
ނަމަވެސް އެމީހުން ތިބީ ޣާފިލުކަމެއްގެތެރޭގައި މޫނުއަނބުރާލައިގެންނެވެ.
ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމާއިމެދު އަޅުގަނޑުމެންގެ ތެެރެއިން އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް އަންނަމުންދާ ބަދަލެވެ. “ދުނިޔެ” ހޯދުމުގައި މަޝްޣޫލުވުމުގެ ސަބަބުން މީސްތަކުންނަށް އެބައިމީހުންގެ އުފެދުން ވެސް ހަނދާންނެތިފައިވާކަހަލައެވެ.