ކޮންމެ ބަލިމީހަކަށްވެސް މަންފާ ކުރުވަނިވި ފަރުވާއެއް! 1-
އާޚިރަތުގެ ފޮނިމީރުކަން :
އާޚިރަތުގެ ފޮނިމީރުކަން :
ޝައްކެއްވެސް ނެތްގޮތުގައި މީސްތަކުންނަށް މާފުކުރުމަކުން މީހާއަށް އުނިވާނެ، އަދި ދެރަވާނެ އެއްވެސް ކަމެއްނާއްނާނެއެވެ. އަދި ކިއެއްތަ އޭގެ ބަދަލުގައި އެކަމުން ހެޔޮވެގެންވާ ދަރުމަ ލިބިދެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޞަޙާބީ ބޭކަލުންނަށް މިކަން އެނގިވަޑައިގަތުމުން އެދަރުމަޔާއި ޘަވާބު ހޯއްދެވުމުގައި ކުރިއަރާ ވަޑައިގަތެވެ. އަދި އެބޭކަލުން ވެވަޑައިގަތީ މާފުކުރުމާއި ޞުލްހަވުމުގައި މުޅި އިސްލާމީ އުންމަތަށް، ނަމޫނާ ދެއްކެވި ބޭކަލުން ތަކަކަށެވެ. ތިބާއާމެދު އަނިޔާވެރިވެ ހުތުރު ވާހަކަ ދައްކާ މީހުންނަށް ދީލަތި މަޢާފުކުރުމަކުން، މަޢާފު ކުރަމާ ހިންގަވާށެވެ. އެއީ…
އަންނަނިވި ޙަދީޘް ބަސްފުޅު ބައްލަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ((مَنْ رَدَّ عَنْ عِرْضِ أَخِيهِ الْمُسْلِمِ كَانَ حَقًّا عَلَى اللهِ عَزَّ وَجَلَّ أَنْ يَرُدَّ عَنْهُ نَارَ جَهَنَّمَ يَوْمَ الْقِيَامَةِ)) [رواه أحمد] މާނައީ: ” އޭނާގެ މުސްލިމު އަޚާގެ އަބުރު ދިފާޢުކޮށްދީފިނަމަ، ޤިޔާމަތްދުވަހުން އެމީހަކު ޖަހަންނަމައިގެ އަލިފާނުން ދުރުކޮށް (ރައްކާތެރިކޮށް) ދެއްވުމަކީ ﷲ عز وجل އަށް ޙައްޤުވެވޮޑިގެންވާ ކަމެކެވެ.” (ޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު)…
* ބައެއްމީހުން އެމީހުނަށް ނަސޭހަތްދީ އެމީހެއްގެ ކައިރީގައި ﷲ އަށް ބިރުވެތިވާށޭ ، މީސްތަކުންގެ ވާހަކަ ދައްކައި، އެމީސްމީހުންގެ އަބުރަށް ނާރާށޭ ބުނެފިކަމުގައި ވަނީނަމަ، އެމީހެއްގެ ޣީބަބުނެ ހަދައެވެ. އަދި ޖަވާބުގައި ބުނެއެވެ. “މިވާހަކަތައް އޭނާގެ ކުރިމަތީގައި ބުނަންވެސް ތިމަންނަ ޖެހިލުމެއް ނުވަމެވެ. ނޫނީ “އޭނާގެ ވާހަކަ މިގޮތަށް ދެއްކިކަމުގައި ވީނަމަވެސް މިކަމާ އޭނާ ރުޅިއެއް ނާންނާނެއެވެ.” ނަމަވެސް އެއަޚާ ރުޅިނާންނާނެ ކަން ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ނޫނީ ތިބާގެ ކައިރީގައި އެވާހަކަދެއްކި ނަމަވެސް އޭނާ…
ޖިސްމާނީ ގޮތުން: އެގޮތުން ބަލާއިރު ލޯފަން، ކުރު، ކަޅު، އެފަދަ ނުރުހޭ ސިފަތަކުގެ ވާހަކަ ދެއްކުން ހިމެނެއެވެ. ނަމަވެސް މިސިފަތަކުން ނޫން ގޮތަކަށް އެއީ ކާކުކަން ބަޔާންވެގެން ނުވާނަމަ، ނޫނީ މީސްތަކުންނަށް އެގޮތުންނޫނީ އެއީ ކާކުކަން ނޭނގޭނަމަ އެފަދަ ސިފަތަކުން ބަޔާން ކުރުން އެއީ ޣީބަ ބުނުން ކަމުގައި ނުވާނެއެވެ. ނަސަބުގެ ގޮތުން: މީހާގެ ނަސަބަށް ރައްދުވާ ގޮތަށް ތަފާތު ފާޑުގެ، ނުރުހޭ ނަންތައް ބޭނުން ކުރުމާއި ނަސަބަށް ހުތުރު ވާފަދަ ބަސްތަށް ބޭނުން ކުރުން ހިމެނެއެވެ.…
މީސްތަކުންގެ ތެރެއިން ގިނަބަޔަކުވަނީ ރިބާކެއުމުގެ ނުބައިކަން ބަޔާންވުމުން އެކަމުން ދުރުވެފައެވެ. ނަމަވެސް އެއަށްވުރެން ނުބައިވެގެންވާ ކަމެއްގެ މަތިން ހަނދާން ނައްތާލާ ފަރުވާކުޑަކޮށްފައެވެ. އެއީ ޣީބަބުނުމެވެ. وعن سعيد بن زيد – رضي الله عنه – عن النبي صلى الله عليه وسلم قال : (( مِنْ أَرْبَى الرِّبَا الِاسْتِطَالَةُ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ )) . [رواه أبو داود ، والبيهقي في شعب الإيمان…
وعن عمرو بن شعيب عن أبيه عن جده، أنهم ذكروا عند رسول الله رجلاً، فقالوا: لَا يَأْكُلُ حَتَّى يُطْعَمَ، وَلا يَرْحَلُ حَتَّى يُرْحَلَ لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: اغْتَبْتُمُوهُ، فَقَالُوا: إِنَّمَا حَدَّثْنَا بِمَا فِيهِ، قَالَ: حَسْبُكَ إِذَا ذَكَرْتَ أَخَاكَ بِمَا فِيهِ)) [صحيح الترغيب والترهيب] މާނައީ : ޢަމްރު ބުން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅާއި، ކާފާފުޅުގެ އަރިހުން…
* ޣީބަ ބުނުމުގެ ހުރި ނުރައްކާ! ޝައްކެއްނެތް ގޮތުގައި ޣީބައަކީ ބިރުވެރިކަން ބޮޑު، އެކަމުގައި ދެމިހުރި މީހަކަށް، ދެދުނިޔޭގައި ވެސް ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ނަމަވެސް ގިނަމީހުންވަނީ މިކަމަށް ޣާފިލުވެފައެވެ. އަދި އެމީހުން ދައްކާ ވާހަކައިގެ ފޮނި މޭވާ އަކީ މީސްތަކުންނަށް ޣީބަ ބުނުން ކަމުގައި ހަދައެވެ. އެހެންކަމުން މުޖުތަމަޢުތަކުން އެފަދަ މަންޒަރުތަށް މެދު ކެނޑުމެއްނެތި ރެޔާއި ދުވާލު ހުޅުވާފަ ހުއްނަ ޓީވީ އާއި ރޭޑިއޯ ތަކުން ވެސް އިވި އިވި ހުރެއެވެ. މިކަން މީހާ…
* ޣީބަބުނުމުގެ ބައެއް ސަބަބުތަކާއި ބެހޭގޮތުން ابن تيمية رحمه الله، ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން : މީހުން އެއްވެހަދާ މަޖްލިސްތަކުގައި މީސްތަކުން ޣީބަ ބުނެއުޅެއެވެ. ނަމަވެސް އެބައިމީހުން ޣީބަ ބުނަނީ އެކަން ރައްދުވާ ފަރާތް އެކަމުން ބަރީއަވެގެންވާ ކަން ދަންނަ ހާލުގައެވެ. ނަމަވެސް އެކަން ނުކޮށްފި ކަމުގައި ވަނީނަމަ، އެ މަޖިލިހުން އޭނާ ބޭރުކޮށް އެމީހުންގެ މެދުގައި އޮތް މަޤާމު ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އެބައިމީހުން އެކަން ކުރެއެވެ. އަދި ހެޔޮއެދިގެން އުޅޭ ކަމަށްހެދި، ޣީބަ…
ޣީބައަކީ ހަމައެކަނި ބުނެލާ ބަހަކުން ކުރެވޭ ކަމެއްނޫނެވެ. ނަމަވެސް އިޝާރާތުންނާއި، ހަނާއެޅުމާއި، މީހެއްގެ ހުރި އުނިކަމަކަށް ފާޑު ކިޔުމާއި، ލިޔުމުންނާއި، ކުރެވޭ ހަރަކާތުންވެސް ޣީބައިގެ މަގްސަދެއް އެކަމުގައި ވާނަމަ އެކަންކަން ޣީބައިގެތެރެއަށް ވަދެގެން ދެއެވެ. (( دخلت علينا امرأة فلما ولَّت أومأت بيدي أنها قصيرة، فقال رسول الله : “اغتبتيها”)) . އާއިޝާ رضي الله عنها ކިބައިން ރިވާވެގެން ވެއެވެ. ތިމަންކަމަނާގެ އަރިއަހަށް އަންހެން ބޭކަނބަލަކު ވަޑައިގަތެވެ. ދެންފަހެ އެކަނބުލޭގެ…
ޣީބަ ބުނުމުގައި ތިމާގެ އަގުހުރި ވަގުތުތައް ނަގާލާ މީހަކީ، އީމާން ކަމުގެ މީޒާނުގައި ބުރަދަނެއް ނެތް، ބަލިކަށި، މޮޔަޔަކަށް ނުނީ ނުވާނެއެވެ. އަދީ އޭނާ އެކުރަނީ ގެއްލުމާއި، ހަލާކު ހުރި ވިޔަފާރި އެކެވެ.
މިކަމުގެ ނުބައި ކަމާއި, މިކަމުގެ ސުންޕާކަން އެނގިހުރެ ޢީބަބުނާ ބަޔަކީ، ބަލިކަށި، ފިނޑި،ބައެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި އީމާންކަން ބަލިކަށި ވެފައިވާ ބައެއްގެ މެދުގައި މެނުވީ މިކަން ފެތުރިގެން ނުދާނެއެވެ. އެކަމަކީ މީސްތަކުންގެ އަބުރު ވެއްޔާ މޮޑެލާ ކަމެކެވެ. އަދި އެކަަމަކީ ތިބާގެ އަޚާގެ ޙައްޤު ނިގުޅައިގަނެ އެއަޚާއަށް ދެވޭ ބޮޑު، އަނިޔާއަކަށް ނޫނީ ނުވާނެއެވެ. އަދި އެކަމަކީ ﷲ ތަޢާލާ ޙުރުމަތް ތެރި ކުރެއްވި ނަފްސެއްގެ އަބުރަށް ދެވޭ ގެއްލުމެކެވެ. މިކަމުގެ ހުރި ނުބައިކަމުގެ…
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، أما بعد : ޣީބަބުނުމަށް ދޭތެރެޖެއްސުން ނުވަތަ ކުޓުވުން ފަދަ ކިތަންމެ ތަފާތު ނަންތަކެއް ކީ ކަމުގައި ވީނަމަވެސް އެކަމުން ޙާޞިލުވާ ކަމަކީ މީހަކު ނުރުހޭ ކަމެއްގެ ވާހަކަ އޭނާ ނެއްތަނެއްގައި ދެއްކުން ކަމުގައި ވާނަމަ އެކަން ވެގެން ދާނީ ޣީބަ ބުނުމަށެވެ. އަދި އެއީ ހުތުރުކަން ބޮޑުވެގެންވާ، އެޢާދަޔަކަށް މާތްވެގެންވާ އިސްލާމްދީނުގައި އިންކާރުކުރެވި ނުރުހުން ރައްދު ކުރެވޭ ޢާދައެކެވެ. ޣީބަބުނުމަކީ ކޮބައިކަމާއި،…