ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހަކުވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް – 2
ފަހެ މިއީ ހެނދުނާއި ހަވީރު ކިޔުމަށް ސުންނަތުގައި ޘާބިތުވެގެންވާ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ޖަމާކުރުމަށް ފަސޭހަވެގެންވީ މިންވަރެވެ.
ފަހެ މިއީ ހެނދުނާއި ހަވީރު ކިޔުމަށް ސުންނަތުގައި ޘާބިތުވެގެންވާ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ޖަމާކުރުމަށް ފަސޭހަވެގެންވީ މިންވަރެވެ.
ﷲ ގެ ރަސޫލާ صلى الله عليه وسلم ރޭގަނޑާއި ދުވާލު ކީރިތި ޤުރުއާން ކިޔުއްވުން ގިނަކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ދިގުކުރެއްވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމަށް ބޭނުންވާ ތަޖުވީދު ޢިލްމާއި، ޤިރާޢަތުގެ ޢިލްމާއި، އަދިވެސް ކީރިތި ޤުރުއާނާއި ގުޅުންހުރި ޢިލްމުތައް ކަމުގައިވާ އާޔަތްތައް ބާއްވައިލެއްވުނު ސަބަބުގެ ޢިލްމާއި، ތަފްސީރާއި، ތަފްސީރުގެ އުސޫލުތަކާއި، އިޢުޖާޒުލް ޤުރުއާނާއި، ކީރިތި ޤުރުއާން ލިޔެ ތަދުވީނުކޮށް ޖަމާކުރެވުނުގޮތާއި، ޤުރުއާން ލިޔުމުގެ ރަސްމުގެ ޢިލްމާއި، ނާސިޚް މަންސޫޚާއި، މުޙްކަމު މުތަޝާބިހާއި މިނޫންވެސް ކީރިތި ޤުރުއާނާއި ގުޅުންހުރި ޢިލްމުތައް އުނގެނުމުގައި އިހުމާލުވުމަކީ ކީރިތި ޤުރުއާން އެއްކިބާކޮށްލުމެވެ.
– ﷲ ތަޢާލާގެ ޢިލްމުގެ މަތިވެރިކަން ބަޔާންކޮށްދިނުން
އަލުން ދިރުއްވާނެކަން ކަށަވަރުކޮށްދިނުން
މި ކަންކަން ބަޔާންކޮށްދެއްވައިފައިވަނީ މާތް ﷲ އިންސާނުންނާއި ދެއްވާފައިވާ ގިނަގުނަ ނިޢުމަތް ހަނދާންކޮށްދިނުމުގެ ތެރެއިން ﷲ ގެ އުލޫހިއްޔަތާއި ރުބޫބިއްޔަތު ބަޔާންކޮށްދިނުން.
އާޔަތުލް ކުރުސިއަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ.
މުސްލިމު ޢާއިލާ ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ކުރައްވާފައިވާ ވަޞިއްޔަތްތައް
ހިތްހަރުކަމަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ މާތްﷲގެ މަގުގައި މުދާ ހޭދަކުރުމެވެ.
ދީނަށް ގޮވާލެއްވުމުގައި ގަދައަޅާ މަސައްކަތްކުރުން
ޒިނޭއާއި ޢިއްފަތްތެރި އަންހެނުންގެ މައްޗަށް ގަޛުފުކުރުމާއި މިކަންކަމުގެ ނޭއްގާނީކަން ބަޔާންކުރެވިފައި ވެއެވެ.
އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެ ސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73 ވަނަ އާޔަތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައާއެވެ.
ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގު ބަޔާންކުރެއްވުމަށްޓަކައި ﷲ ތަޢާލާ ބާވާލެއްވި އެއިލާހުގެ ކަލާމްފުޅެވެ.
އަޅުތަކުންނަށްވާ ﷲ ތަޢާލާގެ ރަޙްމަތްވަންތަކަން
މުޝްރިކުންގެ ކިބައިން ބަރީއަވުން އަދި ތައުބާގެ ދޮރު އެންމެނަށް ހުޅުވެގެންވާކަން ބަޔާންކޮށްދިނުން
(21) ކީރިތި ޤުރްއާނާމެދު ތަދައްބުރުނުކުރާމީހުންނަށް ﷲ ތަޢާލާ ވަނީ ވަޢީދުއިއްވާފައެވެ. ފަހެ، ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا﴾ (محمد: 24) މާނައީ: “ފަހެ، ޤުރްއާނާމެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެބައިމީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟” އައްޢައްލާމާ މުޙައްމަދު އަލްއަމީން އައްޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގިގެންވާގޮތުގައި، މަތިވެރި ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ތަދައްބުރު (އެބަހީ: އެ އާޔަތްތައް ކިޔަވައި، ރަނގަޅަށް ދެނެގަނެ، އެ އާޔަތްތަކުގެ މާނަތައް…