
سورة الفلق ގެ ތަފްސީރު (3)
ޙަސަދަވެރިވާމީހާގެ ޙަސަދައިން ޙަސަދަވެރިވެވޭމީހާއަށް ގެއްލުންވާކަން ޤުރުއާނާއި ސުންނަތުން ދަލީލުކުރެއެވެ. ފަހެ، ޙަސަދަވެރިވާމީހާގެ އަތުންނާއި ދުލުން ގެއްލުން ނުފޯރުވިނަމަވެސް، ނަފްސާއި ލޮލުގެ ނުބައިކަމުގެ އަސަރު ޙަސަދަވެރިވެވޭ މީހާގެ ނަފްސަށް ކުރެއެވެ.























