ތަފްސީރުލް ބަޣަވީގެ މަންހަޖު – 4
ނިންމުން
ނިންމުން
ތަފްސީރުގެ މަންހަޖު
އިމާމް އަލްބަޣަވީގެ ތަޢާރަފު
އެކަލޭގެފާނުގެ ޝައިޚުން
އެކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތައް
ދީނުގެ ޢިލްމު ހޯއްދުވުމުގައި ޢިލްމުވެރިންނާއި ދަރިވަރުން ރައްކާތެރިވެވަޑައިގަތް މިންވަރުގެ ނަތީޖާއަކަށްވީ، ތާރީޚުގައި ދުވަހަކުވެސް ދީނުގެ ޢިލްމު ރައްކާތެރި ނުކުރެވޭ ފަދަ ގޮތަކަށް އިސްލާމީ ޢިލްމު ރައްކާތެރިކުރެވުމެވެ. އިސްނާދުގެ ޢިލްމުފަދަ ޢިލްމުތައް ފެށުމެވެ.
ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވެއެވެ. އެބޭކަލުންނަކީ ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމުގައި އަރާހުންނެވި ބޭބޭކަލުންނަށް ދަރިވަރުވެވަޑައިގެންނެވި ބޭކަލުންނެވެ. އެގޮތުން ތާބިޢީންގެ ތެރެއިން މަޝްހޫރު ތަފްސީރު ޢިލްމުވެރިންނަކީ:
1- މުޖާހިދު ބުނު ޖަބަރު ރަޙިމަހުﷲ
2- ސަޢީދު ބުނު ޖުބައިރު ރަޙިމަހުﷲ
3- ޢަޠާ ބުނު އަބީ ރަބާޙް ރަޙިމަހުﷲ
4- ޢިކްރިމާ ރަޙިމަހުﷲ
5- ޙަސަނުލް ބަޞަރީ ރަޙިމަހުﷲ
6- ޒައިދު ބުނު އަސްލަމް ރަޙިމަހުﷲ
7- ޤަތާދަތު ރަޙިމަހުﷲ
1– ހަތަރު ޚަލީފާއިން ރަޟިޔަﷲ ޢަންހުމް 2- ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު 3- ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ 4- އުބައްޔު ބުނު ކަޢުބު ރަޟިޔަﷲ ޢަންހު 5- ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހު 6- އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު 7- ޢަބްދުﷲ ބުނު އައްޒުބައިރު ރަޟިޔަﷲ ޢަންހު އަދި މި ބޭކަލުން ނޫނަސް ތަފްސީރު ޢިލްމުގެ ވާހަކަތައް އެބޭބޭކަލުންގެ ކިބައިން ނަޤުލުވެގެންވާ އެތައްއެތައް ބޭކަލުންނެއް ވެއެވެ. އެގޮތުން…
ތަފްސީރު ބެހެނީ ދެބަޔަކަށެވެ. އެއީ 1: އައްތަފްސީރު ބިލްމައުޘޫރި (ބިއް ރިވާޔާ) 2- އައްތަފްސީރު ބިއްރައުޔި (ބިއް ދިރާޔާ) ތަފްސީރު ބިލް މައުޘޫރި: އެއީ ކީރިތި ޤުރުއާނުގެ ތަފްސީރު ހަމަ ކީރިތި ޤުރުއާނުން ބަލައިގެންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ނަޤުލުވެފައިވާ ޙަދީޘްތަކަށް އިސްކަންދީގެން އަދި މާތް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށްގެން، ﷲ ތަޢާލާގެ އެ ބަސްފުޅުތަކުގެ މުރާދު ތާބިޢީ ބޭކަލުން ބަޔާންކުރެއްވި ކުރެއްވުމަށްވެސް ސަމާލުކަން ދީގެން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ.…
ތަފްސީރުގެ ލުޣަވީ މާނަ: އެއީ ބަޔާންކޮށް ދިނުން ނުވަތަ ހާމަކޮށްދިނުން ނުވަތަ ފާޅުކޮށްދިނުން ނުވަތަ ކަޝްފުކޮށްދިނުމެވެ.
ތަފްސީރުގެ އިޞްޠިލާޙީ މާނަ: ޒަރްކަޝީ ރަޙިމަހުﷲ ތަފްސީރު އިޞްޠިލާޙުގައި މާނަކުރައްވާ ގޮތުގައި އެއީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ﷲ ތަޢާލާގެ ފޮތް ފަހުމުކޮށް ދެނެގަތުމުގެ ޢިލްމެވެ. އަދި އޭގެ މާނަތައް ބަޔާންކުރުމާއި އޭގެން ޙިކުމަތާއި ޙުކުމް ނެރެދޭ ޢިލްމެވެ.”
އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވާގޮތުގައި ތަފްސީރަކީ ކީރިތި ޤުރުއާނުގެ މާނަ ބަޔާންކުރުމެވެ.
ބައެއް މަޝްހޫރު ތަފްސީރު ފޮތްތައް 1- ތަފްސީރުއްޠަބަރީ: މިފޮތުގެ ފުރިހަމަ ނަމަކީ ‘ޖާމިޢުލްބަޔާން ޢަން ތައުވީލި އާޔިލްޤުރުއާން’ އެވެ. ލިޔުއްވީ އަލް އިމާމުލް މުފައްސިރު މުޙައްމަދު ބިން ޖަރީރު އައްޠަބަރީ ރަޙިމަހުﷲއެވެ. އެކަލޭގެފާނަކީ އެންމެފުރަތަމަ ތަފްސީރު ޢިލްމުގައި ފޮތެއް ލިޔުއްވި ޢިލްމުވެރިޔާއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 310 ވަނަ އަހަރުގައެވެ. ޞަޙާބީންނާއި ތާބިޢީންނާއި އަތްބާޢުއްތާބިޢީންގެ ބޭކަލުންގެ ޤައުލުތައް މިފޮތުގައި ޖަމަޢަކުރައްވާފައިވެއެވެ. އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ހުރިހާ ތަފްސީރު ޢިލްމުވެރިންވެސް އެންމެ އިސްރިފަރެންސަކަށް ބެއްލެވި ފޮތަކީ މިއެވެ. 2- ތަފްސީރުލް ޤުރްޠުބީ:…
ތަފްސީރަކީ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ﷲތަޢާލާގެ ފޮތް ވިސްނައިދީ އޭގެ މާނަ ބަޔާންކޮށް، އެއިން ޙިކްމަތްތަކާއި ޙުކުމްތައް ނެރެދޭ ޢިލްމަށް ކިޔާނަމެކެވެ.