އެންމެ ފުރިހަމަ މަޚްލޫޤް، މުޙައްމަދު صلى الله عليه وسلم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން
އެކަލޭގެފާނު އުފަންވީ ޢާމުލް ފީލްގެ އަހަރުގައި ކަމާއި، އެ ދުވަހަކީ ހޯމަ ދުވަހެއްކަމުގައި ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ.
އެކަލޭގެފާނު އުފަންވީ ޢާމުލް ފީލްގެ އަހަރުގައި ކަމާއި، އެ ދުވަހަކީ ހޯމަ ދުވަހެއްކަމުގައި ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ.
އެބޭކަލެއްދެކެ އަހަރެމެން ލޯބިވުން ލާޒިމުވެގެންވާ، ނަބިއްޔާ صلى الله عليه وسلم އަށް ދުޝްމަނުންގެ އުނދަގޫތަކާއި އަނިޔާތައް ކުރިމަތިވިއެވެ. އަނިޔާތަކާއި ދުއްތުރާތައް ހައްދުފަހަނައަޅައި ދިއުމުން، ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ.
މާތް ނަބިއްޔާ ﷺ ޙައްޖަތުލް ވަދާޢުގައި ޢަރަފާތް ބިމުގައި ހުންނަވައިގެން ވަރަށް މުހިންމު ޚުތުބާއެއް އުންމަތަށް ދެއްވިއެވެ. މިޚުތުބާގައި ނަބިއްޔާ ﷺ ވަނީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އަސާސްތަކެއް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.
ވަޙީ ބާވައިލައްވަން ފެއްޓެވުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުމުރުފުޅުން ސާޅިސް އަހަރަށް އެޅެން ގާތްވެގެންވެފައިވަނިކޮށް، ކައުނުގެ އެކިއެކި ކަންކަންމަށް ނަޒަރުހިންގަވައި، ވަށައިގެން ފެންނަންހުންނަ ތަކެއްޗާއިމެދު ވިސްނަވައި ފިކުރުކުރެއްވުމުގައި އެކަލޭގެފާނު ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ފެއްޓެވިއެވެ. އަދި އެދުވަސްވަރު ޤައުމުގެ މީސްތަކުނާއި ވަކިން އެކަހެރިވެ ހުރުމަށް އެކަލޭގެފާނު ލޯބިކުރެއްވެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާއި ދެމެދު ދުރުކަމެއް އުފެދިގެން ދިޔައެވެ. އެގޮތުން ޚުބުޒާއި (ރޮއްޓާއި) ފެން ހިއްޕަވައިގެން ނޫރު ފަރުބަދައިގައި ހުންނަ ޙިރާއޭ ކިޔުނު ހޮހޮޅައަށް…
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަނަވަސް ވިސްނުންފުޅާއި ބުއްދިފުޅުގެ ފުރިހަމަކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގެންނެވިތާ ތިރީސްފަސްވަނަ އަހަރުގައި، ކަޢުބާ އަލުން ބިނާކުރުމުގެ މަސައްކަތް ޤުރައިޝުން ފެށިއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރުކުރިން، ބާރުގަދަ ފެނުގެ ސައިލެއް ކަޢުބާގެ ސަރަހައްދަށް އައެވެ. އޭގެ ސަބަބުން މައްކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް، ކަޢުބާ އަރިއަޅާލައި ވެއްޓުމާއި ގާތްވިއެވެ. ޤުރައިޝުންގެ ގާތުގައި ކަޢުބާއަށް ދެވިފައިވާ ޤަދަރާއި މަޤާމުގެ ސަބަބުން، ކަޢުބާ އަލުން…
ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނިފުޅު ބައްލަވައިގެންނެވުން ޤުރައިޝުންނަކީ ވިޔަފާރީގައި އަރައިހުރި ބައެކެވެ. ޝާމްކަރައާއި އެނޫންވެސް އެކި ރަށްތަކަށް، ފިނިމޫސުމުގައާއި ހޫނު މޫސުމުގައި އެބައިމީހުން ވިޔަފާރި ދަތުރުތަކުގައި ގޮސްއުޅެއެވެ. ޚަދީޖަތު ބިންތު ޚުވައިލިދު ރަޟިޔަﷲ ޢަންހާ އަކީ، މައްކާގައި ޤަދަރުވެރި މާތް އަންހެން ސާޙިބެކެވެ. އެކަމަނާއަކީ މުދާވެރި މުއްސަނދި ވިޔަފާރިވެރިއެކެވެ. އެކަމަނާގެ މުދަލުން ވިޔަފާރިކުރުމަށްޓަކައި، ވިޔަފާރި ދަތުރުތަކުގައި، އުޖޫރަދީގެން ފިރިހެން ބޭކަލުން ފޮނުއްވައެވެ. އެގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރިވެތި އަޚްލާޤުގެ ޚަބަރު، ޚަދީޖަތުގެފާނަށް…
އޯގާތެރި ބޮޑުބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން، އެކަލޭގެފާނު ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުއެވެ. އެގޮތުން އަބޫޠާލިބު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެކަލޭގެފާނަކީ އަމިއްލަ އުފަން ދަރިކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. އަބޫޠާލިބުގެ އަމިއްލަ ދަރިދަރިކަލުންނަށްވުރެވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްކަންދެއްވައެވެ. އެކަލޭގެފާނަށް ފުރިހަމަ އިޙްތިރާމް ދެއްވަވައި އެކަލޭގެފާނުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި އެންމެހައި ކަންކަމެއްގައިވެސް އެކަލޭގެފާނަށް…
މޭފުޅު ފެޅުއްވުމުގެ ޙާދިޘާ ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަލީމަތުގެފާނާއި އެކު ބަނީސަޢުދު ޤަބީލާއަށް އެނބުރި ވަޑައިގެންނެވީއެވެ. އެކަލޭގެފާނުގެ މޭފުޅު ފެޅުއްވުމުގެ ޙާދިޘާ ހިނގާފައިވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ހަތަރުވަނަ އަހަރުގައެވެ. މިކަން ހިނގައިދިޔަ ގޮތަކީ، އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނާއި އެއް އުމުރުފުރައި ކުދިންތަކަކާއި އެކުގައި، ބަނީސަޢުދު ޤަބީލާގައި ކުޅުއްވަން ހުންނަވަނިކޮށް، އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެންނެވީއެވެ. ދެން ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕެވުމަށްފަހުގައި ބިންމަތީގައި ބޭއްވެވިއެވެ. އަދި…
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގަތުން ކުރިންވެސް ބަޔާންކުރެވިފައިވާނޭ ފަދައިން، ޢަބްދުލްމުއްޠަލިބަށް ދިހަ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެތެރެއިން އެންމެ ރަނގަޅު، އެންމެ ޢިއްފަތްތެރި އަދި ޢަބްދުލްމުއްޠަލިބު އެންމެ ލޯބިފުޅުވާ ދަރިކަލުންނަކީ ޢަބްދުﷲ އެވެ. އެއީ އެއީ އައްޛަބީޙުގެ ލަޤަބު ލިބިވަޑައިގެންނެވި ދަރިކަލުންނެވެ. ކަޢުބާގެ ކައިރީގައި ޛަބަޙަކުރެއްވުމަށް، ޢަބްދުލްމުއްޠަލިބުގެ ދަރީންގެ މެދުގައި ނެގުނު ޤުރުއަތުން ދިމާވީ އެކަލޭގެފާނަށެވެ. ނަމަވެސް ﷲ ތަޢާލާ ޢަބްދުﷲ، ޛަބަޙައިން ސަލާމަތްކުރެއްވީ އެވެ. ޢަބްދުﷲ ބޮޑުވެ ޒުވާން އުމުރުފުޅަށް އެޅުމުން، އެކަލޭގެފާނުގެ…
އެތުގެ އަހުލުވެރިން ގެފުޅު ތަޅާލަން އައި ހާދިސާ ޔަމަނުގެ ރަސްގެފާނު އައްނަޖާޝީގެ ނައިބެއްގެ ގޮތުގައި އެދުވަސްވަރު ހުރީ އަބްރަހާ ބިން އައްޞައްބާޙް އޭ ކިޔުނު މީހެކެވެ. އަދި ކަޢުބާއަކީީ ޢަރަބިންގެ ގާތުގައި މާތް އަދި މުޤައްދަސް ތަނެއްކަށްވެފައި، ޢަރަބިން ކަޢުބާއަށް ޙައްޖުވެ އުޅޭކަން އަބްރަހާ އަށް އެނގުނެވެ. މިއީ އަބްރަހާ އަށް ބަލައިގަނެވޭވަރު ކަމަކަށްނުވިއެވެ. އަދި މިކަމާ އަބްރަހާ ވަރަށް ނުރުހުންތެރިވެ ރުޅިއައެވެ. މި ސަބަބަށްޓަކައި، ޔަމަނުގެ ޞަންޢާއު އޭކިޔުނު ރަށުގައިި ބޮޑު ކަނީސާއެއް ނުވަތަ ފައްޅިއެއް ބިނާކޮށް،…
ޒަމްޒަމް ފެންވަޅު ކޮނުން ޙައްޖުވެރިންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން ހާޝިމް ބިން ޢަބްދުމަނާފާއި ހަވާލުކުރެވުނެވެ. ދެން އެކަލޭގެފާނަށް ފަހުގައި އެކަމާއި ހަވާލުވެ ވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚެއްކަމުގައިވާ މުއްޠަލިބު ބިން ޢަބްދުމަނާފެވެ. މުއްޠަލިބަށްފަހުގައި ދެން އެކަމާއި ހަވާލުވެވަޑައިގެންނެވީ ހާޝިމް ބިން ޢަބްދުމަނާފްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބެވެ. ދެންފަހެ، ޢަބްދުލްމުއްޠަލިބު އެމަޤާމާއި ހަވާލުވުމަށްފަހުގައި، އެކަލޭގެފާނުގެ ކާބަފައިން ޤައުމުގެ ކަންކަމާއިގެން އުޅުއްވި ފަދައިން، އެކަލޭގެފާނުވެސް ޤައުމުގެ މަޞްލަހަތުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި، މީގެކުރިން…
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު ﷲގެ ރަސޫލާ އިބްރާހީމް ޢަލައިހިއްސަލާމް ޢިރާޤުން ފަލަސްޠީނަށް ހިޖުރަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ބިމަކީ އެކަލޭގެފާނު، ﷲގެ މަގަށް ގޮވާލައްވައި ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ އަސާސީ ބިންކަމުގައި ހެއްދެވިއެވެ. ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވައިލުމަށްޓަކައި ފަލަސްޠީނާއި އަދިވެސް އެހެނިހެން ރަށްތަކުގެ އެކި ހިސާބުތަކަށް އެކަލޭގެފާނު ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. މިފަދަ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި އެކަލޭގެފާނު، ނުލަފާ އަނިޔާވެރި ޖައްބާރު ރަސްގެފާނެއްގެ ކައިރިއަށް ވަޑައިގަތެވެ. މި ދަތުރުފުޅުގައި އެކަލޭގެފާނާއި…
މިފަދަ މީހުން، ރަޙުމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ކުރާ ފުރައްސާރައިން ދަލީލުކޮށްދެނީ އެކަލޭގެފާނު ގެންނެވި ޝަރީޢަތާއި ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ބާވައިލެއްވި ދީނަށް އެއްޗެހި ކިޔުމުގައިވެސް އެބައިމީހުން ނުކުޅެދިފައިވާކަމެވެ.
އަނބިންނާ އެކުގައި ކުޅެ ހީ ސަމާސާކޮށް ހެދުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށް ހިތްވެރިދެއްވައި އިރުޝާދުވެސް ދެއްވާކަމުގައި ވިއެވެ. ފަހެ، ޖާބިރު رضي الله عنه އަށް ޙަދީޘްފުޅު ކުރެއްވިއެވެ: “هلاّ جارية تلاعبها وتلاعبكَ، أو تضحكها وتضاحكك”. البخاري 2097، المسلم715. “އޭރުން ކަލޭގެފާނު އޭނާ އާއެކު ކުޅެ އަދި އޭނާ ކަލޭގެފާނާ އެކު ކުޅެ، ނުވަތަ ކަލޭގެފާނު އޭނާ އާއެކު ހީ އަދި އޭނާ ކަލޭގެފާނާ އެކު ހީ ހެދޭނެ ނޫންތޯއެވެ”. ފަހެ އަނބިމީހާ އާއެކު…
އަނބިއަނބި ކަނބަލުންގެ އެކުވެރިންނާއެކު ކުޅިވަރު ކުޅެއްވުމަށް އިންކާރު ނުކުރައްވާ ކަމުގައިވެއެވެ. ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: “كنت ألعب بالبنات عند النبي صلى الله عليه وسلم، وكان لي صواحب يلعبن معي، فكان رسول الله صلى الله عليه وسلم إذا دخل يتقمّعن منه، فيسر إليّ فيلعبن معي”. البخاري 6130، المسلم2440. “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަމަނާ (ބުދު ގޮތަށް…
އެކަނބަލުން ކުޅޭ ހިނދު އެކަލޭގެފާނު އެކަނބަލުންނާ ސަމާސާ ކުރައްވައި ހިނިފުޅުވަރުނަކުރައްވައެވެ. ޢާއިޝާ رضي الله عنها ކުޅުއްވަން ގެންގުޅުއްވި ކުދިކުދި ބުދުތަކެއް ފެނިވަޑައިގެން އެއީ ކޮން އެއްޗެހިތަކެއްތޯ އެކަމަނާގެ އަރިހުން ނަބިއްޔާ صلى الله عليه وسلم ސުވާލުކުރެއްވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ: “بناتي”. “އެއީ ތިމަންކަމަނާގެ ދަރިންނެވެ”. އަދި އޭގެ ތެރެއިން ދެ ވަރަ (ފިޔަގަނޑު) ލާފައި އިން އަހެއް އެކަލޭގެފާނަށް ފެނިވަޑައިގެން އެއީ ކޮން އެއްޗެއްތޯ ސުވާލުކުރެއްވިއެވެ. އެކަލަމަނާ ޖާވާބުގައި ވިދާޅުވިއެވެ: “فرس”. “އެއީ…