ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބާ؟
ޟުޙާ ނަމާދުކުރުމަށް އެންމެ މޮޅުއިތުރުވެގެންވަނީ އިރުގެ ހޫނުކަން ގަދަވުމުންނެވެ.
ޟުޙާ ނަމާދުކުރުމަށް އެންމެ މޮޅުއިތުރުވެގެންވަނީ އިރުގެ ހޫނުކަން ގަދަވުމުންނެވެ.
ދުވާލުވިޔަސް ނުވަތަ ރޭގަނޑުވިޔަސް ސުންނަތް ނަމާދު ކުރާނީ ދެ ރަކްޢަތުން ދެ ރަކްޢަތުން ސަލާމް ދެމުންނެވެ.
“ތިބާ މަޑުކޮށްގެން ހުންނަ ތަނުގައި ހުއްޓާ ބަންގީގެ އަޑު އިވިއްޖެނަމަ ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ މިސްކިތަށް ޙާޟިރުވުމެވެ.
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި ﷲއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި ﷲއަށް ބިރުވެތިވެ ނިކަމެތިވުމެވެ. ނަމާދުގައި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ﷲއަށް ކުއްތަންވުމެވެ.
މުސްލިމުންނަށްޓަކައި ﷲ ތަޢާލާ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދެޢީދެވެ.
* ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ.
1- ޝުކުރުގެ ސަޖިދަ ޝުކުރުގެ ސަޖިދައަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ ދަތިކަމަކުން ސަލާމަތްވުމުގެ ސަބަބުން ނުވަތަ އުފާވެރި ޚަބަރެއް ލިބުމުން ކުރުން ސުންނަތް ވެގެންވާ ސަޖިދައެކެވެ. އޭގެ ދަލީލަކީ އަބޫ ބަކްރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މި ޙަދީޘެވެ. (أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ) {رواه الترمذي (1578) وابن ماجه (1394)أبو داود (٢٧٧٤) وصححه الشيخ الألباني رحمه الله…
ސުވާލު: އަންހެނުންގެ ނަމާދުގެ ތެރެއިން އެންމެ ޘަވާބު ބޮޑީ ގޭތެރޭގައި ކުރާ ނަމާދުކަމަށް ވީއިރު، ފިރިހެނުން ޖަމާޢަތުގައި ކުރާ ނަމާދާ އެއްވަރުގެ ޘަވާބެއް ހަމަ ގޭގައި ނަމާދުކުރާ އަންހެން މީހާ ނުވަތަ މިސްކިތުގައި ނަމާދުކުރާ އަންހެން މީހާއަށް ލިބޭނެ ހެއްޔެވެ؟ އަންހެނަކު ގޭގައި އެކަނި ނަމާދުކުރުމުން ހަތާވީސްގުނަ ޘަވާބު އޭނާއަށް ލިބޭނެ ހެއްޔެވެ؟ އަންހެނަކު، އަންހެނުންގެ ޖަމާޢަތެއްގައި ނަމާދުކުރާއިރު، ފިރިހެނުންނާ ޚިލާފަށް ސަފުގެ ކުރިޔަށް ނުނުކުމެ، އަންހެން އިމާމާ ހުންނަންޖެހޭނީ ސަފުގެ މެދުގައިކަމަށް ބުނާ ބަހުގެ ދަލީލަކީ…
ވަރަށް މަދު ދުޢާއެއް މެނުވީ އަޅުގަނޑަށް ހިތުދަސްވެފައި ނުވެއެވެ. ފަހެ، ގަނޑެއްގައި ބައެއް ދުޢާތައް ލިޔެގެން އެގަނޑު ބަލައިގެން ނަމާދުގައާއި ނަމާދުން ބޭރުގައި ދުޢާކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ މީހަކަށް ދުޢާތައް ދަސްވެފައި ނުވާނަމަ، އެ ދުޢާތައް ގަނޑެއްގައި ލިޔެގެން ދުޢާކުރަންޖެހޭ ވަޤުތުތަކުގައި އެދުޢާތައްކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ މިސާލަކަށް ރޭގަނޑުގެ (ތިން ބައިން) ފަހުބައިގައާއި ރޭގަނޑުގެ އެކި ވަޤުތުތަކާ އަދި އެނޫންވެސް ވަޤުތުތަކުގައެވެ. ދަތިކަމަކަށް ނުވާނަމަ، އެންމެ ފުރިހަމަ ގޮތަކީ އެދުޢާތައް ހިތުދަސްކޮށްގެން ޚުޝޫޢަތްތެރިކަމާއެކު ކިޔުމެވެ. ނަމާދުގައި…
ނަމާދުގައި ހުރެ މީހަކު ކިނބިއްސެއް އަޅައިފިނަމަ އޭނާ الحمد لله ކިޔުން ޝަރުޢުވެގެންވެއެވެ.
ސުވާލު: މީހަކަށް އިސްތިސްޤާ ނަމާދު އެކަނި ހުރެ ކުރެވިދާނެތޯ ނުވަތަ މުދައްރިސަކަށް ކިޔަވާ ކުދިންތަކަކާ އެކު އިސްތިސްޤާ ނަމާދުމަދަރުސާގައި ކުރެވިދާނެތޯއެވެ؟ —————————— ޖަވާބު: ފިޤްހު ޢިލުމުވެރިންގެ ބަސްފުޅުތަކަށް ބަލާލާއިރު އިސްތިސްޤާ ނަމާދު އެކަނި ކުރުންވެސް ހުއްދައެވެ. ނުވަތަ ޢާއިލާ މީހުންނާއިއެކު ނުވަތަ ދަރިވަރުން މުދައްރިސާއިއެކު ޖަމާޢަތުގައިވެސް ކުރުން ހުއްދައެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތަކީ އަދި ސުންނަތް ގޮތަކީ ވީހާވެސް ގިނަ މުސްލިމުން އެއްތަނަކަށް ޖަމާވެ، ޖަމާޢަތުގައި އިމާމާ އިސްވެ ހުރެ ނަމާދުކޮށް ދުޢާ ކުރުމެވެ. ސަބަބަކީ…
ސުވާލު: ޟުޙާ ނަމާދު ދާއިމީ ގޮތެއްގައި ކުރާނަމަ ކުރާނީ ކިތައް ރަކުޢަތް ހެއްޔެވެ؟ ރަސޫލުﷲ صلى الله عليه وسلم ކުރެއްވިފަދައިން އަށް ރަކުޢަތް ހެއްޔެވެ؟ އަދި އެ ނަމާދުގައި ކިޔަވަނީ ކޮން ސޫރަތްތަކެއް ހެއްޔެވެ؟ ފާތިޙާއަށް ފަހު ފަށާނީ وَالشَّمْسِ ނުވަތަ وَالضُّحَىٰ އިން ހެއްޔެވެ؟ ޖަވާބު: ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم އެނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު…
ސުވާލު: ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ. ޖަވާބު: الحمد لله “އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރުނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު…
ކުށު ސަޖިދަ ކުރާއިރު އަދި ކުށުސަޖިދައިގެ ދެސަޖިދަ ދެމެދު އިށީނގެ އިންނައިރު ކިޔާނީ އެހެންނަމާދުގައިވެސް ކިޔާ ދުޢާތަކެވެ.