ޔޫނުސް ސޫރަތުގައިވާ މުހިންމު ނުކުތާތައް
މިއީ 29 ޝައްވާލު 1439 ވީ ހުކުރު ދުވަހު މަސްޖިދުޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
މިއީ 29 ޝައްވާލު 1439 ވީ ހުކުރު ދުވަހު މަސްޖިދުޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ކޮންމެ މުސްލިމަކުވެސް ނަމާދުކުރާއިރު ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ފާތިޙާ ސޫރަތް ކިޔަވައެވެ. އަދި ފާތިޙާ ސޫރަތް ކިޔަވާއިރު، އަޅާ އޭނާގެ ވެރިރައްބުގެ ޙަޟްރަތުން ހިދާޔަތަށް އެދެއެވެ. ދުވާލަކު މަދުވެގެން 17 ވަރަކަށް ފަހަރު ކޮންމެ މުސްލިމަކުވެސް ޢާންމު ގޮތެއްގައި ފާތިޙާ ސޫރަތް ކިޔަވާނެއެވެ. ފާތިޙާ ސޫރަތުގެ މާނާގައިވެއެވެ. އެންމެހައި ޚަލްޤުތަކުންނަށް ދުނިޔޭގައި ރަޙްމަތްލައްވާ އަދި އާޚިރަތްދުވަހުން މުއުމިނުންނަށް ޚާއްޞަގޮތެއްގައި ރަޙްމަތްލައްވާ اللهގެ…
﴿ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ﴾ މާނައީ: “ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ.” އެބަހީ: އެމަތިވެރިވެގެންވާ މަޤާމުގައި އެހިނދުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ. މިއާޔަތުގެ މުރާދާމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެއީ ކާފިރުންނާ ސުވާލުވެވުންތޯ ނުވަތަ މުއުމިނުންނާ ކާފިރުންނާވެސް ސުވާލުވެވުންތޯއެވެ. ރަނގަޅު ގޮތަކީ: ދެބައިމީހުންނާވެސް އެދުވަހުން ނިޢުމަތްތަކާމެދު ސުވާލުވެވޭނެކަމެވެ. ނަމަވެސް ކާފިރުންނާ ސުވާލުކުރެވޭނީ އެބައިމީހުން ބަދުނާމުވެ ދެރަވާ ގޮތަށެވެ. އަދި މުއުމިނުންނާ ކުރެވޭނީ އެބައިމީހުންނަށް އެނިޢުމަތްތައް ހަނދުމަކޮށްދެވޭ ގޮތަށެވެ. މިއާޔަތުގައި…
ދެން އެއަށްފަހު ވަޙީކުރެއްވިއެވެ. لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾ މާނައީ: ” ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. [6] ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. [7] “ ﴿لَتَرَوُنَّ﴾ މިއީ މުޅިން އާ ޖުމުލައެކެވެ. އަދި މިއީ އިސްވެ ބަޔާންކުރެވުނު ﴿ لَوْ ﴾ ގެ ޖަވާބެއް ނޫނެވެ. އެހެންކަމުން ޤުރުއާންކިޔަވާ މީހާއާށް ވާޖިބުވެގެންވަނީ ﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾ ކިޔުމަށްފަހު ވަޤުފުކުރުމެވެ. (އެބަހީ: ހުއްޓުމެވެ.) ނަމަވެސް…
އެއަށްފަހު އެއިލާހު ވަޙީކުރެއްވިއެވެ. كَلَّا سَوْفَ تَعْلَمُونَ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. [3] ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. [4] “ ﴿ كَلَّا ﴾ ގެ މާނައަކީ ބިރުގެންނެވުންކަމުގައިވެސް ބުނެވެއެވެ. އެބަހީ: ތިޔަބައިމީހުން އެފަދައިން ގިނަކުރުމަށް ބިރުވެތިވާށެވެ. އަދި އޭގެ މާނައަކީ: ޙައްޤުގޮތުގައިކަމުގައިވެސް ބުނެވެއެވެ. އަދި ﴿ سَوْفَ تَعْلَمُونَ ﴾ ގެ މާނައަކީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކުގެ ނިމުން…
﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾ މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!” ބަޔާންވެ ދިޔަ ތިން އާޔަތުގައި މާތް ﷲ ރަސޫލުﷲ ﷺ އަށް ދެއްވެވި ކަމަށް ޛިކުރުކުރައްވައިފައިވާ ނިޢުމަތްތަކެވެ. އެއީ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ . މިތިން އާޔަތުން ނިޢުމަތްތައް ފުރިހަމަކޮށްދެއްވިއެވެ. ﷲ ދެއްވެވި ނިޢުމަތްތަކާމެދު ވާހަކަ ދައްކަވާށެވެ. ބުނާށެވެ: ތިމަން ޔަތީމެއްގެ ހާލުގައިވީމެވެ. ފަހެ ﷲ…
وَوَجَدَكَ ضَالًّا فَهَدَىٰ އާ ގުޅިފައިވަނީ މިއާޔަތެވެ. ﴿وَأَمَّا السَّائِلَ فَلَا تَنْهَرْ﴾ މާނައީ: :” އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! “ ކަމަކަށް އެދި އަންނަ މީހުންގެ ތެރެއަށް އެންމެ ފުރަތަމައިނުންވެސް ވަންނާނެ މީހުންނީ، ޝަރީޢަތާއި ޢިލްމާމެދު ސުވާލުކުރާ މީހާއެވެ. އެމީހާއަށް އަޑުލައި ނުހައްދަވާށެވެ. އެހެނީ ހަމަކަށަވަރުން ކަލޭގެފާނުން ކުރެ މީހަކު ޝަރީޢަތާއި މެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުން ވަނީ ކަލޭގެފާނަށް ވާޖިބު ކުރެވިގެންނެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.…
﴿فَأَمَّا الْيَتِيمَ فَلَا تَقْهَرْ﴾ މާނައީ: “ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!” أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ، ގުޅިފައިވަނީ މިއާޔަތެވެ. އެބަހީ: ފަހެ ކަލޭގެފާނު ޔަތީމަކުކަމުގައިވަނިކޮށް ﷲ ތަޢާލާ ކަލޭގެފާނަށް ހިޔާވެހިކަންދެއްވާފައިވާތީ ފަހެ ކަލޭގެފާނު ޔަތީމުކުއްޖާ ނިކަމެތިކޮށް ނުލާހުށިކަމެވެ. އަދި ކިއެއް ހެއްޔެވެ. ޔަތީމުކުއްޖާއަށް ހެޔޮކޮށް ހިތާށެވެ. ޔަތީމުންނަށް އިޙްސާންތެރިވުމާއި ހެޔޮކޮށްހިތުމަކީ ޝަރީޢަތުގެ އަމުރުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ޝަރީޢަތުގެ ހެޔޮކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ބާލިޣުވުމުގެ ކުރިން އޭނާގެ ބައްޕަ މަރުވެފައިވާ…
﴿ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴾ މާނައީ: “އަދި ފަޤީރަކުކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.“ އެއްވެސް އެއްޗެއް މިލްކުގައި ނެތް ފަޤީރެއްކަމުގައި ކަލޭގެފާނު ވަނިކޮށް ތިމަން ﷲ ދެކެވޮޑިގެންނެވީމުއެވެ. ﴿فَأَغْنَىٰ ﴾ ދެން ތިމަން ﷲ ކަލޭގެފާނު މުއްސަންދިކޮށްދެއްވީމެވެ. އަދި ކަލޭގެފާނު އެއިން މުއްސަންދިވިއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَعَدَكُمُ اللَّـهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا﴾ [سورة الفتح 20] މާނައީ:”ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه ވަޢުދުކުރައްވާފައިވެެއެވެ.” މުސްލިމުން ކާފަރުންގެ…
﴿ وَوَجَدَكَ ضَالًّا فَهَدَىٰ﴾ އަދި ކަލޭގެފާނު މަގު ގެއްލިފައިވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. ﴿ وَوَجَدَكَ ضَالًّا﴾ އެބަހީ: ޢިލްމެއް ނުދަންނަ ޙާލުގައެވެ. އެހެނީ ވަޙީ ބާއްވައިލެއްވުމުގެ ކުރިން ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަކީ އެއްވެސް އެއްޗެއް އެނގިލައްވާ ބޭކަލެއް ނޫނެވެ. ﴿وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ﴾[سورة النساء: 113] މާނައީ: “އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. “ އަދިވެސް ވަޙީކުރެއްވިއެވެ. ﴿وَمَا…
ވަޙީކުރެއްވިއެވެ. ﴿ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴾ މާނައީ: “ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވެހިކަން (އަދި ރައްކާތެރިކަން) ދެއްވިއެވެ.“ މިތަނުގައި މިވާ ސުވާލުގެ މުރާދަކީ “تقرير” އެވެ، އެއީ އެކަން ބަޔާންކޮށްދެއްވުމެވެ. މާނައީ ކަލޭގެފާނު ޔަތީމެއްކަމުގައި ވަނިކޮށް ﷲ ދެނެވޮޑިގެންވިއެވެ. ދެން ﷲ ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. ބައްޕަ ނެތުމުން ޔަތީމަކުކަމުގައްޔާއި މަންމަ ނެތުމުން ޔަތީމަކުކަމުގައެވެ. އެހެނީ އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު ނިޔާވެއްޖެއެވެ. އަދި އެކަލޭގެފާނު…
﴿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴾ މާނައީ: “އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ”. ﴿وَلَسَوْفَ﴾ މިވާ ލާމަކީވެސް ޔަޤީންކަމާއި ކަށަވަރުކޮށްދިނުމުގެ ލާމެކެވެ. މިއަށް ޢަރަބިން ކިޔަނީ موطئة للقسم އެވެ. އަދި سَوْفَ ދަލީލުކޮށްދެނީ މުސްތަޤްބަލުގެ ކޮންމެވެސް ވަޤުތެއްގައި ނުވަތަ ޒަމާނެއްގައި ވާނެކަމެކެވެ. ﴿يُعْطِيكَ﴾ އެއީ: ކަލޭގެފާނު ރުހިވަޑައިގަންނަވާނެ އެއްޗެއް ކަލޭގެފާނަށް ދެއްވާނެކަމެވެ. އަދި އެއަށް ކަލޭގެފާނު ރުހޭނެތެވެ. އެފަދައިން ﷲ تعالى މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް އެކަލޭގެފާނު…
﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾ މާނައީ: ” އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. “ މިއާޔަތުގައި މިވާ ލާމުން (ލާމުން އިބްތިދާއު އިން)، ޖުމުލައިގައި ބަޔާންކުރާ ޚަބަރު އިތުރަށް ޔަޤީންކޮށް ކަށަވަރުކޮށްދެއެވެ. ﴿الْآخِرَةُ ﴾ އެއީ މީސްތަކުން އަލުން ދިރުއްވާ ދުވަހެވެ. އަދި އެންމެފަހުން ތިބޭނެ ތަން ނަރަކަ ނުވަތަ ސުވަރުގެއަށް އެއްކުރެއްވޭނެތެވެ. ﷲ ތަޢާލާ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ވަޙީކުރެއްވިއެވެ. ﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾ އެއީ:…
بسم الله الرحمن الرحيم وَالضُّحَىٰ ﴿١﴾ وَاللَّيْلِ إِذَا سَجَىٰ ﴿٢﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿٣﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴿٤﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴿٥﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ ﴿٩﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾ އިޖުމާލީ މާނަ: ޟުޙާ ވަގުތު (ދުވާލުގެ ކުރީކޮޅު) ގަންދެއްވަމެވެ. [1] އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. [2] ކަލޭގެފާނު ވެރިރައްބު، ކަލޭގެފާނު ދޫކޮށެއް…
﴿جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴾ މާނައީ: “އެއުރެންގެ ވެރިރައްބުގެ ޙަޟްރަތުގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހިގެންވެތެވެ. އެއީ އެމީހާގެ ވެރިރައްބަށް ބިރުވެތިވި މީހަކަށެވެ.” މިއާޔަތުގައި ﷲ ތަޢާލާ…
އެއިލާހު ވަޙީކުރެއްވިއެވެ. ﴿إِنَّ الَّذِينَ ءَامَنُواْ وَعَمِلُواْ الصَّلِحَتِ أُوْلَئِكَ هُمْ خَيْرُ الْبَرِيَّةِ﴾ މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ”. ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުން ނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެ ވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެ އަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ. އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ…