ނަޖިސް ޠާހިރު ކުރާނޭ ގޮތް
ފަހެ މުސްލިމުމީހާގެ މައްޗަށް ވަނީ، އޭނާގެ ހަށިގަނޑާއި، އޭނާ ނަމާދުކުރާ ތަނާއި، އޭނާ ނަމާދު ކުރާ ފޭރާން ނަޖިހުން ޠާހިރުކޮށް ބެހެއްޓުމަށް ސަލާމުކަން ދިނުމެވެ. އެހެނީ އެއީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.
ފަހެ މުސްލިމުމީހާގެ މައްޗަށް ވަނީ، އޭނާގެ ހަށިގަނޑާއި، އޭނާ ނަމާދުކުރާ ތަނާއި، އޭނާ ނަމާދު ކުރާ ފޭރާން ނަޖިހުން ޠާހިރުކޮށް ބެހެއްޓުމަށް ސަލާމުކަން ދިނުމެވެ. އެހެނީ އެއީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.
ދެވަނައީ: އެތަކެތީގެ ނަޖިސްކަމުގެ މައްޗަށް ދަލީލު ޤާއިމުވެފައިވާ ނަޖިސް ތަކެތި
ނަޖިސް އަދި ނަޖިހުން ޠާހިރުވާނެ ގޮތް
ތަޔައްމުމުކުރާ ގޮތް ތަޔައްމުމު ކުރާ ގޮތަކީ: ފުރަތަމަ ނިޔަތް ގަނެ، ބިސްމިﷲ ކިޔައި، ދެއަތް ތިލައިގެ ބަނޑުފުށުން ބިންގަނޑުގައި އެއްފަހަރު ޖެހުމެވެ. އޭގެފަހުގައި މޫނުގައި އެއްފަހަރު ފުހެލުމެވެ. އަދި އޭގެފަހުގައި ކަނާތު ކުޑަހުޅުން ފެށިގެން އިނގިލިތަކާ ހަމައަށް އަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެފަހުގައި ހަމަ މިބީދައިން ވާތު ކުޑަހުޅުން ފެށިގެން ވާތުގެ އިނގިލިތަކާ ހަމައަށް ވައަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެ ދަލީލަކީ ޢައްމާރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ.…
އެއީތަޔައްމުމު ފާސިދުވާ ކަންކަމެވެ. ތަޔައްމުމު ބާޠިލުކުރާ ކަންތައްތައް ތިނެކެވެ. އެއީ 1- ތަޔައްމުމު(ވުޟޫ) ގެއްލޭކަމެއް މެދުވެރިވުން: ކުޑަ ޙަދަޘްވެރިވުމުން، ވުޟޫ ގެއްލޭތީ ތަޔައްމުމުވެސް ބާޠިލުވާނެއެވެ. އަދި ބޮޑު ޙަދަޘްވެރިވުމުން، އެބަހީ ޖުނުބާއި، ޙައިޟާއި ނިފާސްވެރިވުމަކީވެސް ތަޔައްމުމު ބާޠިލުކުރާކަމެކެވެ. އެއީ ހިނައިގަންނަންޖެހޭތީއެވެ. ކުޑަ ޙަދަޘްވެރިވެ ހުރެ ތަޔައްމުމު ކޮށްފިނަމަ ކުޑަ ޙަދަޘްއިން އެރިގަނެވުނީއެވެ. އޭގެ ފަހުގައި ކުޑަކަމުގޮސްފިނަމަ ނުވަތަ ބޮޑުކަމު ގޮސްފިނަމަ ތަޔައްމުމު ބާޠިލުވީއެވެ. އެހެނީ ތަޔައްމުމަކީ ވުޟޫގެ ބަދަލުގައި ކުރާ ކަމެކެވެ. ބަދަލުގައި ކުރާ ކަމަކަށްވަނީ އޭގެ…
ފެނުގެ އިސްތިޢުމާލުކުރުމަށް ނުކުޅެދުންތެރި ވެއްޖެނަމަ ތަޔައްމުމުކުރުން ހުއްދަވެގެންވެއެވެ. ފެން ނެތުމުގެ ސަބަބުންނެވެ. ނޫނީ ބައްޔެއްގެ ސަބަބުން ނުވަތަ ފިނިގަދަވުމުގެ ސަބަބުން، ހަށިގަނޑުގައި ފެންޖައްސައިފިނަމަ ގެއްލުމެއް ލިބިދާނެކަމަށް ބިރުގަންނަނަމައެވެ. އެއީ ޢިމްރާން ބިން ޙުޞައިނުގެ ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. (( عَلَيْكَ بِالصَّيْدِ الطَّيِّبِ فَإِنَّهُ يَكْفِيْكَ)) [رواه البخاري برقم 244 ومسلم برقم 672]މާނައީ: “ތިބާއަށް ވަނީ ޠާހިރު ވެއްޔެވެ. ފަހެ ހަމަކަށަވަރުން އެ ތިބާއަށް ފުދެއެވެ.” ތަޔައްމުމުކުރުން ތިރީގައިމިވާ…
ތަޔައްމުމުކުރުން ތަޔައްމުމުގެ ލުޣަވީ މާނަ: އެއީ ޤަޞްދުކުރުމެވެ. ޝަރުޢުގައި ތަޔައްމުމުއަކީ ޚާއްޞަވެގެންވާ ގޮތެއްގައި، ﷲ އަށް އަޅުކަން އަދާކުރުމުގެ ގޮތުން، މޫނުގަޔާއި ދެ އަތްތިލައިގައި ޠާޙިރު ވެލީން ފުހުމެވެ. ތަޔައްމުމުގެ ޙުކުމާއި އެކަމަކީ ޝަރުޢުވެގެންވާކަމެއް ކަމުގެ ދަލީލު ތަޔައްމުމުކުރުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެއީ އަޅުތަކުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ލުއިފަސޭހަކަމެކެވެ. އެއީ މި ޝަރީޢަތުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މި އުންމަތުގެ ޚަޞާއިޞުތަކުގެ ތެރެއިންވާ ކަމެކެވެ. (މި އުންމަތަށް ޚާއްޞަކަމެކެވެ) ﷲ ސުބްޙާނަހޫ ވަތަޢާލާ…
ސުންނަތްހިނެއިންތައް ވާޖިބު ހިނެއިންތައް ބަޔާންވެހިނގައްޖެއެވެ. ސުންނަތްވެގެންވާ ނުވަތަ މުސްތަޙައްބު ވެގެންވާ ހިނެއިންތަކަކީ: 1- ޖިމާޢުވާ ކޮންމެ ވަޤުތެއްގައި ހިނައިގަތުން: އެއީ އަބޫ ރާފިޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ރާފިޢު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كَانَ ذَاتَ لَيْلَةٍ يَغْتَسِلُ عِنْدَ هَذِه وَعِنْدَ هَذِهِ قَالَ: فَقُلْتُ يَا رَسُولَ اللهِ أَلَا تَجْعَلُهُ وَاحِدًا؟ قَالَ ((هَذَا أَزْكَى وَأَطْيَبُ)) [رواه أبو داود برقم 216 وابن ماجة برقم…
ފަހެ،ޖުނުބުވެރިކަމުން ހިނައިގަތުމުގައި ދެގޮތެއް ވެއެވެ. އެއީ މުސްތަޙައްބުވެގެންވާ ގޮތާއި، ފުދިގެންވާގޮތެވެ. (كيفية الإجزاء) މުސްތަޙައްބުވެގެންވާ ގޮތަކީ: ދެއަތްތިލަ ދޮވެލުމާއި، އޭގެފަހުގައި ޢައުރަގުނަވަން ދޮވުމާއި، ޢައުރަގުނަވަނުގައި ޖެހިފައި ހުރި ހަޑިކަމެއް ހުރިހަމަ ފިލުވައިލުމާއި، އޭގެފަހުގައި ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރުމާއި، އޭގެފަހުގައި ބޮލަށް ފެންއެޅުމާއި އެފެން އެޅުމުގައި އަތުން ބޮލުގެ އިސްތަށިތައް ވިނަވައިލުމާއި، އެބަހީ ބޮލުގެ ހަންގަނޑުގައި ރަނގަޅަށް ފެންޖެހެންދެން އަތުގެ އިނގިލިތަކުން އިސްތަށީގެ ބުޑުގައި ޙަރަކާތްކުރުމެވެ. އޭގެފަހުގައި ތިން އަތްގޮށީގެ ފެން ބޮލަށް އޮއްސާލުމެވެ. އޭގެފަހުގައި ހަށިގަނޑުގެ އެހެންތަންތަނަށް…
ހިނައިގަތުމުގެ ބާބު ފުރަތަމައީ: ހިނައިގަތުމުގެ މާނައާއި، އޭގެ ޙުކުމާއި އޭގެ ދަލީލެވެ. އެއީ ޢަރަބި ބަހުގައި الغُسْلُ އެވެ. މި މަޞްދަރު ނެގިފައިވަނީ غَسَلَ- يَغْسِلُ އިންނެވެ. ހިނައިގަތުމުގެ މާނަ: ލުޣަވީގޮތުން ހިނައިގަތުމުގެ މާނާއަކީ މުޅިހަށިގަނޑު އެއްކޮށް ދޮވުމެވެ. ޝަރުޢީގޮތުން އޭގެ މާނަ: އަކީ މުޅި ހަށިގަނޑުގައި ފެން އޮހޮރުވައިލުމެވެ. ނުވަތަ ޠާޙިރު ފެން މުޅި ހަށިގަނޑުގައި، ޚާއްޞަ ވެގެންވާ ޞިފައެއްގައި، ﷲ އަށް އަޅުކަން އަދާކުރުމުގެ ގޮތުން، އިސްތިޢުމާލުކުރުމެވެ. ދެވަނައީ: ހިނައިގަތުމުގެ ޙުކުމް ހިނައިގަތުން ވާޖިބުވާފަދަ…
ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތު ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭނީ ޚުއްފުލެއްވުމަށްފަހު ޙަދަޘްވެރިވާ (ވުޟޫގެއްލޭ) ވަޤުތުން ފެށިގެންނެވެ. މިސާލަކަށް މީހަކު ފަތިސްނަމާދަށް ވުޟޫކޮށް، ޚުއްފު ލެއްވުމަށްފަހު، އިރު އެރިފަހުން ވުޟޫގެއްލުނީއެވެ. ދެން އެއަށްފަހު ވުޟޫކުރީ މެންދުރު ނަމާދަށެވެ. ޚުއްފުގައި ފެންފުހުމުގެ މުއްދަތު ފެށޭވަޤުތަކީ ވުޟޫގެއްލުނު ވަޤުތެވެ. އެއީ އިރުއެރިފަހުންނެވެ. ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި ޚުއްފުގައި ފެންފުހުމުގެ މުއްދަތު ގުނަންފަށާނީ ޚުއްފުގައި އެންމެފުރަތަމަ ފެންފުހޭ ވަގުތުން ފެށިގެންނެވެ. އެއީ މިބުނި މިސާލުގައިނަމަ މެންދުރުނަމާދަށް ވުޟޫކުރިވަޤުތެވެ. ޖަބީރާ(ބެންޑޭޖު)، ފަގުޑި އަދި ބުރުގާ…
ޚުއްފުގައި ފެންފުހުމުގެ މުއްދަތު އެއީ ރަށުގައި ޤާއިވެގެން ހުންނަމީހާއަށް އަދި ނަމާދު ކުރުކުރުން ހުއްދަވެގެންނުވާ މިންވަރަށް ދަތުރުފަތުރު ކުރާ މީހާއަށް ދުވާލަކާއި ރެއެކެވެ. އަދި ނަމާދު ކުރުކުރުން ހުއްދަވެގެންވާ މިންވަރަށް ދަތުރުކުރާ މީހާއަށް ތިންދުވަހާއި ތިންރެއެވެ. އެއީ ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((جَعَلَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ثَلَاثَةَ أَيَّامٍ وَلَيَالِيهِنَّ لِلْمُسَافِرِ وَ يَوْمًا وَ لَيْلَةً لِلْمُقِيمِ)) [رواه…
ތިންވަނަކަންތައް: ޚުއްފުގައި ފެންފުހުމުގެ ކައިފިއްޔަތު ފެންފުހުން މަޝްރޫޢުވެގެންވާ ތަނަކީ ޚުއްފުގެ މައްޗެވެ. ވާޖިބުވެގެންވާ މިންވަރަކީ “ފުހެމޭ” ބުނެވޭ މިންވަރަށް ފުހުމެވެ. ޚުއްފުމަތީގައި ފެންފުހޭނެގޮތަކީ ޚުއްފުގެ މަތީގެ ބޮޑުބައިގައި ފުހުމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރައްވާ އިރު ޚުއްފުމަތީގައި ފެންފުހޭ ގޮތުގެ ޞިފަ ބަޔާންވެގެންވާ، މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘުގެ ސަބަބުންނެވެ. މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. رَأَيتُ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ يَمْسَحُ عَلَى…
އެ ޝަރުޠުތަކަކީ 1- ޠަހާރަތުގެ މަތީގައި ޚުއްފުލުން: އެއީ މުޣީރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘުގެ ސަބަބުންނެވެ. މުޣީރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كُنتُ مَعَ النَّبِيِّ صَلَّى اللهُ عَلَيهِ وَسَلَّمَ فِي سَفَرٍ فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ فَقَالَ :((دَعْهُمَا فَإِنِّي أَدْخَلْتُهُمَا طَاهِرَتَينِ فَمَسَحَ عَلَيْهمَا)) [متفق عليه: أخرجه البخاري برقم (206) و مسلم برقم (274)] އަހުރެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔާއެކު ދަތުރެއްގެ މަތީގައި ވީމެވެ. ފަހެ،…
الخُفُّ އަކީ ހަމުން ނުވަތަ އެފާޑުގެ އެއްޗަކުން ހަދާފައި ހުންނަ، ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެކެވެ. އޭގެ ޖަމްޢުއަކީ خِفَافٌ އެވެ. ހަމުން ނޫން އެއްޗަކުން މިސާލަކަށް ވޫލުން ނުވަތަ ކޮޓަން ފަދަ އެއްޗަކުން ހަދާފައިވާ އެއްޗެއް ކަމުގައި ވިޔަސް އެއީ ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެއްނަމަ އެ ބެލެވެނީ ޚުއްފުކަމުގައެވެ. ޚުއްފުގެ މަތީގައި (ފެން) ފުހުމުގެ ޙުކުމާއި އެކަމުގެ ދަލީލު: އަހުލުއްސުންނަތި ވަލްޖަމާޢަތި އިއްތިފާޤުވެފައިވާ ގޮތުގައި ޚުއްފުގެ މަތީގައި (ފެން) ފުހުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެއީ…
ތިރީގައިމިވާ ކަންކަމަކީ ޥުޟޫކުރުން މުސްތަޙައްބުވެގެންވާ ކަންކަމެވެ. 1- ﷲ އަށް ޛިކުރުކުރާ ހިނދުގައްޔާއި ޤުރްއާން ކިޔަވާއިރު. 2- ކޮންމެ ނަމާދަކަށް. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން އެގޮތަށް ކުރެއްވުމުގައި ދެމިހުންނެވީތީއެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. قَالَ أَنَسٌ “كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ عِنْدَ كُلِّ صَلاَةٍ” [أخرجه البخاري برقم (214)] މާނައީ: އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ…