ފިޤުހު – 1 (ފިޤުހުގެ މާނަ)
ފިޤުހުގެ މާނަ
ފިޤުހުގެ މާނަ
* ޢަރަފާތު ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.
(29) ހެނދުނާއި ހަވީރަށް ޚާއްޞަކުރުމެއްނެތި، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކިޔެވިދާނެ ޛިކުރުތަކުގެ ތެރޭގައި އަންނަނިވި ޛިކުރުތައް ހިމެނެއެވެ. ((سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ)) 3 ފަހަރު ކިޔުން. ((سُبْحَانَ اللَّهِ وَبِحَمْدِهِ رِضَا نَفْسِهِ)) 3 ފަހަރު ކިޔުން. ((سُبْحَانَ اللَّهِ وَبِحَمْدِهِ زِنَةَ عَرْشِهِ)) 3 ފަހަރު ކިޔުން. ((سُبْحَانَ اللَّهِ وَبِحَمْدِهِ مِدَادَ كَلِمَاتِهِ)) 3 ފަހަރު ކިޔުން.([1]) ((سُبْحَانَ اللَّهِ وَبِحَمْدِهِ)): ކޮންމެ އުނި ސިފައަކުންނާއި ޢައިބަކުން މި އަޅާ ﷲ…
(28) ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރެއިން ޞައްޙަ ޛިކުރުތައް ބަޔާންކޮށްލަމެވެ. ހެނދުނާއި ހަވީރު ކިޔުމަށް އައިސްފައިވާ އެ ޛިކުރުތައް އެކުއެކީގައެވެ. އަދި އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުގެ ގޮތުން، އެ ޛިކުރުތަކުގައިވާ މުހިއްމު ކަލިމަތަކާއި ޖުމްލަތަކުގެ މާނަވެސް ބަޔާންކޮށްލަމެވެ.([1]) ((أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لاَ إِلَهَ إلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. رَبِّ أَسْأَلُكَ خَيْرَ مَا…
(19) ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނަމާދުތަކުގެ ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި، ރޭގަނޑާއި ދުވާލުގެ އެކި ވަގުތުތަކާއި އެކި ޙާލަތްތަކަށާއި އެކި ސަބަބުތަކުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައްކުރުން މަތީގައި ދެމިހުންނަމީހަކު ވެގެންދާނީ ﷲ މަތިން ގިނަގިނައިން ޛިކުރުކުރާމީހުންގެ ތެރޭގައެވެ.([1]) މާތް ﷲގެ ވަޙީބަސްފުޅުގައިވެއެވެ. ﴿وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ﴾ (الأحزاب: 35) މާނައީ: “އަދި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނެވެ.” މި އާޔަތާބެހޭގޮތުން އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. “މި އާޔަތުގައިވާ ޛިކުރުކުރުމުގެ މުރާދަކީ:…
(7) ޚުޝޫޢަތްތެރިކަމާއެކު ޛިކުރުކުރާމީހަކީ: އެ ޛިކުރުކުރުމުގައި އެމީހެއްގެ ހިތާއި، ދުލާއި، ހަށިގަނޑު ބައިވެރިކުރާމީހެކެވެ. އޭނާގެ ދުލުން ޛިކުރުތައް ކިޔަމުންދާއިރު، އޭނާގެ ހިތް މަޑުމޮޅިވެ، އޭނާގެ ގުނަންތައް ޚުޝޫޢަތްތެރިވާނެއެވެ. (8) ޛިކުރުކުރުމާމެދު ޣާފިލުވުމުގެ ތެރޭގައި: ޛިކުރުތަކުގެ މާނަތަކާމެދުގައި ޣާފިލުވުން ހިމެނެއެވެ. ޚާއްޞަގޮތެއްގައި ދުވާލާއި ރޭގަނޑުގެ ޛިކުރުތަކެވެ. މި ޛިކުރުތަކުގައި އީމާންކަމުގެ ކަންކަމާއި، ޢަޤީދާގެ އަޞްލުތަކާއި، ޖަލާލުވަންތަ ﷲގެ މަތިވެރިވަންތަކަން ބަޔާންކުރުން ހިމެނިގެންވެއެވެ. އަދި މި ޛިކުރުތަކުގައި އީމާންކަމާއި، ޔަޤީންކަމާއި، އެމީހެއްގެ ހިތް ﷲ ތަޢާލާއާ ގުޅިފައިވާ ގުޅުން ހަރުދަނާކޮށްދޭނެއެވެ.…
މި ފޮތަކީ މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު حفظه الله ޝާއިޢުކުރައްވާފައިވާ “31 فائدة في أذكار الصباح والمساء” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ. بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ الحمد لله، والصلاة والسلام على رسول الله، أما بعد: ފަހެ، މިއީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ފައިދާތަކާގުޅޭ ޚުލާޞާ ފޮތެކެވެ. މިއީ މި މައުޟޫގައި އައްޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ޙަފިޡަހުﷲ “މަޖުމޫޢަތުއް ޒާދު” ގައި ދެއްވަވާފައިވާ ފިލާވަޅުތަކެއް ޖަމާކުރައްވައިގެން އެ…
އަދި އެތަނުގައި އެކަލޭގެފާނު ބިނާކުރެއްވި ފުރަތަމަ މިސްކިތް ބިނާ ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނު ފަހުން ބިނާކުރެއްވި ފުރަތަމަ މިސްކިތްވެސްމެއެވެ. އެއީ ޤުބާ މިސްކިތެވެ.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާގެ ތަރުޖަމާއެކެވެ.
އިސްލާމީ ޝަރީޢަތުގެ ފަސް މަޤްޞަދެއް ޢިލްމުވެރިން، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުގެ އަލީގައި ބަޔާންކުރައްވައެވެ. އެއީ: 1- ދީން ޙިމާޔަތްކުރުން 2- ނަފްސު ރައްކާތެރިކުރުން 3- ބުއްދި ރައްކާތެރިކުރުން 4- ނަސްލު ރައްކާތެރިކުރުން 5- މާލު (މުދާ) ރައްކާތެރިކުރުން ތަފްޞީލް 1- ދީން ޙިމާޔަތްކުރުން ދީން ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު މަޤްޞަދެވެ. އެހެނީ މީސްތަކުން ދުނިޔެއަށް ފޮނުއްވިގެންވާ މަޤްޞަދަކީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގެ…
ނަމާދަކީ އަޅާއާ ވެރިރައްބާ ދެމެދުގައިވާ ގުޅުމެވެ. އެ ގުޅުން ކަނޑާލައިފިނަމަ، އެމީހަކަށް އެއްވެސް ކާމިޔާބެއް، ފަލާހެއް ނެތެވެ. ނަމާދަކީ އޭގެ ޒާތުގައި ކާމިޔާބެވެ. ފަލާހެވެ. އެހެންކަމުން، ބަންގީގައި حي على الصلاة ، حي على الفلاح އެވެ ގޮވައިލެވެނީ އެހެންވެއެވެ. ނަމާދަކީ ކާމިޔާބެވެ. ނަމާދު ދޫކޮށްލާފައި ހޯދޭނެ އެހެން ކާމިޔާބެއް ނެތެވެ. ޙަޤީޤީ ކާމިޔާބީއަކީ ނަމާދެވެ.
ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ކޮޅުނެތް ކޮޅަށް ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކޮޅުނެތް ކޮޅަށް ރަޙްމަތް ތަނަވަސްވެގެންވާ މައްސަރެކެވެ. މިއީ ތައުބާގެ މައްސަރެވެ. މިއީ މަޣްފިރަތުގެ މައްސަރެވެ. މިއީ އިލާހީ ރަޙުމަތުގެ މައްސަރެވެ.
އަސާސް 8: ދައުލަތުގެ އިޤްތިޞާދު ހިންގާނެގޮތުގެ އިރުޝާދުތައް ޙާލަތު ނިޔާކުރާގޮތުން، ސަރުކާރަށް ބައެއް އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުވުމުގެ ބާރު ލިބިފައިއެވެ. އެއީ ޙަރާމް ވިޔަފާރިއެއް ނުވަތަ ބޭއިންސާފުވެރިގޮތްތަކެއް ވިޔަފާރިކުރުމުގައި ގެންގުޅުންފަދަ ޙާލަތްތަކެވެ. އަދި ބައެއް ޙާލަތްތަކުގައި އިޤްތިޞާދީ މަސައްކަތްތައްކުރުމަށް އަމުރުކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިގެންވެއެވެ. އެއީ އިޤްތިޞާދު އަޑިއަޅާލައިފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން ލާޒިމުކުރުންފަދަ ކަންކަމެވެ. ޒަކާތް، ޚަރާޖު، ޖިޒްޔަ ނެގުމުގެ ނިޒާމްތަކުގެ…
ރިބާ އަލްފަޟްލު ހިނގާ ބާވަތްތަކާއި އެބާވަތްތަކުން ކުރެވޭ މުޢާމަލާތްތައް ހުއްދަވާނެ ޙާލަތްތައް އަންގައިދޭ ޗާޓް ބޭނުން ކުރެވިފައިވާ ރަމްޒުތަކުގެ ތަފްޞީލު SP – spot exchange މުޢާމަލާތް ހުއްދަވުމަށްޓަކައި އަތުން އަތަށް ބަދަލުކުރުން ލާޒިމްވުން EM & SP – Equal Amount and Spot Exchange މުޢާމަލާތް ހުއްދަވުމަށް ޓަކައި އަތުން އަތަށް ބަދަލުކުރުން ލާޒިމްވުމާއެކު މިނެކިރުމުގައި އެކަތި އަނެކެއްޗަށް ބަދަލުކުރެވޭ މިންވަރު ހަމަހަމަވެގެންވުން ލާޒިމުވުން …
ރިބާއާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ނައްޞުތައް އިސްލާމްދީނުގައި ރިބާވަނީ ޙަރާމްކުރައްވާފައެވެ. ޤިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ : ﴿الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ…