ޛުލްޙިއްޖާ މަހު ތަކުބީރު ކިޔުން
މިފަދަ މަތިވެރި ދުވަސްތަކެއްގައި ކުރެވޭނެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ﷲ ހަނދުމަކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުމާއި (އެބަހީ: لا إله إلا الله ކިޔުމާއި) ތަސްބީޙަ ކިޔުމާއި ޙަމްދުކުރުން ހިމެނެއެވެ.
މިފަދަ މަތިވެރި ދުވަސްތަކެއްގައި ކުރެވޭނެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ﷲ ހަނދުމަކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުމާއި (އެބަހީ: لا إله إلا الله ކިޔުމާއި) ތަސްބީޙަ ކިޔުމާއި ޙަމްދުކުރުން ހިމެނެއެވެ.
މިފޮތަކީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ލިޔުއްވާފައިވާ “44 فائدة في عشر ذي الحجة” (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ)ގެ ތަރުޖަމާއެކެވެ.
– ޙައްޖުމަހުގެ 1 – 8 އަށް ރޯދަ ހިފުމަށް އެދޭ މީހަކު އެދުވަސްތަކުގައި ރޯދަ ހިފުމަކީވެސް އެދެވިގެންވާ ކަމެކެވެ. އެފަދައިން ރޯދަ ހިފާ އިރު ބައެއް ދުވަސްތަކުގައި ހިފާފައި އަނެއްބައި ދުވަސްތަކުގައި ރޯދަ ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.
34- ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގައި ބަޔާންވެފައިވާ މީހުންގެ ތެރެއިން ވުމަށް މިދުވަސްތަކުގައި މަސައްކަތްކުރާށެވެ. وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ الذّاريات١٨﴾ މާނައި: “އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދަންނަވަތެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ الذّاريات 17-18﴾ މާނައީ : “އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީޙުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދަންނަވަތެވެ” އެއީ އިލާހީ ފައިބާވޮޑިގަތުމުގެ…
23- މި ދުވަސްތަކުގައި ކިޔާ ތަކުބީރާއެކު އަހަރެމެންގެ ހިތަށް ގެނެސްގަންނަނީ ﷲ ގެ ނަޞްރު ކައިރިވެފައިވާކަމުގެ އުފާވެރި ޚަބަރެވެ. ޚައިބަރު ފަތަޙަވެގެންދިޔައީ ތަކުބީރުންނެވެ. އަދި އެހެނިހެން ތަންތަންވެސް ތަކުބީރުން ފަތަޙަވެގެން ދެއެވެ. ﷲ ގެ އިޛުނަފުޅާއެކު ތަކުބީރުން ޢަދުއްވުން ބަލިވެގެން ދެއެވެ. 24- މިދުވަސްވަރުގައި ކިޔުމަށް ޝަރުޢުވެފައިވާ ތަކުބީރުގެ ދެވައްތަރެއް ވެއެވެ. އެއީ މުޠްލަޤުގޮތެއްގައި ކިޔުމަށްވާރިދުވެފައިވާ ތަކުބީރާއި މުޤައްޔަދުކުރެއްވިފައިވާ ތަކުބީރެވެ. މުޠުލަޤު ތަކުބީރަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކިޔުމަށް ވާރިދުވެފައިވާ ތަކުބީރެވެ. އެތަކުބީރު ނެމޭނީ އައްޔާމުއްތަޝަރީޤުގެ…
12- ޙައްޖުގެ އެންމެ ބޮޑު ދުވަސް، ނަޙްރުގެ ދުވަސް (ކަތިލުމުގެ ދުވަސް) އެ ދުވަސްތަކުގެ ތެރޭގައި ހިމެނިގެންވުން މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. އެއީ ﷲ ގެ ޙަޟްރަރުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَومُ الْقَرِّ)) [رواه أبو داود 1765وصححه الألباني في صحيح أبي داود] މާނައީ: “ހަމަކަށަވަރުން ﷲ ތަބާރަކަ ތަޢާލާގެ…
الحمد لله، والصلاة والسلام على رسول الله މިއީ ޛުލް ޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އަޅުކަންކުރުމާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ. 1- ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޤްލޫޤުތަކުންގެ ތެރެއިން ބައެއް މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެއްބައެއްގެ ދަރަޖަ އަނެއް ބައެއްގެ މައްޗަށް އުފުއްލެވިއެވެ. ބައެއް ދުވަސްތަކާއި މައްސަރުތައް އަނެއްބައި ދުވަސްތަކާއި މައްސަރުތަކުގެ މައްޗަށް މާތްކުރެއްވިއެވެ. ދުނިޔޭގެ…
ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ.
އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ. އަޅުކަމުގެ މޫސުމްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ.…
1- އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلىَ اللهِ مِنْهُ فِي هَذِهِ الأَياَّمِ الْعَشْرِ . قاَلُوا وَلاَ الجِْهَادُ فِي سَبِيْلِ اللهِ !! قاَلَ : وَلاَ الجِْهَادُ فِي سَبِيْلِ اللهِ ، إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ”…
الحمد لله، الصلاة و السلام على نبينا محمد و آله و صحبه ފެށުމުގެ ކުރިން ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި މިއަދު ބައްދަލުކޮށްފިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް…
އަހަރުމެންނާ ބަރަކާތުން ފުރިގެންވާ ޙައްޖުމަހުގެ ދުވަސްތަށް ކުރިމަތިލައިފައިވާއިރު ވަރަށް ގިނަ ބައެއްގެ ސުވާލަކަށް ވެފައިވަނީ މިދުވަސްތައް އަހަރުގެ ތެރޭގައި އަންނަ އެހެން ދުވަސްތަކަށްވުރެ
ޙާފިޡް އިބްނު ޙަޖަރް ރަޙިމަހުﷲ ފަތުޙުލްބާރިގައި ވިދާޅުވެފައިވެއެވެ. “އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް، ޙައްޖުމަހުގެ ފުރަތަމަ 10ދުވަސް މާތްކުރެވުނު ސަބަބެއް ކަމުގައި ބެލެވެނީ ހުރިހާ ބޮޑެތި އަޅުކަންތަކެއް އެދުވަސްތަކުގައި ޖަމަޢަވުމެވެ. އެއީ ނަމާދާއި، ރޯދައާއި، ޙައްޖާއި، ޞަދަޤާތެވެ. މި ހުރިހާ ކަމެއް އެހެން އެއްވެސް ދުވަސްވަރެއްގައި ޖަމަޢަނުވާނެއެވެ.”