ހުކުރު ދުވަހު ނަބިއްޔާގެ މައްޗަށް ޞަލަވާތްކިޔެވުމުގެ މާތްކަން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މިއުއްމަތަށް ހިދާޔަތު ދެއްކެވުމަށް ފޮނުއްވި އެންމެ މަތިވެރިވެގެންވާ އިންސާނާއެވެ. އެކަލޭގެފާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުން ފޮނުއްވި އެއިލާހުގެ އަޅާ އެންމެ ފަހު ނަބިއްޔާ އަދި ރަސޫލާއެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ނަބީކަލޭގެފާނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ) سورة الانبياء: 107 މާނައީ: “އަދި ހަމަކަށަވަރުން ތިމަން އިލާހު، ޢާލަމްތަކަށްވާ ރަޙުމަތެއްކަމުގައި މެނުވީ ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި…