
ޢަޤީދާގެ ފިލާވަޅު 21 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)
އެންމެހާ ކަންތައްތައް ހިނގަމުންދަނީ އެއިލާހު ތަޤްދީރުކުރައްވާފައިވާގޮތަށެވެ. އެއިލާހުގެ މަޝީއަތްވަނީ ތަންފީޛުވެގެންނެވެ. އަޅުތަކުންނަށް ކަންތައްތައް ކުރުމުގެ ބާރުލިބިގެންވަނީ، ހަމައެކަނި އެއިލާހު އަޅުތަކުންނަށް އިރާދަކުރެއްވިކަމަކަށެވެ.