ނަރަކަ 50
ނަރަކަ ވަންތަވެރިންގެ ކާނާއާއި ބުއިމާއި އަދި އެމީހުންގެ ހެދުން ނަރަކައިގެ އަހުލުވެރިންގެ ކެއުމަކީ ކަށިހުރި ވިހަ މޭވާޔާއި އަދި ޒައްޤޫމެވެ. އަދި އެބައިމީހުންގެ ބުއިމަކީ ކެކިކެކިހުންނަ ހޫނުފެނާއި އަދި ނަރަކައިގެ އަހުލުވެރިން ގައިން އޮހެރޭ ފާދިޔައެވެ. ﷲ ތާޢާލާ ވަޙީ ކުރެއްވިއެވެ. (لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ) [سورة الغاشية] މާނައީ: “ކަށިހުރި ވިހަ މޭވާޔަކުން މެނުވީ އެއުރެންނަކަށް ކާނާއެއް ނުވެއެވެ. އެ ކެއުމަކުން…