
މާސްކު އަޅައިގެން ނަމާދުކުރުން
މުޅި ދުނިޔެއަށްވެސް ބޮޑު ވަބާއެއް ފެތުރިފައިވާ މި ދުވަސްވަރުގައި، ބަލިމަޑުކަން ފެތުރުން ކުޑަ ކުރުމުގެ ގޮތުން މިސްކިތްތަކަށްވެސް ނޭފަތާއި އަނގަ ނިވާވާނޭފަދަ މާސްކެއް އަޅައިގެން ދިއުމަށް ބައެއް ސިއްޙީ އިދާރާތަކުން ލަފާ ދެއްވައެވެ. އެ ފަދަ ޙާޖަތަކަށްޓަކާ ނޭފަތާއި އަނގަ ނިވާކޮށްގެން ނަމާދުކުރުމަކީ މަކްރޫހަކަމެއް ނޫނެވެ.



























