
މަލާމާތްކުރާމީހުންގެ މައްޗަށް ކެތްތެރިވުން
ހިދާޔަތަކީ ދީލަތިވަންތަ ﷲ ގެ ޙަޟްރަތުންވާ ދެއްވުމެކެވެ. އެއީ ކޮންމެ މީހަކަށް ލިބޭ އެއްޗެއްނޫނެވެ. މިދުނިޔެވީ ޙަޔާތުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތަކީ މިދީނުގައި ގަދައަށް ހިފަހައްޓައިފިމީހަކު އިމްތިޙާނުކުރެއްވުމެވެ.