ޖަރްޙާއި ތަޢްދީލު (12)
الـمَبْحَثُ الثَّانِيّ: اختلاف حال الراوي ދެވަނަ މަބްޙަޘް: ރާވީގެ ހާލަތާ މެދު ޚިލާފުއުފެދުން ރާވީއަށް ޙުކުމްކުރުމުގައި ފަހަރުގައި ތަފްސީލަކަށް ބޭނުންޖެހިދާނެއެވެ. އެއީ، ޒަމާނާ ނުވަތަ ތަނާ ނުވަތަ ޝައިޚުންނާ ނުވަތަ އެހެން ވެސް ކަމަކާ ގުޅުވައިގެން އޭނާގެ ހާލަތު ތަފާތުވެފައި އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން، އޭނާގެ ހުރިހާ ހާލަތްތަކެއް ދިރާސާކުރުމަށްފަހު ނަޤުދުކުރައްވާ ޢިލްމުވެރިޔާ ތަފްސީލު ހިމެނޭ ޙުކުމެއް އެ ރާވީއަށް ކަނޑައަޅުއްވާނެއެވެ. އެއިން ވަކި ހާލަތެއްގައި އެ ރާވީގެ އިތުބާރު ވަރުގަދަނަމަ އެ ކަމާއި، އަދި…