[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާޚިރަތް ދުވަހަށް އީމާންވުން

އާޚިރަތް ދުވަހަށް އީމާންވުމާމެދު ދަންނައެވެ. މަރުވުމަށްފަހު ވާނޭކަމަށް، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ އެންމެހާ ކަންކަމަށް އީމާންވުން އެކަމުގައި ހިމެނެއެވެ. އޭގެ ތެރޭގައި: ކަށްވަޅުގައި އިމްތިޙާނުކުރެއްވުމާއި، ކަށްވަޅުގެ ޢަޛާބާ އަދި ނިޢުމަތާއި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމާއި، ޞިރާޠު މަގާއި، މީޒާނާއި، ޙިސާބު ބެއްލެވުމާއި ޖަޒާ ދެއްވުމާއި، މީސްތަކުންގެ ފަތްތައް ބެއްސެވުމާ އަދި ކަނާއަތާއި ވައަތާ ނުވަތަ ފުރަގަހުން ފަތް ދެއްވުން ހިމެނެއެވެ. އަދި އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ދެއްވާނެކަމަށް ވާރިދުވެފައިވާ ޙައުޟާއި، ސުވަރުގެއާއި ނަރަކައާއި، މުއުމިނުންނަށް އެބައިމީހުންގެ ރައްބު ފެނުމާއި އެއިލާހު އެބައިމީހުންނާ ބަސްވަޙީކުރެއްވުމާ އަދި އެނޫންވެސް ކީރިތި ޤުރުއާނާ ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ސުންނަތުގައި އައިސްފައިވާ އެފަދަ އެންމެހާ ކަންކަމަށް އީމާންވާން ޖެހެއެވެ. ފަހެ، އެހުރިހާ ކަމަކަށް އީމާންވެ، ﷲ އާ އެއިލާހުގެ ރަސޫލާ، އެކަންކަން ބަޔާންކުރައްވާފައިވާ ގޮތަށް ތެދުކުރުން ވާޖިބުވެގެންވެއެވެ.

____________________________________

މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-

މިލިޔުމާ ގުޅުންހުރި ލިޔުންތައް