![](https://dhisalafiyyah.net/wp-content/uploads/2015/03/womens-rights.jpg)
އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 9
އިސްލާމްދީން އައުމުގެ ކުރީގައި މީސްތަކުންގެ މެދުގައި އަންހެނުންނާ މެދު ނުރުހުންވެފައިވާ މިންވަރަކީ ޢަޖައިބުވާ ފަދަ މިންވަރެކެވެ. އެއީ މީހަކަށް އަންހެން ދަރިއަކު ލިބިއްޖެކަމުުގެ ޚަބަރު ލިބުމުން އޭނާގެ މޫނުގެ ކުލަވަރު ތަޣައްޔަރުވެ މާޔޫސްވެދެއެވެ. އަދި އެކުއްޖާ މަރާލަތެވެ. މިކަން މިފަދައިން ހިނގިކަން ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ.