
ޢީސާ عليه السلام ފައިބާވަޑައިގަތުން
ޢީސާ عليه السلام ގެ ޒަމާނުގައި އެކަލޭގެފާނު ޤަތުލުކޮށްލުމަށް ބަޔަކު މަސައްކަތްކުރަމުން ދަނިކޮށް ﷲ ތަޢާލާވަނީ އެކަލޭގެފާނު އުޑަށް އުފުއްލަވާފައެވެ. އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނީ ދައްޖާލު ފާޅުވެ، ބިން ފަސާދަވެ، ޤިޔާމަތް ގާތްވެފައިވަނިކޮށެވެ. މިއީ އަދި ހިނގާފައިވާ ކަމެއް ނޫނެވެ.