
ދޮގު ހެދުމަކީ ހަރާމްކަމެއް ކަމާއި އެކަމުން ދުރުވުން
ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ.