ޖިންނީން (35)
ކަމަކާމެދު ޖިންނީންނާ ސުވާލުކުރުމާ އަދި ޖިންނީންނާ ވާހަކަދައްކާމީހުންނާ ސުވާލުކުރުމާމެދު ދަންނައެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް ތެދުކޮށް، އަދި އޭގެ ސަބަބުން އެސުވާލުކުރެވޭ މީހުންނަށް މާތްކޮށް ހިތާނަމަ އެއީ ޙަރާމްކަމެކެވެ. އެއީ ޞަޙީޙު މުސްލިމުގައާއި އަދި އެނޫންވެސް ފޮތްތަކުގައި (ޙަދީޘްތަކުން) ޘާބިތުވެފައިވާ ފަދައިންނެވެ. عَنْ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِي قَالَ: قُلْت: يَا رَسُولَ اللَّهِ، أُمُورًا كُنَّا نَصْنَعُهَا فِي الْجَاهِلِيَّةِ، كُنَّا نَأْتِي الْكُهَّانَ، قَالَ: ((فَلَا تَأْتُوا الْكُهَّانَ)) [مسلم في…