ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 14 “ފުރަތަމަ ބަހުޘް”
ޙިކްމަތްވަންތަރަސްކަލާނގެ، މީސްތަކުން ބޭކާރުގޮތުގައި ދޫކޮށެއް ނުލައްވައެވެ. އަދި އެބައިމީހުންނަށް އަމުރާއި ނަހީ ނުކުރައްވައި، އެބައިމީހުންގެ ޢަމަލުތަކަށް ޖަޒާނުދެއްވާ، ކުޅިވަރެއްކަމުގައި އެބައިމީހުން ނުއުފައްދަވާނެވެސް މެއެވެ.