ސިޙުރަކީ ކޮބާ؟ ޢަރަބިބަހުގައި ‘ސިޙުރު’ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙުރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުކަމަށް ބާޠިލުނެރެ ދެއްކުމެވެ.[1] އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙުރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙުރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙުރުގައި ޙަޤީޤަތެއްވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާތަކެތިވެއެވެ. އަދި…