އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 11
ޢުމްރާ ޝަރުޢުކުރެވިގެންވުން ޙަދީޘް ޖިބްރީލުގައި އައިސްފައިވެއެވެ. އިބްނު ޢުމަރު ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. ”އިސްލާމްކަމަކީ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ޙައްޖުވުމާއި އަދި ޢުމްރާވުމާއި ޖުނުބުވެރިކަމުން ހިނައިގަތުމާއި، އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ. ވުޟޫފުރިހަމަކުރުމާއި، އަދި ރަމަޟާންމަހު ރޯދަހިފުމެވެ.” އެއްދުވަހަކު އަބީ ރަޒީނުލް ޢުޤައިލީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން…