
އަލްއިމާމު އައްޝާފިޢީ (محمد بن إدريس الشافعي) – 7
ޝާފިޢީގެފާނުގެ ލިޔުއްވާފައިވާ ފޮތްތައް ވަރަށް ގިނައެވެ. ޝާފިޢީގެފާނު ސަތޭކަ ސާޅީހަށްވުރެ ގިނަފޮތް އުޞޫލާއި ފުރޫޢުގައި ލިޔުއްވާފައިވާކަމަށް ބައިހަޤީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އަލްމަނާޤިބުގައި ވިދާޅުވެފައިވެއެވެ.