތުކުރާ އެއްޗެވެ. އަދި އޭނާގެ ގުނަވަންތަކަކީ އޭނާގެ މައްޗަށް ދެކޮޅުވެރިވެ ހެކިވާނެއެވެ.

* ޝައިޠާނާ ވަޢުދުވެފައިވެއެވެ. ފަހެ، އެކަލޭގެ ދެންނެވިއެވެ.

﴿فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ [82] إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ [83]﴾ [ص: 82، 83]

މާނައީ: “ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުން އެންމެން މަގުފުރައްދާހުށީމެވެ. [82] އެބައިމީހުންކުރެ، އިބައިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ. [83]”

* އަދި ﷲ ތަޢާލާވަނީ ނަފްސާ ބެހޭގޮތުން އަޅުގަނޑުމެންނަށް ޚަބަރު ދެއްވާފައެވެ.

﴿إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ﴾ [يوسف: 53]

މާނައީ: “ހަމަކަށަވަރުން ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ.”

އަދި ގުނަވަންތަކާ ބެހޭގޮތުންވެސް މެއެވެ.

﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْ بِمَا كَانُوا يَعْمَلُونَ﴾ [النور: 24]

މާނައީ: “އެބައިމީހުންގެ މައްޗަށް އެބައިމިހުންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެބައިމީހުން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ [21] وَمَا كُنْتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِنْ ظَنَنْتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِمَّا تَعْمَلُونَ [22]﴾ [فصلت: 21، 22]

މާނައީ: “އަދި އެބައިމީހުންގެ ހަންތަކަށް އެބައިމީހުން ބުނާނެއެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި ﷲ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެއިލާހީ ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާހުށީ އެއިލާހުގެ ޙަޟްރަތަށެވެ. [21] ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ ޢަމަލުތަކުން ގިނަކަންތައް ﷲ ދެނެވޮޑިގެންނުވާނޭ ކަމަށެވެ. [22]”

* ފަހެ، ޝައިޠާނާ، ތިޔަބައިމީހުން ނުބައި ކަންތައްތަކާއި ބޮޑެތި ފާފަތަކާ ދިމާއަށް ގެންދެއެވެ. އަދި ނަފްސު، ނުބައި ކަންތައްތަކާއި މުންކަރާތްތަކަށް އަމުރު ކުރެއެވެ. އަދި ގުނަވަންތައް އެކަމަށް ހެކި ޘާބިތުކޮށްދެއެވެ. އަދި އަދަބުވެރިމީހަކީ، އޭނާގެ ނަފްސު ހިފަހައްޓާ، ނުބައި ކަންތައްތަކަށް އަރައިގަތުމުން ނަފްސު ދުރުކުރާ މީހާއެވެ.

* ހަމަކަށަވަރުން ފާފަތަކަށް އަރައިގަތުމަކީ ގެއްލުންހުރި ކަމެކެވެ. އަދި އެއީ ފަސާދައެކެވެ. އޭގެ ސަބަބުން ﷲ ތަޢާލާގެ ކޯފާއާއި ޢަޛާބު އެމީހަކަށް ޙައްޤުވެއެވެ.

﴿وَكَأَيِّنْ مِنْ قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُكْرًا [8] فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا [9] أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا فَاتَّقُوا اللَّهَ يَاأُولِي الْأَلْبَابِ﴾ [الطلاق: 8- 10]

މާނައީ: “އެ ރަށްރަށުގެ އަހުލުވެރިން އެބައިމީހުންގެ ވެރިރައްބުގެ އަމުރުފުޅަށާއި، އެއިލާހުގެ ރަސޫލުންނަށް ނުކިޔަމަންތެރިވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ތިމަންއިލަހު އެބައިމީހުންނާ މެދުގައި ގަދަވެގެންވާ ޙިސާބަކުން ޙިސާބުބައްލަވައި، ބިރުވެރި ޢަޛާބަކުން، އެބައިމީހުންނަށް ޢަޛާބު ދެއްވީމެވެ. [8] ފަހެ، އެބައިމީހުން ކުޅަ ކަންތަކުގެ ނަތީޖާގެ ރަހަ އެބައިމީހުންނަށް ލިބުނެވެ. އަދި އެބައިމީހުންގެ އެކަންތަކުގެ ނިމުންވީ ގެއްލުމެއް ކަމުގައެވެ. [9] ﷲ، އެބައިމީހުންނަށްޓަކައި ގަދަވެގެންވާ ޢަޛާބެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އޭ ބުއްދީގެ އަހުލުވެރިންނޭވެ!” 

* ވިސްނާ ފިކުރުކުރާމީހުންނަށްޓަކައި ﷲ ތަޢާލާވަނީ މިސާލު ޖައްސަވާފައެވެ. އަދި އާޔަތްތައް ބަޔާންކޮށްދެއްވިއެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭ ހެއްޔެވެ؟ އަދި ހަމަކަށަވަރުން ފާފަތަކަކީ، ނިޢުމަތްތައް ފިލައިދިއުމާއި، މުޞީބާތްތައް ޖެހުމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ﴾ [النحل: 112]

މާނައީ: “އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްޤު އާދެތެވެ. ދެން ﷲ ގެ ނިއުމަތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެބައިމީހުންނަށް ﷲ ދެއްކެވިއެވެ.”

ﷲ ތަޢާލާއަށް އުރެދުމުން، އެއިލާހުގެ ޙަޟްރަތުގައި މަޚްލޫޤުންގެ އަގުވެއްޓިގެންދާ މިންވަރުގެ ބޮޑުކަމާއެވެ!

* ހަމަކަށަވަރުން ފާފައިގެ މަތީ ދެމިހުރުމާއި ފާފައިގެ ފަހަތުން ދިޔުމާއި ނުބައިކަންކަމުގެ ތެރެއަށް ޣަރަޤުވުމާއި އެކަމާ އުފާކުރުމާއި އެފަދަ ކަންކަންކުރަން ކެރުމާއި ﷲ ތަޢާލާގެ ރޭވުންތެރިކަމާމެދު އަމާންކަން ލިބިގެންވާކަމަށް ހީކޮށްގެން ހުރުމާއި ފާފައަކީ ކުޑަކަމެއްކަމުގައި ދެކުމަކީ ޣާފިލުކަން ގެނުވާކަމެކެވެ. އަދި އެއިލާހުގެ ކޯފާ ޙައްޤުވެގެންދާކަމެކެވެ. އަދި އަބާއްޖަވެރިވެ ހަލާކުވުމުގެ ސަބަބެކެވެ.

ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّهُنَّ يَجْتَمِعْنَ عَلَى الرَّجُلِ حَتَّى يُهْلِكْنَهُ» [رواه أحمد وحسنه الألباني]

މާނައީ: “މީސްތަކުން ކުދި ފާފަތައްކަމަށްދެކޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ މީހާކު ހަލާކުވެއްޖައުމަށް ދާންދެން އެފާފަތައް އޭނާގެ މައްޗަށް ޖަމާވެއެވެ.”

* އަދި ނުބައިކޮށް އުޅުނުމީހާއަށް، ޤިޔާމަތްދުވަހު އޭނާގެ ކުދި ފާފަތައް ގިނަވެފައިވާތަން ފެނުމުން އެކަމުގެ މުޞީބާތް ނުހަނު ބޮޑުވާނެއެވެ. އަދި އެހިނދުގައި ބިރުން ބުނާނެއެވެ.

﴿يَاوَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا﴾ [الكهف: 49]

މާނައީ: “އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެބައިމީހުންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެބައިމީހުން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރައްބު އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.”

ދެވަނަ ޚުޠުބާ

الحمدُ لله الذي يغفِرُ الذنوب، ويستُرُ العيُوب، ويُفرِّجُ الكُرُوب، يبسُطُ يدَه بالليلِ لمُسيءِ النهار ليتُوب، ويبسُطُ يدَه بالنَّهار ليتُوبَ ويؤُوب.

عباد الله:

* ﷲ ގެ އަޅުތަކުންނޭވެ. ﷲ އަށް ތަޤުވަވެރިވާށެވެ. އަދި ފާފަތަކަށް އަރައި ނުގަންނާށެވެ. އަދި ފާފަކުރުމަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އަދި ފާފަތައް މަދުކުރާށެވެ.

* ހަމަކަށަވަރުން ފާފަތަކުގެ މުޞީބާތް ބޮޑުވާ އެހެންކަމެއް ވެއެވެ. އެއީ އެކަންކަން ޢާންމުކޮށް ފެތުރި އަދި ހެޔޮކަންކަމަށް އަމުރުކުރުން ނެތި، މުންކަރާތްތައް މަނާކުރުން ހުއްޓުމެވެ.

﴿لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ [78] كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ [79]﴾ [المائدة: 78، 79]

މާނައީ: “އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެބައިމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެބައިމީހުން ވީކަމަށްޓަކައެވެ. [78] އެބައިމީހުންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެއެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! [79]”

* އަބޫބަކުރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابِهِ» [رواه أحمد وصححه الألباني]

މާނައީ: “ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނުމުން އެކަން މަނާނުކޮށްފި ކަމުގައިވާނަމަ، އެބައިމީހުންގެ މައްޗަށް އާއްމުވެގެންވާ ޢުޤޫބާތެއް ﷲ ގެ ޙަޟްރަތުން އައުން ކައިރިވެގެންވެއެވެ.”

* ﷲ ގެ އަޅުތަކުންނޭވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކުރުމަކީ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ ޞިފައެކެވެ. އެއީ މުޞީބާތްތަކަށްވާ އަމާން ކަމެކެވެ. އަދި ޢަދުއްވުންނާއި މޮޔައިންގެ ކިބައިންވާ ރައްކާތެރިކަމެކެވެ. ﷲ ތަޢާލާ އެކަމަށް އަމުރުކުރައްވާފައިވެއެވެ. އަދި އެކަމަށް ބާރުއަޅުއްވާ ވަޙީކުރެއްވިއެވެ.

﴿وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ﴾ [آل عمران: 104]

މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެބައިމީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ.”

* އޭ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ މީހުންނޭވެ. ހެޔޮކަންކަމުން، ހެޔޮކަންތައްތަކަށް އަމުރުކުރާށެވެ. އަދި ހެޔޮކަންކަމުން، މުންކަރާތްތައް ނަހީކުރާށެވެ. އަދި ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.

* އޭ ﷲ ގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ ތިޔަބައިމީހުންގެ ގެތަކާއި ތިޔަބައިމީހުންގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ މީހުންގެ މައްޗަށް މަސްއޫލުވާން ޖެހޭ ބައެކެވެ. ފަހެ، ތިޔަބައިމީހުންގެ އަނބިދަރިންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. ﷲ ޝަރުޢުކުރައްވާފައިވާ ކަންކަން އެބައިމީހުންނަށް އުނގަންނައިދޭށެވެ. އަދި ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުން އެބައިމީހުން ދުރުކުރާށެވެ. އަދި ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކުރާށެވެ. ފަހެ، ހަމަކަށަވަރުން މާދަމާ ﷲ ގެ ހަޟްރަތުގައި، އެބައިމީހުންނާމެދު ތިޔަބައިމީހުންނާ ޗުވާލު ވެވޭނެއެވެ. އަދި އެބައިމީހުން ތިޔަބައިމީހުންގެ މައްޗަށް ހެކިވާނެއެވެ. އަދި އެބައިމީހުން ހެކިވުން ލިޔުއްވި އެކަމާ ބެހޭގޮތުން އެދުވަހު ސުވާލު ވެވޭނެއެވެ.

﴿يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ [11] وَصَاحِبَتِهِ وَأَخِيهِ [12] وَفَصِيلَتِهِ الَّتِي تُؤْوِيهِ [13] وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ [14]﴾ [المعارج: 11- 14]

މާނައީ: “އެދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެއެވެ. [11] އަދި އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚުވެސްމެއެވެ. [12] އަދި އޭނާއަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ. [13] އަދި ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ. [14]”

ފަހެ، ތިޔަބައިމީހުންގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ މީހުން ހެޔޮގޮތުގައި ބަލަހައްޓާށެވެ.

﴿لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ [27] وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ [28]﴾ [الأنفال: 27، 28]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! [27] އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، އިމްތިޙާނެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، ﷲ ގެ ޙަޟްރަތުގައެވެ. [28]”    

އޭނާގެ ގޭގެ އަހުލުވެރިން އިޞްލާޙުކުރުމަށް ގަދައަޅާ މަސައްކަތްކޮށް، އަދި އެބައިމީހުންގެ މެދުގައި ﷲ ގެ ޝަރީޢަތާ އެއްގޮތަށް ޢަމަލުކޮށް، އެބައިމީހުން ނަފްސުތަކުއި އީމާންކަމުގެ މުޑުވައް އިންދައިފިމިހާ ދަންނައެވެ. އެބައިމީހުންގެ ޢަމަލުތަކުގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތި، ހަމައެފަދައިން އޭނާއަށްވެސް އަޖުރު ލިބޭނެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٌ جَارِيَةٌ، وَعِلْمٌ يُنْتَفَعُ بِهِ، وَوَلَدٌ صَالِحٌ يَدْعُو لَهُ» [رواه الترمذي وصححه الألباني]

މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތަކާއި، ފައިދާކުރަނިވި ޢިލްމާ އަދި އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެކެވެ.”

* ހުޅަނގުގެ އޮޔެވަރުތައް މިއަދު މިވަނީ ގެތަކަށް ހަމަލާދީފައެވެ. އަދި އެކި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އާލާތްތައް މިވަނީ އަޚްލާޤީ މިންގަނޑުތައް ފަސާދަކޮށްލާފައެވެ. އިއްޔެ މުންކަރާތެއްކަމުގައި ދެކެމުން އައިކަންކަން މިއަދު ދެކެނީ ހެޔޮކަންތައްތައްކަމުގައެވެ. އަދި އިއްޔެ ހެޔޮކަމެއްކަމުގައި ދެކެމުން އައި ކަންކަން ދެކެނީ ތާކުންތާކު ނުޖެހޭ، އިހުގެ ގޮތްތައްކަމުގައެވެ.

* އަބޫ މަސްޢޫދު އަލްއަންޞާރިއްޔު، ހުޛާއިފާ رضي الله عنه ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އަދި ދެންނެވިއެވެ. “އޭ އަބޫ ޢަބްދުﷲއެވެ. ތިމަންމެންނަށް ވަޞިއްޔަތްކޮށްދެއްވާށެވެ.” ފަހެ، ޙުޛައިފާގެފާނު ވިދާޅުވިއެވެ. “ތިބާގެ ގާތަށް ޔަޤީން ނާދޭހެއްޔެވެ؟!”  އެކަލޭގެފާނު ދެންނެވިއެވެ. “ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ޢިއްޒަތް ގަންދެއްވާ ވިދާޅުވަމެވެ. އާދޭހެވެ. “ޙުޛައިފާގެފާނު ވިދާޅުވިއެވެ. “ފަހެ ދަންނާށެވެ. ހުރިހާވެސް މަގުފުރެދުމަކީ އިއްޔެ މުންކަރެއްކަމުގައި ދެކުނު ކަންތައް (އިތުރު ދިރާސާކުރުމަކާ ނުލާ ނުވަތަ އިތުރު ދަލީލެއް ނުފެނި) މިއަދު ހެޔޮކަމެއްކަމުގައި ދެކުމެވެ. އަދި އިއްޔެ ހެޔޮކަމެއްކަމުގައި ދެކުނު ކަންތައް (އިތުރު ދިރާސާކުރުމަކާ ނުލާ ނުވަތަ އިތުރު ދަލީލެއް ނުފެނި) މިއަދު މުންކަރާތެއްކަމުގައި ދެކުމެވެ. އަދި އަބަދު ޙާލަތު ބަދަލުވުމުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައިވަނީ އެންމެ ދީނެކެވެ.”

اللهم أرِنا الحقَّ حقًّا وارزُقنا اتِّباعَه، اللهم أرِنا الحقَّ حقًّا وارزُقنا اتِّباعَه، وأرِنا الباطِلَ باطلًا وارزُقنا اجتِنابَه.

اللهم حبِّب إلينا الإيمانَ وزيِّنه في قُلوبِنا، وكرِّه إلينا الكُفرَ والفُسوقَ والعِصيَان، واجعَلنا مِن الرَّاشِدين.

اللهم أعِزَّ الإسلام والمُسلمين، اللهم أعِزَّ الإسلام والمُسلمين، وانصُر عبادَك المُوحِّدين، واجعَل اللهم هذا البلدَ آمنًا مُطمئنًّا وسائرَ بلاد المُسلمين.

اللهم كُن للمُستضعَفين في غُوطة الشام، اللهم كُن للمُستضعَفين في الغُوطة، اللهم احقِن دماءَهم، اللهم احقِن دماءَهم، واستُر عوراتهم، وآمِن روعاتهم، وآمِن روعاتهم، اللهم أبدِلهم مِن بعد خَوفِهم أمنًا، ومِن بعد ضَعفِهم نصرًا، اللهم إنهم مظلُومون فانتصِر لهم، اللهم انصُرهم على مَن بغَى عليهم يا قويُّ يا عزيزُ، يا قويُّ يا عزيزُ.

اللهم أصلِح أحوالَ المُسلمين في كل مكان، اللهم أصلِح أحوالَ المُسلمين في كل مكان يا ربَّ العالمين.

اللهم وفِّق وليَّ أمرِنا خادمَ الحرمَين الشريفَين بتوفيقِك، وأيِّده بتأيِيدك، اللهم وفِّقه ووليَّ عهدِه لما تُحبُّ وترضَى، اللهم وفِّقهما لما فيه خيرٌ للإسلام والمُسلمين، ولما فيه صلاحُ البلاد والعباد يا رب العالمين.

اللهم انصُر جُنودَنا المُرابِطين على الحُدود، اللهم احفَظهم بحفظِك، واكلأهم برِعايتِك يا رب العالمين.

عباد الله:

صلُّوا وسلِّمُوا على مَن أمَرَكم الله بالصلاةِ والسلامِ عليه فقال: ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56]. اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على مُحمدٍ وعلى آل مُحمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.

وارضَ اللهم عن الخُلفاء الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائرِ الصحابةِ أجمعين، وعنَّا معهم برحمتِك يا أرحم الراحمين.

***************

ޚުޠުބާގެ އަޞްލު