ފޮތް: އިސްލާމްދީނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙުކުމް
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހުއްދަ ކަމެއް ނޫންކަމާއި، އިސްލާމްދީނުގެ އުޞޫލުތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއްކަން، ދަލީލުތަކުގެ އަލީގައި މިފޮތުގައި ބަޔާންކޮށްފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހުއްދަ ކަމެއް ނޫންކަމާއި، އިސްލާމްދީނުގެ އުޞޫލުތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއްކަން، ދަލީލުތަކުގެ އަލީގައި މިފޮތުގައި ބަޔާންކޮށްފައިވެއެވެ.
އަންހެނުން ޚިތާނުކުރުން އެކި ފަރާތްތަކުން މާނަ ކުރާގޮތް ތަފާތުވުމަކީ މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް މިކަން އޮޅެއް ދިމާވާ ސަބަބެކެވެ. އެހެންކަމުން މިދިރާސާގައި އަންހެނުން ޚިތާނުކުރުމާއި “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” ނުވަތަ FGM ގެ ތަފާތަށް އަލިއަޅުވާލާފައިވާނެއެވެ.
މިފޮތަކީ އައްޝައިޚް ބަކްރު ބުން ޢަބްދުﷲ އަބޫ ޒައިދު ލިޔުއްވާފައިވާ “دعاء القنوت” މިފޮތުގެ ދިވެހި ތަރުޖަމާއެކެވެ.
އިސްލާމްކަމުގެ އެންމެ މަތިވެރި ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައަށް ހެކިވުމަށްފަހު އިންސާނާގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ވާޖިބަކީ ނަމާދެވެ.
މިފޮތަކި ޢީދާގުޅޭ އަދަބުތަކާއި ޙުކުމްތަކާ އަދި ޢީދުގެ ބައެއް ފައިދާތައް ކުރުގޮތަކަށް ގެނެސްދިނުމަށް އައްޝައިކް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ލިޔުއްވަފައިވާ “55 فائدة في آداب العيد وأحكامه” ގެ ތަރުޖަމާއެކެވެ.
الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ: މި ފޮތަކީ؛ ނަމާދުގައި ކުށުސަޖިދަޖެހުމާގުޅޭ ފައިދާތަކުގެ ތެރޭގައި ހިމެނޭ 35 ފައިދާގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޖަމާކުރައްވާފައިވާ “35 فَائِدَةً فِيْ سُجُوْدِ السَهْوِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ. އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى…
މި ފޮތަކީ؛ ރޭގަނޑުގެ ރޭއަޅުކަމާއި، ޚާއްޞަގޮތެއްގައި ރަމަޟާންމަހުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގއި ހިމެނޭ ތަރާވީޙުނަމާދާގުޅޭ ފައިދާތަކުގެ ތެރޭގައި ހިމެނޭ 48 ފައިދާގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޖަމާކުރައްވާފައިވާ “48 فَائِدَةً فِيْ قِيَامِ اللَّيلِ وَصَلَاةِ التَرَاوِيحِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه ومن تبعهم إحسان إلى يوم الدين. أما بعد: މިކުޑަކުޑަ މަސައްކަތަކީ 23 ރަޖަބު 1441 ވީ ބުދަ ދުވަހު ޖާމިޢަތުލް ޤަޞީމުގެ އުސްތާޛެއްކަމަށްވާ އައްޝައިޚް ޚާލިދު ޢަލީ އަލްމުޝައިޤިޙް حفظ الله ދެއްވާފައިވާ ދަރުހެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ الأحكام الفقهية المتعلقة بوباء كورونا އަޞްލަކަށް ބަލައިގެން ޚުލާޞާގޮތެއްގައި ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ. އަދި މިމައްލަތަކަށް…
الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ: އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމާއި، ރިވެތިކަން ހާމަކޮށްދޭ އެންމެ މުހިއްމު އެއްކަމަކީ އެ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ ރިވެތި އަޚްލާޤުގެ އުޞޫލުތަކެވެ. މިފަދަ އަޚްލާޤީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ އެއް އަދަބަކީ ތަންތަނަށް ވަންނައިރު އިޒުނައަށް އެދުމުގެ އަދަބެވެ. މިފަދަ ރިވެތި އަދަބުތައް އިސްލާމީ ޝަރީޢަތުގައި އައިސްފައިވަނީ މުޖުތަމަޢުގައި…
މިއީ؛ މުޞީބާތުގެ ވަގުތުގައި ތިބިތަނެއްގައި ތިބެގެން ނުވަތަ ގޭގައި ތިބެގެން ނަމާދުކުރުމަށްޓަކައި ބަންގީގައި ގޮވާލާ “الصَّلاَةُ فِي الرِّحَالِ”، “الصَّلاَةُ فِي بُيُوتِكُمْ” ފަދަ ޢިބާރާތްތައް ބަންގީގައި ގޮވުމާބެހޭގޮތުން ކުވައިތުގެ ޖާމިޢަތު ކުވައިތުގެ ކުއްލިއްޔަތުއް ޝަރީޢާގެ އުސްތާޒެއްކަމުގައިވާ ޑޮކްޓަރ މުޠްލަޤު ޖާސިރު މުޠްލަޤު އަލްޖާސިރު ލިޔުއްވާފައިވާ “تَلْخِيْصُ الـمَقَالِ فِي مَسَائِلِ قَوْلِ الـمُؤَذِّنِينَ: “الصَّلاَةُ فِي الرِّحَالِ”” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ނަމާދަކީ އިސްލާމްވުމަށް ފަހު އެންމެ ފުރަތަމަ އަދަކުރަންޖެހޭ އަޅުކަމެވެ. އިސްލާމްދީނުގެ އަސާސެވެ. ފަހެ، އެނަމާދު އަދާކުރުން ޙައްޤުވެގެންވާ ގޮތުގައި އަދާކޮށްފިމީހާ ދަންނައެވެ. ހުރިހާ ނުބައި ކަމަކުން އޭނާ ސަލާމަތްވާނެއެވެ. އަދި ރިވެތި އަޚްލާޤުން އޭނާ ޒީނަތްތެރިވާނެއެވެ. އަދި ހުރިހާ ހެޔޮ މަގެއް އޭނާއަށް ފަހިވާނެއެވެ. އަދި ދުނިޔެއާއި އާޚިރަތް އޭނާއަށް ބާއްޖަވެރިވާނެއެވެ. ފަހެ، މިފޮތަކީ ނަމާދާ ބެހޭގޮތުން އެކުލަވާލެވިފައިވާ ފޮތެކެވެ. ފަރުޟު…
މިފޮތަކީ ނަމާދާބެހޭގޮތުން އައްޝައިޚު މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ “كتاب الصلاة” ޚުލާޞާއެކެވެ. ޝެއިޚު މިފޮތް އެކުލަވާލަންޖެހުނީ “كتاب الصلاة” ދިގުކަމާހުރެ، ބައެއް ބޭފުޅުންނަށް އެފޮތް ވިދާޅުވާން ދަތިކަމަކަށްވާތީއެވެ.
މިފޮތުގައިވަނީ ޙައްޖާއި ޢުމްރާއާ ގުޅުންހުރި ބައެއް މުހިންމު ދުއާތަކެވެ. އަދި މީގެ އިތުރަށްވެސް މިދެއަޅުކަން އަދާކުރައްވާ ފަރާތްތަކަށް ބޭނުން ހުރި މަޢުލޫމާތުތަކެއް މިފޮތުގައިވެއެވެ.
މިއީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތް ބަޔާންކުރެވިފައިވާ ކުރު ލުއި ފޮތެކެވެ.
އަންހެނުން ނިވާވުމުގެ ޙުކުމަކީ، ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުންނާއި ދަންނަބޭކަލުންގެ އިޖުމާޢުން ޘާބިތުވާ ކަމެކެވެ.