
ނަބިއްޔާ ﷺ ގެ ޢީދު މީލާދުގެ ތާރީޚާއި އެދުވަސް ފާހަގަކުރުމުގެ ޙުކުމް
ފާޠިމީން ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަކުރަން ފެށީ މިޞްރުގެ ޤާހިރާގައި، ހިޖުރައިން 4 ވަނަ ޤަރުނުގައެވެ. އެގޮތުން އެބައިމީހުން 6 މައުލިދެއް ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. އެއީ ނަބިއްޔާ ﷺ ގެ މައުލިދާއި، ޢަލީގެފާނުގެ މައުލިދާއި ފާޠިމަތުގެފާނުގެ މައުލިދާއި، ޙަސަނުގެފާނުގެ މައުލިދާއި، ޙުސައިންގެފާނު މައުލިދު އަދި އެއިރަކު ހުންނަ ޚަލީފާއެއްގެ މައުލިދެވެ.