އައްޔާމުއްތަޝްރީޤް
އައްޔާމުއްތަޝްރީޤަކީ ޙައްޖުމަހުގެ 11، 12، 13 ތިންދުވަހެއެވެ. މިދުވަސްތަކަށް ‘އައްޔާމުމިނާ’ ވެސް ކިޔެއެވެ. މިދުވަސްތަކަކީ ޙައްޖުގެ މާތްއަޅުކަމަށްފަހު ﷲއަށް ޙަމްދުކޮށް، ޝުކުރުކޮށް، އުފާފާޅުކުރުމަށް އޮތް ދުވަސްތަކެކެވެ. ޞަޙީހް މުސްލިމުގައި ނުބައިޝަތުލް ހުޒަލީ ރަޟިޔަﷲޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. أَيَّامُ التَّشْرِيْقِ أَيَّامُ أَكْلٍ وَشُرْبٍ “އައްޔާމުއްތަޝްރީޤަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.”