
ޝަރުޢީ ޙިޖާބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް
އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއްޝިޢާރަކީ އެދީނަށް ހެޔޮގޮތުގައި ތަބާވާމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އެބައިމީހުންނަކީ އިސްލާމްދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެއުޅޭ ބައެއްނޫނެވެ. އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބުނާކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ.