ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 8 ( ފަހުބައި)
( تَبَارَكْتَ رَبَّنَا وَتَعَالَيتَ ) އެބަހީ: އިބަ އިލާހުއީ އެންމެހާ ހެޔޮކަމުން ފުރިގެންވާ އެކަމުގައި ދާއިމުވެ ވޮޑިގެންވާ، މަތިވެރިވެ ވޮޑިގެންވާ އަޅަމެންގެ ރައްބެވެ. ﷲ ތަޢާލާއީ ބަރަކާތް އެފަރާތަކަށް މިލްކުވެންވާ ބަރަކާތުގެ ވެރިފަރާތެވެ. މިއީ ﷲ ތަޢާލާއަށް ދެންނެވޭ ޘަނާއެކެވެ. އެއީ ދެކަމަކުންނެވެ: ފުރަތަމައީ: (التبارك) އެވެ. މިތާގައި (ت) އަކީ ގިނަކަމަށް ދަލާލަތުކުރުވާ (ت) އެކެވެ. ( تَبَارَكْتَ ) އެބަހީ: އިބަ އިލާހުގެ ހަޟްރަތުން އަންނަ ހެޔޮކަން ގިނަވެ ތަނަވަސްވެ އިބަ އިލާހުގެ…